10 ނޮވެމްބަރ 2022
މާލޭގައި ރޭ އަލިފާން ރޯވި ގެއަށް ދިޔަ ކަމަށް ބެލެވޭ އަދި ރެއިން ފެށިގެން ޚަބަރެއް ނުވާ ބިދޭސީންގެ މައުލޫމާތު ފުލުހުންނާ ހިއްސާކުރުމަށް އެދެފި އެވެ.
މާލޭގައި ރޭ އަލިފާން ރޯވި ގެއަށް ދިޔަ ކަމަށް ބެލެވޭ އަދި ރެއިން ފެށިގެން ޚަބަރެއް ނުވާ ބިދޭސީންގެ މައުލޫމާތު ފުލުހުންނާ ހިއްސާކުރުމަށް އެދެފި އެވެ.
އެ އިދާރާއިން ކުރި ޓްވީޓުގައި ބުނީ އަލިފާނުގެ ހާދިސާގައި މަރުވި މީހުންނާއި ފަރުވާ ދެމުން އަންނަ މީހުން ދެނެގަތުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
އަލިފާނުގެ ހާދިސާ ހިނގި ނިރުފެހި ގޭގެ އިތުރުން ޖެހިގެން ހުންނަ މ. ސެންޑް ރޯސް ގައި ދިރިއުޅޭ މީހުންނާއި އެ ގޭގެއަށް ގޮސްފައިވާކަމަށް ބެލެވޭ މީހުންގެ މައުލޫމާތު އަދި މާލޭގައި ދިރިއުޅޭ ބިދޭސީންގެ ތެރެއިން ރެއިން ފެށިގެން ހަބަރެއް ނުވާ މީހުންގެ މައުލޫމާތު، ފުލުހުންގެ ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓްގެ ނަންބަރު 9911099 ނުވަތަ ފުލުހުންގެ ހިދުމަތުގެ ހޮޓްލައިން ނަންބަރު 3322111 އަށް ގުޅައި ހިއްސާކޮށްދިނުމަށް އެދިފައިވެ އެވެ.
ތިން ބުރިއަށް، ލަކުޑި ޑެކް އަޅައިގެން ހަދާފައި ހުންނަ އެ ގޭގައި ދިރިއުޅެނީ ބިދޭސީންނެވެ. އެ ތަނުގެ އެންމެ ތިރީގައި ހިންގަނީ ގަރާޖެކެވެ.
އެ ހާދިސާގައި 10 ބިދޭސީން ވަނީ މަރުވެފަ އެވެ. އޭގެ ތެރޭގައި އަންހެނުންނާއި ފިރިހެނުން ވެސް ހިމެނެ އެވެ.
އިތުރު މީހަކު މަރުވެފައިވާ ކަމަކަށް ނުބެލެވޭ: ޕޮލިސް
މަރުވި މީހުންގެ ތެރޭގައި އިންޑިއާގެ ހަތް މީހެއް
އަލިފާނުގެ ހާދިސާގައި މިހާތަނަށް 10 މަރު
ބާރުގަދަ ގޮވުމާ އެކު، ދެ މީހުންގެ ހަށިތައް ޗިސްވެފައި
މަރުވި އިންޑިއާ 8 މީހުންގެ ހަށިގަަނޑު ފޮނުވާލައިފި
ގަރާޖުގައި ރޯވެ ދޮޅު މިނެޓުން މުޅި ގޭގައި ހުޅު ހިފި
މަރުވި މީހުންގެ ހަށިގަނޑު ގައުމުތަކަށް ފޮނުވާލަނީ
ރޯވި ތަން ތަޅާލައި ސާފުކުރަން ފަށައިފި
ރަހުމަތްތެރިޔާ ދިޔައީ ކާން، ކުރިމަތިވީ ފަހު ވަގުތާ
އަލިފާނު ހާދިސާ: މޯޗަރީގައި 3 އަންހެނެއްގެ ހަށިގަނޑު