10 ނޮވެމްބަރ 2022
މ. ނިރުފެހިގޭގައި ހިނގި އަލިފާނުގެ ހާދިސާގައި މަރުވި ތިން އަންހެނެއްގެ ހަށިގަނޑު މޯޗަރީގައި އޮތްކަން "މިހާރު" އަށް އެނގިއްޖެ އެވެ.
މ. ނިރުފެހިގޭގައި ހިނގި އަލިފާނުގެ ހާދިސާގައި މަރުވި ތިން އަންހެނެއްގެ ހަށިގަނޑު މޯޗަރީގައި އޮތްކަން "މިހާރު" އަށް އެނގިއްޖެ އެވެ.
އެ ގޭގައި ރޭ އަލިފާން ރޯވެ 10 ބިދޭސީއަކު ވަނީ މަރުވެފަ އެވެ. އެ އެންމެންގެ ހަށިގަނޑު ވަނީ މޯޗަރީ އަށް ގެންގޮސްފަ އެވެ.
ތިން ބުރިއަށް، ލަކުޑި ޑެކް ވެސް ހިމެނޭހެން ހަދާފައި ހުންނަ އެ ގޭގެ މަތީ ދެ ބުރި ހުންނަނީ ލޭބަ ކުއާޓާއެއްގެ ގޮތުގަ އެވެ.
އެނގިފައިވާ ގޮތުގައި މަރުވި މީހުންގެ ތެރޭގައި ތިން އަންހެނުން ހިމެނެ އެވެ. ނަމަވެސް، އެއީ ކޮން ބައެއްކަން ދެނެގަނެވުނު ކަމެއް ނުވަތަ ނޫންކަމެއް އަދި ނޭނގެ އެވެ. މަރުވި މީހުންގެ ތެރޭގައި ގިނައީ އިންޑިއާ މީހުންނެވެ.
އެ ހަށިތައް ފެނުނު އިންޑިއާ ހައި ކޮމިޝަންގެ އޮފިޝަލަކު ވިދާޅުވީ ބައެއް ހަށިތައް ދެނެގަނެވޭ ވަރަށް ވުރެ ބޮޑަށް އޮތީ އަނދައިފައި ކަމަށެވެ. ހަމަ އެއްގޮތަކަށް ވެސް ކާކު ކަން ވަކި ނުކުރެވޭ ވަރުގެ ހަށިތައް އެބަހުރި ކަމަށް އެ އޮފިޝަލް ވިދާޅުވި އެވެ.
އަލިފާނުގްއި މިހާތަނަށް އެންމެ ގިނަ މީހުން މަރުވި މި ހާދިސާގައި ފިހިގެން އައިޖީއެމްއެޗުގައި މިހާރު ފަރުވާދެމުން އަންނަނީ އެންމެ މީހަކަށެވެ. އެ މީހާ އޮތީ ކާކުކަން ދެނެނުގަނެވޭ ވަރަށް ފިހިފަ އެވެ.
އިތުރު މީހަކު މަރުވެފައިވާ ކަމަކަށް ނުބެލެވޭ: ޕޮލިސް
މަރުވި އިންޑިއާ 8 މީހުންގެ ހަށިގަަނޑު ފޮނުވާލައިފި
ގަރާޖުގައި ރޯވެ ދޮޅު މިނެޓުން މުޅި ގޭގައި ހުޅު ހިފި
މަރުވި މީހުންގެ ތެރޭގައި އިންޑިއާގެ ހަތް މީހެއް
އަލިފާން ރޯވި ގެއަށް ދިޔަ ކަމަށް ބެލެވޭ މީހުން ހޯދަނީ
އަލިފާނުގެ ހާދިސާގައި މިހާތަނަށް 10 މަރު
އަލިފާނުގެ ހާދިސާގެ ތަހުގީގަށް ބޭރުގެ އެހީ ހޯދަނީ
ކާރުގައި "ރޯކުރި" މީހުންގެ ބަންދަށް 15 ދުވަސް
ކާރެއްގައި ރޯކޮށްލި ދެ މީހަކު ހައްޔަރުކޮށްފި
ކުއްލި ހާލަތުގައި ދެން ގުޅަން ޖެހޭނީ 911 އަށް