Roadha Mihaaru
މަހްލޫފްގެ ޝަރީއަތް ދައުލަތުން އެދިގެން ކެންސަލް

މަހްލޫފްގެ ޝަރީއަތް ދައުލަތުން އެދިގެން އަނެއްކާވެސް ކެންސަލް

10 ނޮވެމްބަރ 2022

ޔޫތު މިނިސްޓަރު އަހުމަދު މަހްލޫފްގެ މައްޗަށް ކުރާ ރިޝްވަތުގެ ދައުވާގެ އަޑުއެހުން ދައުލަތުން އެދިގެން އަނެއްކާވެސް ކެންސަލްކޮށްފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ޔޫތު މިނިސްޓަރު އަހުމަދު މަހްލޫފްގެ މައްޗަށް ކުރާ ރިޝްވަތުގެ ދައުވާގެ އަޑުއެހުން ދައުލަތުން އެދިގެން އަނެއްކާވެސް ކެންސަލްކޮށްފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކަށް ހުންނެވިއިރު ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ އަތުން ރިޝްވަތުގެ ގޮތުގައި 500،000 ޑޮލަރު ނެންގެވި ކަމަށް ބުނެ މަހްލޫފްގެ މައްޗަށް ކުރާ އެ ދައުވާގެ މިދިޔަ އޮގަސްޓް މަހު ބޭއްވި އަޑުއެހުން ކެންސަލްކުރީ ވެސް ދައުލަތުންނެވެ.

އެ މައްސަލައިގެ އަޑުއެހުމެއް މިއަދު މެންދުރު ބާއްވަން ހަމަޖެއްސުމަށފަހު ކެންސަލްކުރީ ދައުލަތުން އެދިގެން ކަމަށް ކްރިމިނަލް ކޯޓުން ބުންޏެވެ. އެގޮތަށް ދައުލަތުން އެދުނީ އިދާރީ ސަބަބަކާ ހެދި ކަމަށް ޕީޖީ އޮފީހުން ބުންޏެވެ.

އެ މައްސަލަ ބައްލަވާ ގާޒީ ވެސް މިހާރު ވަނީ ބަދަލުވެފަ އެވެ. ކުރިން ގާޒީ މުހައްމަދު މިސްބާހު އެ މައްސަލަ ބެއްލެވުމަށް ފަހު އެ މައްސަލަ މަދަނީ މިންގަނޑު ބަލާއިރު ކުރިއަށް ނުގެންދެވޭނެ އޭރު ނިންމެވި އެވެ. އެކަމަކު ހައި ކޯޓުން މިދިޔަ މާޗް ނިންމީ އެ މައްސަލަ ކުރިއަށް ގެންދެވޭނެ ކަމަށެވެ.

މިހާރު އެ މައްސަލަ ބައްލަވަނީ ގާޒީ އަލީ ނަދީމެވެ.