30 އެޕްރީލް 2023
ބ. އަތޮޅު ހޮސްޕިޓަލަށް 14 ޑޮކްޓަރުންނާއި އެ އަތޮޅުގެ އެކި ރަށްރަށުގެ ސިއްހީ މަރުކަޒުތަކުގައި މަސައްކަތްކުރަން 38 ނަރުހުން ހޯދަން އިއްޔެ އިއުލާންކޮށްފި އެވެ.
ބ. އަތޮޅު ހޮސްޕިޓަލަށް 14 ޑޮކްޓަރުންނާއި އެ އަތޮޅުގެ އެކި ރަށްރަށުގެ ސިއްހީ މަރުކަޒުތަކުގައި މަސައްކަތްކުރަން 38 ނަރުހުން ހޯދަން އިއްޔެ އިއުލާންކޮށްފި އެވެ.
އެ ހޮސްޕިޓަލުން ކުރި އިއުލާނެއްގައި ބުނީ އެ މަގާމުތަކަށް ހޯދަނީ ދިވެހިން ކަމަށެވެ.
އެ އިއުލާނުގައިވާ ގޮތުން 14 ޑޮކްޓަރުން މަސައްކަތް ކުރަން ޖެހޭނީ އަތޮޅު ހޮސްޕިޓަލުގަ އެވެ. ނަރުހުން ހޯދަނީ އަތޮޅުގެ އެކި ރަށްރަށުގެ ސިއްހީ މަރުކަޒުތަކުގައި މަސައްކަތް ކުރާށެވެ. ޑޮކްޓަރުންނާއި ނަރުހުންގެ އިތުރުން، 26 މެޑިކަލް އޮފިސަރުންނާއި 10 ލެބޯޓަރީ ޓެކްނީޝަނުން އަދި ދެ ރޭޑިއޯގްރާފުން ހޯދަން ވެސް އިއުލާން ކޮށްފައިވެ އެވެ.
އެ މަގާމުތަކަށް ޝައުގުވެރިވާ މީހުން އަންނަ މަހުގެ 7 ގެ ކުރިން ފޯމު ހުށަހަޅަން ޖެހެ އެވެ.
ރަށްރަށުގައި މަސައްކަތްކުރާ ސިއްހީ ދާއިރާގެ މަގާމުތަކަށް ދިވެހިން ހޯދުމަށް ސަރުކާރުން ވަނީ މިދިޔަ އަހަރާއި މި އަހަރު ވެސް އިއުލާންކޮށްފަ އެވެ. ސަރުކާރުގެ ސިޔާސަތަކީ ވެސް އެ މަގާމުތަކުގައި ދިވެހިން ގިނަކުރުމެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވަނީ ސިއްހީ ދާއިރާގެ މުވައްޒަފުންގެ މުސާރަ މާދަމާ އިން ފެށިގެން ބޮޑުވާނެ ކަން ވެސް އިއުލާން ކުރައްވައިފަ އެވެ.
މުސާރައަށް ގެނައި ބަދަލާއެކު އެވްރެޖްކޮށް ހުރިހާ މުވައްޒަފުންގެ މުސާރަ 40 ޕަސެންޓަށް ވުރެން ބޮޑުވެ އެވެ.
މާބަނޑު މުވައްޒަފުންނަށް ދިން ލުއިތައް އިޔާދަކޮށްފި
މުސާރައާ ގުޅޭ ޝަކުވާތަކަށް ހައްލުތަކެއް ގެނެސްދީފި
ސިއްހީ ދާއިރާ މުވައްޒަފުންގެ އޯޓީ ލިމިޓްކުރުމުން ޝަކުވާ ބޮޑުވެއްޖެ
ސިއްހީ ދާއިރާގެ މުސާރައަށް އިތުރު ބަދަލުތަކެއް ގެންނަނީ
އިތުރު ތަނެއްގައި މަސައްކަތްނުކުރާނަމަ އެލަވަންސެއް
ސިއްހީ ދާއިރާގެ ބޮޑު މުސާރަ ރައީސް އިއުލާންކުރައްވައިފި
މޭ މަހުން ފެށިގެން ސިއްހީ ދާއިރާގެ މުސާރަ ބޮޑުކުރަނީ
ޑޮކްޓަރުންނާއި ނަރުހުންގެ މުސާރައަށް 500 މިލިއަން
ރ. އަތޮޅަށް 23 ޑޮކްޓަރުންނާއި 72 ނަރުހުން ހޯދަނީ
ސިއްހީ ދާއިރާގެ ވެސް މުސާރަ ބޮޑުވާނެ: ރައީސް