Roadha Mihaaru
ރައީސް ދަމަހައްޓަވަނީ އިސްލާމީ ސައްހަ އަގީދާ: އިމްރާން

ރައީސް، އިސްލާމްދީނުގެ ސައްހަ އަގީދާ ދަމަހައްޓަވާނެ: އިމްރާން

27 އޮކްޓޯބަރ 2022

އިސްލާމްދީނުގެ ސައްހަ އަގީދާ ހިމާޔަތްކުރުމަށާއި ރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލް ދެމެހެއްޓުމަށް ކުރައްވަން ޖެހޭ ކޮންމެ ކަމެއް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ކުރައްވާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް ހޯމް މިނިސްޓަރު އަމްރާން އަބްދުﷲ ރޭ ވިދާޅުވެއްޖެ އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

އިސްލާމްދީނުގެ ސައްހަ އަގީދާ ހިމާޔަތްކުރުމަށާއި ރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލް ދެމެހެއްޓުމަށް ކުރައްވަން ޖެހޭ ކޮންމެ ކަމެއް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ކުރައްވާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް ހޯމް މިނިސްޓަރު އަމްރާން އަބްދުﷲ ރޭ ވިދާޅުވެއްޖެ އެވެ.

ރާއްޖެ އިސްލާމްވީތާ 896 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން އިސްލާމީ މަރުކަޒުގައި ބޭއްވި ރަސްމީ ޖަލްސާގައި އިމްރާން ވިދާޅުވީ، ރައީސްއާ ވަރަށް ގާތުން މަސައްކަތްކުރައްވާ މީހެއްގެ ހައިސިއްޔަތުން، އެ މަނިކުފާނަކީ އިސްލާމްދީނުގެ ސައްހަ އަގީދާ ދަމަހައްޓަން މަސައްކަތްކުރައްވާ ބޭފުޅެއްކަން ކަށަވަރުކޮށްދެއްވާ ކަމަށެވެ.

އިމްރާން ވިދާޅުވީ މިހާ ގިނަ ދުވަހު ސައްތައިން ސައްތަ އިސްލާމީ ގައުމެއްގެ ގޮތުގައި އަދި އިސްލާމީ ދައުލަތެއްގެ ދަށުގައި ރާއްޖެ އޮތުންހާ ބޮޑު ނިއުމަތެއް ރައްޔިތުންނަށް ނުލިބޭނެ ކަމަށެވެ. ރާއްޖެ އަކީ މީސްކޮޅު މަދު އަދި ކުޑަ އިގުތިސާދެއް އޮތް ގައުމަކަށް ވިޔަސް، ގޮންޖެހުންތަކާއި ދަތިތަކާ އެކު ވެސް އިސްލާމްދީނުގެ ނިއުމަތަށް ވިސްނައިފި ނަމަ، މިއަށް ވުރެ ވަކިން ބޮޑު ނިއުމަތެއް ލިބިފައި އޮތް އެހެން ގައުމެއް ދުނިޔޭގައި ނެތް ކަމަށެވެ.

"އެހެންކަމުން އެގޮތުގެ މަތީގައި ދެމިތިބުމަށް ވުރެ ހެޔޮކަމެއް އަޅުގަނޑުމެންނަށް ނެތް. އެގޮތުގެ މަތީގައި ދެމިތިބުމަށް ކުރިމަތިވެދާނެ ގޮންޖެހުމަކުން ސަލާމަތްވުމަށް ވުރެ ވަކިން ބޮޑު މަސައްކަތެއް އަޅުގަނޑުމެން ކުރާކަށް ނެތް،" އިމްރާން ވިދާޅުވި އެވެ.

ރާއްޖެ އިސްލާމްވި ދުވަހުގެ ޖަލްސާގައި ކުރި ހާއްސަ ދުއާގައި ރައީސް އިބްރާޙިމް މުހަމަދު ސޯލިހުގެ ދެކަނބަލުންނާއި އާއި ސަރުކާރުގެ އެހެން އިސްވެރިން ބައިވެރިވެވަޑައިގަންނަވަނީ -- ފޮޓޯ: ރައީސް އޮފީސް

ރާއްޖެ އިސްލާމްވި ދުވަހުގެ ޖަލްސާގައި ކުރި ހާއްސަ ދުއާގައި ރައީސް އިބްރާޙިމް މުހަމަދު ސޯލިހުގެ ދެކަނބަލުންނާއި އާއި ސަރުކާރުގެ އެހެން އިސްވެރިން ބައިވެރިވެވަޑައިގަންނަވަނީ -- ފޮޓޯ: ރައީސް އޮފީސް

"އެހެންކަމުން އެގޮތުގެ މަތީގައި ދެމިތިބުމަށް ވުރެ ހެޔޮކަމެއް އަޅުގަނޑުމެންނަށް ނެތް. އެގޮތުގެ މަތީގައި ދެމިތިބުމަށް ކުރިމަތިވެދާނެ ގޮންޖެހުމަކުން ސަލާމަތްވުމަށް ވުރެ ވަކިން ބޮޑު މަސައްކަތެއް އަޅުގަނޑުމެން ކުރާކަށް ނެތް،" ރައީސް ބައިވެރިވެވަޑައިގަތް ޖަލްސާގައި އިމްރާން ވިދާޅުވި އެވެ.

ހޯމް މިނިސްޓްރީ އާއި އިސްލާމިކް މިނިސްޓްރީ ގުޅިގެން އިންތިޒާމުކުރި ޖަލްސާގައި ރާއްޖެ އާއި މޮރިޝަސްއާ ދެމެދު އުފެދިފައިވާ އިމުގެ މައްސަލާގައި ވެސް އިމްރާން ވާހަކަދެއްކެވި އެވެ. އިމްރާން ވިދާޅުވީ އެ މައްސަލާގައި ރައީސް ހައްދަވަނީ ތެދު ކަމަށް އޭނާ ހެކިވެވަޑައިގަންނަވާ ކަމަށެވެ.

ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ، ޗާގޮސް މައްސަލާގައި ރާއްޖޭގެ ސިޔާދަތަށް ގެއްލުންވާނެ އެއްވެސް ކަމެއް ސަރުކާރުން ނިންމާފައި ނުވާނެ ކަމަށެވެ.

ރައީސް ވިދާޅުވީ އިސްލާމްދީނަކީ ވަރަށް ފުރިހަމަ އަދި ވަރަށް ޝާމިލް ނިޒާމެއް ކަމަށާއި އެ ދީން އެންމެ ބޮޑަށް ބާރުއަޅަނީ ދެ މޫނުގެ ވެރި ބަޔަކަށް ނުވުމަށް ކަމަށެވެ. އިސްލާމްދީނަކީ ސުލްހަ އާއި ހަމަޖެހުމާއި އެކުވެރިކަމުގެ ދީން ކަމަށާއި އެ ސިފަތައް މުޖުތަމައުގައި ދެމެހެއްޓުމަށް މުސްލިމުންގެ ކިބައިގައި ހަރުލައްވަން ޖެހޭ އެންމެ މުހިންމު ސިފައަކީ ތެދުބުނުން ކަމަށް ވެސް ވިދާޅުވި އެވެ.