Roadha Mihaaru
އައިޖީއެމްްއެޗުގައި އޮތް މީހާ ސިފަ ނޭނގޭވަރަށް ފިހިިފައި

އައިޖީއެމްއެޗުގައި އޮތް މީހާ އޮތީ ކާކުކަން ނޭނގޭ ވަރަށް ފިހިފައި

10 ނޮވެމްބަރ 2022

މާލޭގައި ރޭ ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާގައި ފިހިގެން، އައިޖީއެމްއެޗުގައި މިހާރު ފަރުވާދެމުން އަންނަ މީހާ އޮތީ ކާކުކަން ދެނެނުގަނެވޭ ވަރަށް ފިހިފައިކަން "މިހާރު" އަށް އެނގިއްޖެ އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

މާލޭގައި ރޭ ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާގައި ފިހިގެން، އައިޖީއެމްއެޗުގައި މިހާރު ފަރުވާދެމުން އަންނަ މީހާ އޮތީ ކާކުކަން ދެނެނުގަނެވޭ ވަރަށް ފިހިފައިކަން "މިހާރު" އަށް އެނގިއްޖެ އެވެ.

އެ މީހާއަށް އައިޖީއެމްއެޗުގެ އީއާރްގައި އަންނަނީ ފަރުވާދެމުންނެވެ.

މައުލޫމާތު އެނގޭ މީހަކު ކިޔައިދިން ގޮތުގައި އެ މީހާގެ ހަށިގަނޑު އޮތީ އެއްކޮށް ފިހިފަ އެވެ. އެނގިފައިވާ ގޮތުގައި، އެ ހާދިސާގައި އަނިޔާވެގެން އައިޖީއެމްއެޗުގައި މިހާރު ފަރުވާދެމުން އަންނަނީ އެ މީހާ އަށް އެކަންޏެވެ.

މ. ސެންޑްރޯސް ހުޅަނގު ބައިގައި ހުންނަ ގަރާޖުގައި ރޯވި އަލިފާނުގެ ހާދިސާގައި މަރުވި މީހެއްގެ ހަށިގަނޑު ގެންދަނީ -- ފޮޓޯ: ނިޝާން އަލީ | މިހާރު

މ. ސެންޑްރޯސް ހުޅަނގު ބައިގައި ހުންނަ ގަރާޖުގައި ރޯވި އަލިފާނުގެ ހާދިސާގައި މަރުވި މީހެއްގެ ހަށިގަނޑު ގެންދަނީ -- ފޮޓޯ: ނިޝާން އަލީ | މިހާރު

ގްރައުންޑް ފްލޯއާ އެކު ތިން ބުރިއަށް ހަދާފައި ހުރި މ. ސެންޑްރޯސް ހުޅަނގު ބައިގައި ރޭ 12:30 ހާއިރު ހިނގި އެ ހާދިސާ އަށް ފަހު ގިނަ ބަޔަކު ގެއްލިގެން ވެސް އަންނަނީ ހޯދަމުންނެވެ.

ފުލުހުން މިހާތަނަށް ދިން މައުލޫމާތުތަކުން އެނގޭ ގޮތުގައި އެ ހާދިސާގައި 10 މީހަކު މަރުވެފައިވެ އެވެ. މަރުވި މީހުންގެ އަދަދު އެއަށް ވުރެ ގިނަވާނެ ކަމަށް ބެލެވެ އެވެ. ފުލުހުން އަންނަނީ ގެއްލިފައިވާ ކަމަށް ބުނާ މީހުން ހޯދުމުގެ މަސައްކަތް ވެސް ކުރަމުންނެވެ.

ގަލޮޅު މޯޗަރީ ކުރިމަތީގައި ފުލުހުން ހަރަކާތްތެރި ވަނީ -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

ގަލޮޅު މޯޗަރީ ކުރިމަތީގައި ފުލުހުން ހަރަކާތްތެރި ވަނީ -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

އެނގިފައިވާ ގޮތުގައި މަރުވި ގިނަ މީހުންގެ ހަށިގަނޑު ވެސް ވަނީ ސިފަ ވަކި ނުވާ ވަރަށް ފިިހިފަ އެވެ. އެ ހާދިސާގައި މަރުވި މީހުންގެ ހަށިތައް މިހާރު ވަނީ ގަލޮޅު މޯޗަރީ އަށް ގެންގޮސްފަ އެވެ.

ރޯވި ތަނުގައި ދިރިއުޅުނު މީހުން ދަންނަ ބައެއް މީހުންނާ ވާހަކަ ދައްކައިގެން، މަރުވި މީހުން އައިޑެންޓިފައި ކުރަމުގެ މަސައްކަތް ކަމާބެހޭ އިދާރާތަކުން ކުރަމުން އަންނަ ކަމަށް އެ ސަރަހައްދުގައި ތިބި ބައެއް އޮފިޝަލުން ވިދާޅުވި އެވެ.

އަލިފާން ރޯވި ތަނުން ފެނުނު މީހުންގެ ހަށިގަނޑު ގެންދަނީ -- ފޮޓޯ: ފަޔާޒު މޫސާ| މިހާރު

އަލިފާން ރޯވި ތަނުން ފެނުނު މީހުންގެ ހަށިގަނޑު ގެންދަނީ -- ފޮޓޯ: ފަޔާޒު މޫސާ| މިހާރު

މިހާތަނަށް މާލޭގައި ހިނގި އެންމެ ބޮޑު އަލިފާނުގެ ހާދިސާއާ ގުޅޭގޮތުން އެ ސަރަހައްދުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެންޑީއެމްއޭގެ ޗީފް އެގްޒެކެޓިވް ހިސާން ހަސަން ވިދާޅުވީ ރޯވި އިމާރާތް ހިމެނޭހެން ހަތަރު ގެއަކުން މީހުން ހުސްކޮށްފައިވާ ކަމަށެވެ.

ތިރީގައި ގަރާޖެއް ހުންނަ އެ ގޭގައި މަތީ ފުލޯގައި ދިރިއުޅެނީ ބިދޭސީންނެވެ. އެ ބިދޭސީންގެ ތެރޭގައި ހިމެނެނީ ބަންގްލަދޭޝް، ސްރީ ލަންކާ، އަދި އިންޑިއާ މީހުންނެވެ.