26 ނޮވެމްބަރ 2022
ބ. އޭދަފުށީގައި ހުންނަ އެ އަތޮޅު ހޮސްޕިޓަލުގައި ޑައިލިސިސްގެ ހިދުމަތް މާދަމާ ފަށަން ނިންމައިފި އެވެ.
ބ. އޭދަފުށީގައި ހުންނަ އެ އަތޮޅު ހޮސްޕިޓަލުގައި ޑައިލިސިސްގެ ހިދުމަތް މާދަމާ ފަށަން ނިންމައިފި އެވެ.
އެ ހޮސްޕިޓަލްގެ މީޑިއާ ކޯޑިނޭޓަރު މުހައްމަދު ހަމްދޫން "މިހާރު" އަށް ވިދާޅުވީ މިދިޔަ އަންގާރަ ދުވަހުން ފެށިގެން ޑައިލިސިސް ހަދަން ތައްޔާރުވެފައިވާ ކަމަށެވެ. އަދި މާދަމާ ފެށިގެން ފުރަތަމަ މީހާ ޑައިލިސިސް ހަދަން ފަށާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އެ އަތޮޅުގައި މީހުން ދިރިއުޅޭ 13 މީހުންގެ ތެރެއިން، މި ވަގުތު ޑައިލިސިސް ހަދާ 18 މީހުން އެބަތިއްބެވެ. އޭގެ ތެރެއިން ގިނަ މީހުން މިހާތަނަށް ޑައިލިސިސް ހެދީ އެ ރަށާ އެންމެ ކައިރީގައި އެ ހިދުމަތް ދޭ ރ. އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުންނެވެ.
ހަމްދޫން ވިދާޅުވީ ޑައިލިސިސް ހެދުމަށް ވަކި ދުވަސްތަކެއް ކަނޑައަޅާފައިނުވާ ކަމަށެވެ. ދުވާލަކު ހަ ޕޭޝަންޓުންނަށް އަދި އެއްފަހަރާ ތިން މީހުންނަށް އެ ސެންޓަރުގައި ޑައިލިސިސް ހެދޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
މިނިސްޓްރީން އަންނަނީ ޅ. ނައިފަރުގައި ވެސް ޑައިލިސިސްގެ ހިދުމަތް ފެށުމަށް ތައްޔާރުވަމުންނެވެ.
އެ ހޮސްޕިޓަލުގެ އޮފިޝަލަކު ވިދާޅުވީ ހިދުމަތް ފެށުމަށް މިހާރު ތައްޔާރުވެފައިވާ ކަމަށެވެ. އެކަމަކު، އެކަން ފެށޭނީ، އޭނާ ވިދާޅުވި ގޮތުގައި އަންނަ މަހު ނުވަތަ ޖެނުއަރީ ހިސާބުގަ އެވެ.
"ވީހާ ވެސް އަވަހަކަށް ޑައިލިސިސް ފެށުމަށް މި މަސައްކަތްކުރަނީ،" އޮފިޝަލް ވިދާޅުވި އެވެ.
ޅ. އަތޮޅުގައި ޑައިލިސިސް ހަދަންޖެހޭ އަށް މީހުން އެބަތިއްބެވެ.
ސަރުކާރުން މަސައްކަތްކުރަމުން އަންނަނީ ރާއްޖޭގެ ހުރިހާ ހިސާބެއްގައި ޑައިލިސިސް ސެންޓަރުތައް ހެދުމަށެވެ.
މާލެ ސަރަހައްދުން އައިޖީއެމްއެޗާއި ހުޅުމާލެ އަދި ވިލިމާލެ ހޮސްޕިޓަލުގައި އެ ހިދުމަތް ދެމުން އަންނައިރު ހދ. ކުޅުދުއްފުއްޓާއި އުނގޫފާރު ރީޖަނަލް ހޮސްޕިޓަލާއި ގދ. ތިނަދޫ އަބްދުއްސަމަދު މެެމޯރިއަލް ހޮސްޕިޓަލުގެ އިތުރުން ލ. ގަމު ރީޖަނަލް ހޮސްޕިޓަލާއި ފުވައްމުލައް އަދި އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުގައި ވެސް އެ ހިދުމަތް ދެ އެވެ.
60 މީހެއްގެ ކިޑްނީ ޓްރާންސްޕްލާންޓް ހިލޭ ހެދި
ވިލިމާލެ ހޮސްޕިޓަލްގައި ޑަޔަލިސިސް ޔުނިޓެއް ގާއިމުކުރަނީ
ހުރިހާ އަތޮޅު ހޮސްޕިޓަލެއްގައި ޑައިލިސިސް ހިދުމަތް ދެނީ
އޭދަފުއްޓާއި ނައިފަރުގައި އަންނަމަހު ޑައިލިސިސް ފަށަނީ
ތިން ހޮސްޕިޓަލުގެ ޑިޒައިން އަލުން ހަދަނީ
އަޅާފައިވާ ފިޔަވަޅުތަކާއެކު ކުރިއަށް ދެވޭނެ: އަމީން
ފުނަދު އާއި އޭދަފުށީގައި ކޮވިޑް ފެސިލިޓީ ހުޅުވައިފި
ތިން ރަށަކަށް ޕީސީއާރު މެޝިން ހޯދަނީ
ޑައިލިސިސް ހެދުން އައްޑޫ އާ ހޮސްޕިޓަލަށް ބަދަލުކޮށްފި
ތިން ރަށެއްގެ އާ ހޮސްޕިޓަލްތައް ރީތި ކުރެހުންތަކަކުން!