Roadha Mihaaru
ވިލިމާލެ ހޮސްޕިޓަލްގައި ޑަޔަލިސިސް ޔުނިޓެއް ގާއިމުކުރަނީ

ވިލިމާލެ ހޮސްޕިޓަލްގައި ޑަޔަލިސިސް ޔުނިޓެއް ގާއިމު ކުރަނީ

08 އެޕްރީލް 2017

ވިލިމާލެ ހޮސްޕިޓަލުގައި ޑަޔަލިސިސް ޔުނިޓެއް ގާއިމުކޮށް، މަހެއްހާ ދުވަހުގެ ތެރޭގައި ޚިދުމަތް ފަށަން ތައްޔާރުވަމުން އަންނަ ކަމަށް އެ ހޮސްޕިޓަލުން މިއަދު ބުނެފި އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ވިލިމާލެ ހޮސްޕިޓަލުގައި ޑަޔަލިސިސް ޔުނިޓެއް ގާއިމުކޮށް، މަހެއްހާ ދުވަހުގެ ތެރޭގައި ޚިދުމަތް ފަށަން ތައްޔާރުވަމުން އަންނަ ކަމަށް އެ ހޮސްޕިޓަލުން މިއަދު ބުނެފި އެވެ.

ވިލިމާލޭގައި ދިރިއުޅޭ ކިޑްނީގެ ބަލިތަކުގެ މީހުން ޑަޔަލިސިސް ހަދަން ދާން ޖެހެނީ އައިޖީއެމްއެޗަށެވެ.

ޑަޔަލިސިސްގެ ޚިދުމަތަކީ ވަރަށް ގިނަ ވަގުތު ހޭދަ ކުރަން ޖެހޭ ކަމެކެވެ. އެންމެ މީހަކަށް ޑަޔަލިސިސް ހަދަން މަދުވެގެން ހަތަރު ގަޑިއިރު ނަގާނެ އެވެ.

ވިލިމާލޭ ހޮސްޕިޓަލްގެ ޑިރެކްޓަރު އަހުމަދު ޒާހިރު ވިދާޅުވީ ވިދާޅުވި ގޮތުގައި އެ ތަނުގައި ބަހައްޓާ ޑަޔަލިސިސް ދެ މެޝިން ބަހައްޓައި ނިމިފައިވާ ކަމަށެވެ. އަދި ޚިދުމަތް ފެށުމަށް ބޭނުންވާ ބައެއް ސާމާނު އަދިވެސް ގެންނަން އެބަހުރި ކަމަށް ޒާހިރު ވިދާޅުވި އެވެ. އެތަކެތި ގެނެވޭނީ އަންނަ މަހުގަ އެވެ.

އޭނާ ވިދާޅުވި ގޮތުގައި ވިލިމާލޭގައި ދިރިއުޅޭ މީހުންގެ ތެރެއިން ޑަޔަލިސިސް ޚިދުމަތް ބޭނުންވާ 10 މީހަކު ފަރުވާ ހޯދަނީ އައިޖީއެމްއެޗުންނެވެ.

ޒާހިރު ވިދާޅުވީ ޑަޔަލިސިސްގެ ޚިދުމަތް ފެށުމަށް ވިލިމާލެ ހޮސްޕިޓަލްގައި މަސައްކަތް ކުރާ ބައެއް ނަރުހުން ތަމްރީން ކުރަމުން އަންނަ ކަމަށެވެ.

"ދެ ނަރުހުން ތަމްރީންކޮށް ނިމިފައިވަނީ. އިތުރު ދެ ނަރުހުން މިހާރު މިދަނީ ތަމްރީން ކުރަމުން،" އޭނާ ވިދާޅުވި އެވެ.

ޑަޔަލަސިސް ހަދާ މީހުންނަށް ވިލިމާލެ ހޮސްޕިޓަލްގައި ޚާއްސަކޮށްފައި ވަނީ ދެ އެނދެވެ.

ވިލިމާލެ ހޮސްޕިޓަލުގައި މިހާރު ޚާއްސަ ބަލިތަކުގެ ބައެއް ޑޮކްޓަރުން މަދުއިރު، އެތެރެހަށީގެ ޑޮކްޓަރުންނާއި، އަންހެނުންގެ ހާއްސަ ޑޮކްޓަރުންނާއި، ކުޑަކުދިންގެ ހާއްސް ޑޮކްޓަރުން ގެންނަނީ އައިޖީއެމްއެޗުންނެވެ. ވިލިމާލެ ހޮސްޕިޓަލަށް އިތުރު ޑޮކްޓަރުން ހޯދުމަށް ސަރުކާރުން އަންނަނީ މަސައްކަތް ކުރަމުންނެވެ.

ވިލިމާލޭގެ ތަރައްގީ އަށް އަންނަނީ ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެ ގޮތުން އެ ރަށުގައި ބޮޑު މިސްކިތެއް އިމާރާތް ކުރުމާއި މުހިއްޔުއްދީން ސްކޫލް ބޮޑު ކުރުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއު ފެށިގެން ކުރިއަށް ދާކަން ފާހަގަކޮށްލެވެ އެވެ.