31 ޖެނުއަރީ 2022
ވ. އާރަށުގެ މައްސަލައިގައި ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ކުރާ ދައުވާގެ ހުކުމް އިއްވާ ތާރީހު އަވަސްކޮށް، އެ މައްސަލައިގެ ހުކުމް އަންނަ ޖޫން މަހު އިއްވަން ނިންމާފައިވާތީ އެ ކަމަކީ ސަރުކާރުގެ ނުފޫޒުން ކޮށްފައިވާ ކަމެއް ކަމަށް ޕީޕީއެމް/ޕިއެންސީ ކޯލިޝަނުން މިރޭ ބުނެފި އެވެ.
ވ. އާރަށުގެ މައްސަލައިގައި ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ކުރާ ދައުވާގެ ހުކުމް އިއްވާ ތާރީހު އަވަސްކޮށް، އެ މައްސަލައިގެ ހުކުމް އަންނަ ޖޫން މަހު އިއްވަން ނިންމާފައިވާތީ އެ ކަމަކީ ސަރުކާރުގެ ނުފޫޒުން ކޮށްފައިވާ ކަމެއް ކަމަށް ޕީޕީއެމް/ޕިއެންސީ ކޯލިޝަނުން މިރޭ ބުނެފި އެވެ.
އެ ކޯލިޝަނުން ނެރުނު ބަޔާނެއްގައި ބުނީ ޔާމީނަށް އުފުލާފައިވާ ދެ ދައުވާގެ ހުކުމް ކުރުމަށް ކްރިމިނަލް ކޯޓުން އެކުލަވާލާ އާންމުކޮށްފައިވާ ތާރީހު އަވަސް ކުރުމަށް ނިންމާފައިވާތީ އެކަމާ ކަންބޮޑުވާ ކަމަށެވެ. އަދި ދެ ފަރާތެއްގެ ދެމެދުގައި ހިނގަމުންދާ މައްސަލައެއް ކުރިއަށް ގެންދިއުމަށް އެކުލަވާލެވޭ ތާރީހުތަކަށް، އެ ދެ ފަރާތާއި މަޝްވަރާ ނުކޮށް، ބަދަލު ގެނައުމަކީ ޖިނާއީ އިޖުރާތުގެ ގާނޫނާ ވެސް މުޅިން ހިލާފު ކަމެއް ކަމަށް ބުންޏެވެ.
އެހެންވެ ހުކުމްގެ ތާރީހަށް ގެނައި ބަދަލާ ގުޅިގެން ކުރިއަށް އޮތް ތިން މަހެއްހާ ދުވަހު ކޮންމެ ދެ ދުވަހަކުން އެއް ދުވަހަކު ކަހަލަ ގޮތަކަށް އެމަނިކުފާނު ހޭދަ ކުރައްވަން ޖެހިވަޑައިގަންނަވާނީ އެ މައްސަލައިގެ އަޑުއެހުންތަކުގައި ކޯޓުގައި ކަމަށް އިދިކޮޅު ކޯލިޝަނުން ބުންޏެވެ.
"މިކަމަކީ ކަނޑައެޅިގެން ސަރުކާރާއި ސަރުކާރު ހިންގާ ޕާޓީގެ ނުފޫޒު އޮވެގެން ގެނެސްފައިވާ ބަދަލެއްގެ ގޮތުގައި ރައްޔިތުން ސިފަކުރޭ،" ބަޔާނުގައި ބުންޏެވެ.
ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ބުނި ގޮތުގައި މި އަހަރުގެ ރޯދައިގެ ކުރިން ރައީސް ޔާމީން ޖަލަށް ލާނެ ކަމަށް ބުނެ ވަރަށް ފާޅުކަން ބޮޑުކޮށް ދާދި ފަހުން ސަރުކާރުގެ ވަޒީޒުންނާއި މަޖިލީސް މެންބަރުންގެ އިތުރުން ސަރުކާރުގެ އިސް މަގާމުތަކުގައި ތިބި އެމްޑީޕީގެ އެކްޓިވިސްޓުން ސިޔާސީ ޕޯޑިއަމްތަކާއި ސޯޝަލް މީޑިއާގެ އިތުރުން ތަފާތު ފޯރަމްތަކުގައި ވެސް ބުނަމުން ދިއުމަކީ ކޯޓްތަކަށް ސަރުކާރުން ނުފޫޒު ފޯރުވާކަން ހާމަކޮށްދޭ ކަމެކެވެ.
"ދަށު ކޯޓުތަކާއި ހައި ކޯޓުގައި ހިނގާ މައްސަލަތަކަށް ސަރުކާރުގެ އިސްވެރިންނާއި އެމްޑީޕީގެ ފަރާތުން ނުފޫޒު ފޯރުވާ އަތްބާނައިގެން އެ މީހުން ބޭނުންވާ ގޮތަށް ކަންކަން ކުރުމަށް ކުރަމުން ގެންދާ މަސައްކަތް އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރަން،" ބަޔާނުގައި ބުންޏެވެ. "އަދި މި މައްސަލަ ކުރިއަށް ގެންދަން އެކުލަވާލި ތާވަލަށް މިހާ ބޮޑު ބަދަލެއް ގެންނަން ޖެހުނު ސަބަބެއް ސާފުކޮށް އެކަމުގައި އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމަށް މުއައްސަސާތަކަށް ގޮވާލަން."
އާރަށް ކުއްޔަށް ދިނުމުގެ މުއާމަލާތުގައި ރިޝްވަތުގެ ގޮތުގައި އެއް މިލިއަން ޑޮލަރު ގަބޫލު ކުރައްވައި އެ ފައިސާ ލޯންޑާ ކުރެއްވި ކަމަށް ބުނެ ޔާމީންގެ މައްޗަށް ކުރާ ދެ ދައުވާގެ ހުކުމް އިއްވަން ކްރިމިނަލް ކޯޓުން ކުރިން ހަމަޖެއްސީ އަންނަ ނޮވެމްބަރު މަހަށެވެ. އެ މައްސަލަ މިހާރު އޮތީ އިބްތިދާއީ މަރުހަލައިގަ އެވެ.
އެ ތާވަލަށް ބަދަލު ގެނެސް މިހާރު ހަމަޖައްސާފައި އޮތީ އަންނަ ޖޫން މަހުގެ 30 ވަނަ ދުވަހު ހުކުމް އިއްވުމަށެވެ.
ހުކުމް އަވަސްކުރީ ހުރިހާ މައްސަލަތައް އެއްކޮށް ނިންމަން
ޔާމީން ދައުވާއަށް އިންކާރު،އަދިވެސް އެދެނީ ލައިވްކުރަން
އާރަށް މައްސަލައިގެ ހުކުމް ނޮވެމްބަރު މަހު އިއްވަނީ
ޔާމީނަށް ކުރާ ދައުވާގެ އަޑުއެހުމެއް މާދަމާ ބާއްވަނީ
ގަވާއިދު ހެދީ ޔާމީންގެ ގެކޮޅާއި މުދާ ނަގަން: އިދިކޮޅު
ފުއްގިރި މައްސަލާގެ ހުށަހެޅުންތައް ބަލައެއްނުގަތް
"އެއީ ޑޮލަރު ގަތުމުގެ މުއާމަލާތެއް، ރިޝްވަތެއް ނޫން"
ފުއްގިރި މައްސަލަ އަވަސް ކުރާތީ ޔާމީންގެ ނުރުހުން
އިސްތިއުނާފުން ޔާމީނަކީ މައުސޫމު މީހެއްކަން ސާބިތުވާނެ
ޔާމީންގެ ޝަރީއަތް މާދަމާއިން ފެށިގެން ލައިވް