ރާއްޖެ އިސްލާމްވި ދުވަސް ފާހަގަކުރުމުގެ ގޮތުން މިރޭ އިސްލާމީ މަރުކަޒުގައި ބޭއްވުމަށް ހަމަޖެއްސި ރަސްމީ ޖަލްސާ އާއި އެހެނިހެން ހަރަކާތްތައް އިސްލާމިކް މިނިސްޓްރީން މިއަދު ކެންސަލްކޮށްފި އެވެ.
ރާއްޖެ އިސްލާމްވި ދުވަސް ފާހަގަކުރުމުގެ ގޮތުން މިރޭ އިސްލާމީ މަރުކަޒުގައި ބޭއްވުމަށް ހަމަޖެއްސި ރަސްމީ ޖަލްސާ އާއި އެހެނިހެން ހަރަކާތްތައް އިސްލާމިކް މިނިސްޓްރީން މިއަދު ކެންސަލްކޮށްފި އެވެ.
އެ މިނިސްޓްރީން ބުނީ ރާއްޖެ އިސްލާމްވި ދުވަސް ފާހަގަކުރުމުގެ ގޮތުން މިއަދު ބާއްވަން ހަމަޖެއްސި ހަރަކާތްތައް މޫސުން ގޯސްވުމުގެ ސަބަބުން މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
ރާއްޖެ އިސްލާމްވި ދުވަހުގެ މުނާސަބަތުގައި ރަސްމީ ޖަލްސާ ބާއްވަން ކުރިން ނިންމާފައި އޮތީ ޖުމްހޫރީ މައިދާން ސަރަހައްދުގަ އެވެ. އެކަމަކު މޫސުން ގޯސްވުމުން ފަހުން އެ ޖަލްސާ އިސްލާމީ މަރުކަޒަށް ބަދަލުކުރަން ނިންމި އެވެ.
އިސްލާމިކް މިނިސްޓްރީން ވަނީ ރަސްމީ ޖަލްސާގެ އިތުރުން ދުވަހާ ގުޅިގެން، މިއަދުގެ މަޣުރިބް ނަމާދަށް ފަހު ހުރިހާ ރަށެއްގައި ދުއާކުރުމާއި ގައުމީ ދިދަ ނެގުމާއި ހުރިހާ ރަށެއްގެ މިސްކިތްތައް ސާފުކުރުން އަދި ކުޑަކުދިންގެ ހަވީރެއް ވެސް ބާއްވާ ގޮތަށް ހަމަޖައްސައިފަ އެވެ.
ރާއްޖެ އިސްލާމްވި ދުވަސް މި ފަހަރު ތަފާތު ގޮތަކަށް
ރައީސް ދަމަހައްޓަވަނީ އިސްލާމީ ސައްހަ އަގީދާ: އިމްރާން
ދީނީ އެއްބައިވަންތަކަމުގެ ގާނޫނު މުރާޖައާކުރަނީ
ޝެއިހް ފަރީދުގެ ހަނދާނުގައި މިސްކިތެއް ބިނާކުރަނީ
ފަރީދު: ކެރުމާ އެކު، އަބަދުވެސް އިސްކުރެއްވީ ދީން
ރަށްރަށުގެ އިމާމުންގެ މުސާރަ މިމަހު ލަސްވާނެ
ހަރަމްފުޅުގެ އިމާމް، ތުއްތު ކުދިންނާއެކު ވަގުތުކޮޅެއް!
މާދަމާއަކީ ފިތުރު އީދު ދުވަސް
"އިންސާނީ ކަރާމާތް ގެނެވޭނީ ގުރުއާނަށް އަމަލުކޮށްގެން"
އިސްލާމީ މަރުކަޒުގައި ތަރާވީސް ކުރާނީ ހަތަރު ޒުވާނުން