Roadha Mihaaru
އޭދަފުއްޓާއި ނައިފަރުގައި އަންނަމަހު ޑައިލިސިސް ފަށަނީ

އޭދަފުއްޓާއި ނައިފަރުގައި އަންނަމަހު ޑައިލިސިސް ހަދަން ފަށަނީ

26 އޮކްޓޯބަރ 2022

ބ. އޭދަފުއްްޓާއި ޅ.ނައިފަރުގައި އަަންނަ މަހުން ފެށިގެން ޑައިލިސިސް ހަދަން ފެށުމަށް ވާންޖެހޭ އެންމެެ ފަހު ތައްްޔާރީތައް ވަމުން އަންނަ ކަމަށް ހެލްތް މިނިސްޓްރީން ބުނެފި އެވެ.

ފާތިމަތު އަޖްފާން ފާތިމަތު އަޖްފާން

ބ. އޭދަފުއްްޓާއި ޅ.ނައިފަރުގައި އަަންނަ މަހުން ފެށިގެން ޑައިލިސިސް ހަދަން ފެށުމަށް ވާންޖެހޭ އެންމެެ ފަހު ތައްްޔާރީތައް ވަމުން އަންނަ ކަމަށް ހެލްތް މިނިސްޓްރީން ބުނެފި އެވެ.

ރާއްޖޭގެ ހުރިހާ ރަށެއްގައި ޑައިލިސިސްގެ ހިދުމަތް ފެށުމަކީ ސިއްހީ ދާއިރާއަށް ކަނޑައަޅާފައިވާ އަމާޒެކެވެ.

ހެލްތު މިނިސްޓްރީގެ ސީނިއާ އެގްޒެކްޓިވް ޑިރެކްޓަރު އައިމިނަތު ޝަތުފާ "މިހާރު" އަށް ވިދާޅުވީ އޭދަފުއްޓާއި ނައިފަރު ހޮސްޕިޓަލުގައި ޑައިލިސިސް ހިދުމަތް ފެށުމަށް ވާންޖެހޭ ހުރިހާ ތައްޔާރީތަކެއް މިހާރު ނިމިފައިވާ ކަމަށެވެ.

އެ ދެ ހޮސްޕިޓަލަށް އެކަމަށް ބޭނުންވާ ހުރިހާ މެޝިނަރީއަކާއި އެހެނިހެން ކަންކަން ހަމަޖެހިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"ނަމަވެސް އެ ހިދުމަތް ފެށުމަށް ބޭނުންވާ ބައެއް މެޑިކަލް ސާމާނު އެ ރަށްރަށަށް ނުފޮނުވި ހުރީ. މި ހިދުމަތް އަންނަ މަހު ފެށޭނެ އެ ދެ ހޮސްޕިޓަލުގައި ވެސް،" ޝަތުފާ ވިދާޅުވި އެވެ.

ރާއްޖޭގެ ހުރިހާ ހިސާބެއްގައި ޑައިލިސިސް ސެންްޓަރުތައް ހެދުމަށް މަސައްކަތްކުރާއިރު މާލެ ސަރަހައްދުން އައިޖީއެމްއެޗާއި ހުޅުމާލެ ހޮސްޕިޓަލުގެ އިތުރުން ކުޅުދުއްފުށީގައި ވެސް އެ ހިދުމަތް އަންނަނީ ދެމުންނެވެ.

މީގެ އިތުރުން ރ. އުނގޫފާރު ރީޖަނަލް ހޮސްޕިޓަލާއި ގދ. ތިނަދޫ އަބްދުއްސަމަދު މެެމޯރިއަލް ހޮސްޕިޓަލުގެ އިތުރުން އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުގައި ވެސް މިހާރު މި ހިދުމަތް ދެ އެވެ.