27 ޖެނުއަރީ 2022
ޔޫތު މިނިސްޓަރު އަހުމަދު މަހްލޫފްގެ ޝަރީއަތް ކޮވިޑް-19 އާ ގުޅިގެން މަޑުޖައްސާލާފައި އޮއްވައި، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ޝަރީއަތް ކުރިއަށް ގެންދާތީ އެކަމާ ކަންބޮޑުވާ ކަމަށް ޔާމީންގެ ވަކީލުން ކްރިމިނަލް ކޯޓުގައި މިއަދު ވިދާޅުވެއްޖެ އެވެ.
ޔޫތު މިނިސްޓަރު އަހުމަދު މަހްލޫފްގެ ޝަރީއަތް ކޮވިޑް-19 އާ ގުޅިގެން މަޑުޖައްސާލާފައި އޮއްވައި، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ޝަރީއަތް ކުރިއަށް ގެންދާތީ އެކަމާ ކަންބޮޑުވާ ކަމަށް ޔާމީންގެ ވަކީލުން ކްރިމިނަލް ކޯޓުގައި މިއަދު ވިދާޅުވެއްޖެ އެވެ.
މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ ޚިޔާނާތާ ގުޅިގެން މަހްލޫފްގެ މައްޗަށް ކުރާ ރިޝްވަތުގެ ދައުވާގެ ޝަރީއަތް ފަށާނީ ކޮވިޑް-19 ގެ ހާލަތު ރަނގަޅުވުމުން ކަމަށް ކްރިމިނަލް ކޯޓުން އިއްޔެ ވަނީ ބުނެފަ އެވެ.
ވ. އާރަށުގެ މައްސަލައިގައި ޔާމީންގެ މައްޗަށް ކުރާ ރިޝްވަތުގެ ދައުވާއި މަނީ ލޯންޑްރިންގެ ދައުވާގެ މިއަދު ބޭއްވި އަޑުއެހުމުގައި އެ މަނިކުފާނުގެ ވަކީލުންގެ ޓީމުގައި އިސްކޮށް ހަރަކާތްތެރިވެވަޑައިގަންނަވާ ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވީ، ޔާމީންގެ ޝަރީއަތް ކުރިއަށް ގެންދަނީ އެހެން މައްސަލަތަކާ ތަފާތުކޮށް ކަމަށެވެ. މަހްލޫފްގެ ޝަރީއަތް ކޮވިޑް-19 އާ ގުޅިގެން ފަސް ކުރިޔަސް، ޔާމީންގެ ޝަރީއަތް ކުރިއަށް ގެންދާ ކަން އޭނާ ފާހަގަ ކުރެއްވި އެވެ.
ޖަމީލް ވިދާޅުވިގޮތުގައި، ޔާމީންގެ ވަކީލުންގެ ޓީމުގެ ދެ ވަކީލަކު ސިއްހީ ސަބަބުތަކާ ހުރެ މިއަދުގެ އަޑުއެހުމުގައި ވެސް ބައިވެރިއެއް ނުވެވެ އެވެ. އަދި ދެން ތިބި ވަކީލުން ކޯޓަށް ހާޒިރު ވިޔަސް، އޭގެ ތެރެއިން ވެސް ދެ ވަކީލެއްގެ ސިއްހީ ހާލަތު ރަނގަޅު ނޫން ކަމަށް ޖަމީލް ވިދާޅުވި އެވެ. އެ މައްސަލައިގައި ޔާމީނާއެކު ދައުވާ ލިބޭ ވ. ވެލިދޫ ހަނދުވަރީގޭ، ޔޫސުފް ނައީމް ވެސް ސިއްހީ ސަބަބުތަކަށްޓަކައި މިއަދު ކޯޓަށް ހާޒިރު ނުވެވޭތީ މިއަދުގެ އަޑުއެހުން ކުރިއަށް ނުގެންދަން ޖަމީލް އެދިވަޑައިގަތެވެ.
އެ މައްސަލަ ބައްލަވާ ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހުމަދު ޝަކީލް ވިދާޅުވީ، ވަކި މައްސަލައެއް ކުރިއަށް ނުގެންގޮސް މަޑުޖައްސައިލަން ކްރިމިނަލް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުން އެއްވެސް ނިންމުމެއް ނިންމާފައި ނޯންނާނެ ކަމަށެވެ. އެކަމަކު، ވަކި މައްސަލައެއް ކުރިއަށް ގެންދާނެ ގޮތެއް ކަނޑައެޅުމަކީ އެ މައްސަލައެއް ބައްލަވާ ފަނޑިޔާރެއްގެ ނިންމެވުމެއް ކަމަށާއި އެއީ އެހެން މައްސަލަތަކާ ގުޅުން ހުރި ކަމެއް ނޫން ކަމަށް އިސް ގާޒީ ވިދާޅުވި އެވެ.
