11 ނޮވެމްބަރ 2022
މާލޭގައި އިއްޔެ ރޭ އަލިފާނުގެ ހާދިސާ ހިނގި ގެ ތަޅާލައި އެ ތަން ސާފުކުރުމުގެ މަސައްކަތް ހައުސިން މިނިސްޓްރީން މިއަދު ފަށައިފި އެވެ.
މާލޭގައި އިއްޔެ ރޭ އަލިފާނުގެ ހާދިސާ ހިނގި ގެ ތަޅާލައި އެ ތަން ސާފުކުރުމުގެ މަސައްކަތް ހައުސިން މިނިސްޓްރީން މިއަދު ފަށައިފި އެވެ.
އެ މިނިސްޓްރީން ކުރި ޓުވީޓެއްގައި ބުނީ، އަލިފާނުގައި 10 މީހުން މަރުވި ހާދިސާ ހިނގި މ. ސެންރޯސްގެ ހުޅަނގުބައި ތަޅާލުމުގެ މަސައްކަތް ކުރިޔަށް ގެންދާ ކަމަށެވެ.
އެ މިނިސްޓްރީގެ ޕަބްލިކް ވޯކްސް ޑިޕާޓްމަންޓުން އެ ސަރަހައްދަށް ގޮސް ދަނގަޑުތައް ނަގައި އެ ގަރާޖުގެ ތެރޭގައި ހުރި އަނދާ ހުލިވެފައި ހުރި ވެހިކަލްތައް ވެސް އެ ސަރަހައްދުން ނެރުމުގެ މަސައްކަތް މިހާރު އެބަ ކުރެ އެވެ.
މ. ސެންޑްރޯޒްގެ ހުޅަނގުބައިގައި އިއްޔެ ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާގައި ރޯވިގެ ސާފުކޮށް ތަޅާލުމުގެ މަސައްކަތް މި މިނިސްޓްރީގެ ޕަބްލިކް ވަރކްސް ސަރވިސަސް ޑިޕާޓްމަންޓުން ދަނީ ކުރަމުން. pic.twitter.com/WpGZwvFKui
— Min.of National Planning, Housing & Infrastructure (@MoNPHImv) November 11, 2022
ސޯޝަލް މީޑިއާގައި އެ މިނިސްޓްރީން އާންމު ކުރި ބައެއް ފޮޓޯތަކުން ފެންނަ ގޮތުގައި ރޯވެފައި އޮތް ލޮރީއެއް ވެސް ވަނީ ގަރާޖުގެ ތެރެއިން ނެރެފަ އެވެ.
މިއީ ރާއްޖޭގައި މިހާތަނަށް އަލިފާނުގެ ހާދިސާއެއްގައި އެންމެ ގިނަ މީހުން މަރުވި ފަހަރެވެ. އޭގެ ތެރޭގައި ގިނަ އަދަދެއްގެ އިންޑިއާ މީހުންނާއި ބަންގްލަދޭޝް ބައެއް ވެސް ހިމެނެ އެވެ. މިހާތަނަށް ފުލުހުން ބުނެފައިވާ ގޮތުގައި މަރުވެފައި ވަނީ އިންޑިއާގެ ހަތް މީހަކާއި ބަންގްލަދޭޝްގެ ދެ މީހެކެވެ. މަރުވި މީހުންގެ ތެރެއިން 10 ވަނަ މީހާ އަކީ ކާކުކަން އަދި ނޭނގޭ ކަމަށް ފުލުހުން މިއަދު ބުންޏެވެ.
އޭގެ ތެރެއިން ސަލާމަތްވީ އެކަކު އޮތީ އައިޖީއެމްއެޗްގައި ވަރަށް ނާޒުކް ހާލަތުގަ އެވެ.
އަލިފާނުގެ ހާދިސާގައި މިހާތަނަށް 10 މަރު
އަލިފާނުގެ ހާދިސާގައި އިތުރު ދެ ގެއަކަށް ގެއްލުންވި
އިތުރު މީހަކު މަރުވެފައިވާ ކަމަކަށް ނުބެލެވޭ: ޕޮލިސް
މަރުވި މީހުންގެ ހަށިގަނޑު ގައުމުތަކަށް ފޮނުވާލަނީ
މަރުވި މީހުންގެ ތެރޭގައި އިންޑިއާގެ ހަތް މީހެއް
ރަހުމަތްތެރިޔާ ދިޔައީ ކާން، ކުރިމަތިވީ ފަހު ވަގުތާ
ރޯވި ގަރާޖަކީ ހުއްދަނެތި ހިންގާ ތަނެއް!
އަލިފާން ރޯވި ގެއަށް ދިޔަ ކަމަށް ބެލެވޭ މީހުން ހޯދަނީ
އައިޖީއެމްްއެޗުގައި އޮތް މީހާ ސިފަ ނޭނގޭވަރަށް ފިހިިފައި
ހައްލުކުރަން ލަސް، ގަރާޖުތައް ބަދަލު ކުރާނަން: ރައީސް