26 ޖެނުއަރީ 2022
ވ. އާރަށް ކުއްޔަށް ދިނުމުގެ މުއާމަލާތާ ގުޅިގެން ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ކުރާ ދައުވާތަކުގެ އަޑުއެހުމެއް ކްރިމިނަލް ކޯޓުގައި މާދަމާއަށް ތާވަލުކޮށްފި އެވެ.
ވ. އާރަށް ކުއްޔަށް ދިނުމުގެ މުއާމަލާތާ ގުޅިގެން ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ކުރާ ދައުވާތަކުގެ އަޑުއެހުމެއް ކްރިމިނަލް ކޯޓުގައި މާދަމާއަށް ތާވަލުކޮށްފި އެވެ.
އެމްއެމްޕީއާރުސީ މެދުވެރިކޮށް އާރަށުގައި ރިސޯޓެއް ތަރައްގީކުރަން ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން ޔާމީނަށް ދައުވާކުރަނީ އެ ރަށް ވަކި ބަޔަކަށް ދިނުމަށް ރިޝްވަތުގެ ގޮތުގައި އެއް މިލިއަން ޑޮލަރު ގަބޫލުކުރައްވައި، އެ ފައިސާ ލޯންޑާ ކުރެއްވި ކަމަށް ބުނެ އެވެ. ޔާމީންގެ މައްޗަށް ކުރަނީ މަނީ ލޯންޑްރިންގެ ދައުވާ އާއި ރިޝްވަތު ގަބޫލުކުރުމުގެ ދައުވާ އެވެ.
ޔާމީންގެ އިތުރުން ރިޝްވަތު ދިނުމުގެ ދައުވާއެއް ވ. ފެލިދޫ ހަނދުވަރީގޭ، ޔޫސުފް ނައީމްގެ މައްޗަށް ވެސް ކުރެ އެވެ.
ކްރިމިނަލް ކޯޓުގައި ޔާމީނުގެ ޝަރީއަތުގެ އަޑުއެހުން ފެށުމަށް ތާވަލުކޮށްފައި ވަނީ މާދަމާ ހެނދުނު 9:30 ގަ އެވެ. މިއީ މި މައްސަލައިގެ ތިން ވަނަ އަޑު އެހުމެވެ.
ޔާމީންގެ މައްސަލައިގައި އަޑުއެހުމެއް ބޭއްވުމަށް ކޯޓުން ތާވަލުކުރިއިރު އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލައިގައި ރިޝްވަތު ހިފުމުގެ ދައުވާ އުފުލާފައިވާ ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފްގެ ޝަރީއަތްތައް ކުރިޔަށް ގެންދަން ނިންމާފައި ވަނީ ކޮވިޑް-19 ގެ ހާލަަތު ރަނގަޅުވުމުން ކަމަށް މިއަދު ކޯޓުން ބުނެފައިވެ އެވެ.
ޔާމީނާއި މަހްލޫފްއާ ދެމެދު ދެގޮތަކަށް އަމަލުކުރަން ނިންމާފައިވާތީ އިދިކޮޅަށް ނިސްބަތްވާ ގިނަ ބަޔަކު ދަނީ ފާޑުކިޔަމުންނެވެ.
ޔާމީންގެ މައްޗަށް ކުރާ މަނީ ލޯންޑްރިންގެ ދައުވާ ސާބިތުވެއްޖެ ނަމަ މަދުވެގެން ފަސް އަހަރުގެ ޖަލު ހުކުމެއް އެ މަނިކުފާނަށް އަންނާނެ އެވެ. އެ ދައުވާ ސާބިތުވެއްޖެ ނަމަ، ރިޔާސީ އިންތިޚާބުގައި ވާދަކުރުމުގެ ފުރުސަތު އެ މަނިކުފާނަށް ގެއްލޭނެ އެވެ.
އާރަށުގެ މައްސަލާގެ އިތުރުން ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން ވެސް މަނީ ލޯންޑްރިންގެ އިތުރު ދައުވާއެއް ޔާމީންގެ މައްޗަށް ދައުލަތުން ކުރެ އެވެ. އެ މައްސަލާގެ އަޑުއެހުންތައް ކްރިމިނަލް ކޯޓުން ކުރިން އޮތީ ފަށައިފަ އެވެ.
އާރަށުގެ މައްސަލާގައި ޔާމީންގެ މައްޗަށް ކުރާ ދައުވާގެ އަޑުއެހުންތައް ފެށިއިރު، ގއ. ވޮޑަމުލާ ކުއްޔަށް ދިނުމުގެ މައްސަލާގައި އެ މަނިކުފާނުގެ މައްޗަށް އިއްވި ފަސް އަހަރުގެ ޖަލު ހުކުމް ސުޕްރީމް ކޯޓުން މިދިޔަ ނޮވެމްބަރު މަހު ވަނީ ބާތިލްކޮށް، އެމަނިކުފާނު މިނިވަންކޮށްފަ އެވެ.
ޔާމީނަށް ކުރާ ދައުވާގެ މާދަމާގެ އަޑުއެހުން ކެންސަލް
ޔާމީންގެ ޝަރީއަތް މާދަމާއިން ފެށިގެން ލައިވް
ހުކުމް އަވަސްކުރީ ހުރިހާ މައްސަލަތައް އެއްކޮށް ނިންމަން
ޔާމީން ދައުވާއަށް އިންކާރު،އަދިވެސް އެދެނީ ލައިވްކުރަން
ޔާމީންގެ ހުކުމް އަވަސްކުރީ ސަރުކާރުގެ ނުފޫޒުން: އިދިކޮޅު
މަހްލޫފްގެ މައްސަލަ ފަސްކުރީ ގާޒީ: ކްރިމިނަލް ކޯޓު
އާރަށް މައްސަލައިގެ ހުކުމް ނޮވެމްބަރު މަހު އިއްވަނީ
މަހުލޫފާއި ޔާމީންގެ ޝަރީއަތް ތަފާތު ކުރާތީ ޝަކުވާ
"ކޯޓުގެ އަމަލުތައް ހުރީ ދެފުށް ފެންނަ ގޮތަކަށް ނޫން"
ޔާމީނަށް ކުރާ ދައުވާގެ އަޑުއެހުމެއް މާދަމާ ބާއްވަނީ