ޝަކީލް ވިދާޅުވިގޮތުގައި، ޔާމީންގެ މައްސަލަ ކުރިއަށް ގެންދަނީ ދުރާލައި ކަނޑައެޅިފައިވާ ތާވަލެއްގެ ދަށުންނެވެ. އެކަން ވަކީލުންނާ ވެސް ކުރިން ހިއްސާ ކޮށްފައިވާނެ ކަމަށް އިސް ގާޒީ ވިދާޅުވި އެވެ. އެހެންވެ، އެ މައްސަލަ ކުރިއަށް ގެންދަނީ އަވަސް އަރުވާލައިގެން ނޫން ކަމަށް ޝަކީލް ވިދާޅުވި އެވެ.
ޔާމީންގެ މައްސަލައިގެ މިއަދުގެ އަޑުއެހުމުގައި ދައުވާ އިއްވާފައިވާއިރު، ދައުވާއަށް ޖަވާބުދާރީވުމުގެ ބައި އަންނަ މަހު ކުރިއަށް ގެންދަން ވަނީ ހަމަޖައްސައިފަ އެވެ.
މަހްލޫފުގެ މައްސަލައިގައި ކްރިމިނަލް ކޯޓުން އަމަލުކުރީ އެހެން މީހުންގެ ޝަރީއަތްތަކާ ތަފާތުކޮށް، "ހާއްސަ އުސޫލުން" ކަމަށް ބުނެ ގިނަ ބަޔަކު އަންނަނީ ޝަރުއީ ދާއިރާއަށާއި ސަރުކާރަށް ވެސް ފާޑުކިޔަމުންނެވެ.
ޓްރާންސްޕޭރެންސީ މޯލްޑިވްސް އިން ރޭ ބުނީ، އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލައިގައި ރިޝްވަތު ހިފުމުގެ ދައުވާ އުފުލާފައިވާ މަހްލޫފުގެ މައްސަލައާ ގުޅިގެން ކޯޓުން އަމަލުކުރަމުން އަންނަނީ ދެފުށް ފެންނަ ގޮތަަކަށް ނޫން ކަމަށެވެ.
އެ ޖަމިއްޔާ އިން ބުނީ، ކޯޓުގައި މި ދުވަސްވަރު ވެސް އެކި މައްސަލަތައް ކުރިއަށް ގެންދާ ކަމަށާއި އެކަމަކު މަހުލޫފްގެ މައްސަލައަކީ ސީރިއަސް މައްސަލައެއް ނަމަވެސް މައްސަލަ ކޮވިޑުގެ ހާލަތު ރަނގަޅުވުމުން ކުރިއަށް ގެންދަން ނިންމުމުން ކޯޓުގެ ގައިޑްލައިންތައް އެހާ ދެކޮޅު ނުޖެހޭ ކަމަށެވެ.
މަހްލޫފްގެ މައްސަލަ ފަސްކުރީ ގާޒީ: ކްރިމިނަލް ކޯޓު
ޔާމީންގެ ޝަރީއަތް މާދަމާއިން ފެށިގެން ލައިވް
މަހްލޫފްގެ މައްސަލަ: ވައިބަ މެސެޖްތަކަކާ މެދު ސުވާލު
މަހްލޫފްގެ މައްސަލައަށް މިވީ ކިހިނެއް؟
މަހްލޫފްގެ މައްސަލަ: މަސްލަހަތު ފުށުއަރާތަ؟
"ކޯޓުގެ އަމަލުތައް ހުރީ ދެފުށް ފެންނަ ގޮތަކަށް ނޫން"
ޔާމީނަށް ކުރާ ދައުވާގެ އަޑުއެހުމެއް މާދަމާ
މަހްލޫފްގެ ޝަރީއަތް އަންނަ ބުދަ ދުވަހު ފަށަނީ
ޔާމީނަށް ކުރާ ދައުވާގެ މާދަމާގެ އަޑުއެހުން ކެންސަލް
ތަހުގީގުގައި ހަނު ހުރީ ފުލުހުން ފުރައްސާރަކުރާތީ:ޔާމީން