Roadha Mihaaru
ބޮޑު ޑިސްކައުންޓަކާ އެކު އިލާލާގެ ޕްރޮމޯޝަން މާދަމާ

ބޮޑު ޑިސްކައުންޓަކާ އެކު އިލާލާގެ ޕްރޮމޯޝަން މާދަމާ

25 އޮކްޓޯބަރ 2022

އިލާލާ ފިހާރައިން މާދަމާ ފެށުމަށް ހަމަޖެހިފައިވާ ޕްރޮމޯޝަނުން ލީވައިޒް ޖިންސާއި ޓޮޕްމަން ޓީޝާޓުން ޑިސްކައުންޓު ދިނުމަށް ނިންމާފައިވާ ކަމަށް އެ ފިހާރައިން ބުނެފި އެވެ.

އައިޝަތު ޖަޒްލީ އައިޝަތު ޖަޒްލީ

އިލާލާ ފިހާރައިން މާދަމާ ފެށުމަށް ހަމަޖެހިފައިވާ ޕްރޮމޯޝަނުން ލީވައިޒް ޖިންސާއި ޓޮޕްމަން ޓީޝާޓުން ޑިސްކައުންޓު ދިނުމަށް ނިންމާފައިވާ ކަމަށް އެ ފިހާރައިން ބުނެފި އެވެ.

އެ ފިހާރައިން ބުނި ގޮތުގައި މާދަމާއިން ފެށިގެން އިލާލާގެ ހުރިހާ ފިހާރަތަކަކުން އެ ދެ ބްރޭންޑުގެ އައިޓަމްތަކުން 25 ޕަސެންޓުގެ ޑިސްކައުންޓެއް ލިބޭނެ އެވެ. އެ ޕްރޮމޯޝަން ކުރިއަށްދާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހާ ހަމައަށް ކަމަށް އެ ފިހާރައިން ބުންޏެވެ.

އިލާލާއިން ބުނީ މި ފަހަރުގެ ޕްރޮމޯޝަނުގައި ޑިސްކައުންޓު ދޭން ނިމި ދެ ބްރޭންޑުގެ އައިޓަމްތަކަކީ އެ ފިހާރައިގެ ކަސްޓަމަރުންގެ މެދުގައި އެންމެ މަގުބޫލު ދެ ބްރޭންޑު ކަމަށެވެ.

ބޭރުގެ މަޝްހޫރު ބްރޭންޑު ޓޮޕްމަންގެ 11 ކުލައިގެ އެކި ސައިޒުތަކުގެ ޕްލެއިން ޓީޝާޓު އިލާލާއިން ލިބެން ހުންނާނެ ކަމަށް އެ ފިހާރައިން ބުންޏެވެ. އަދި ލީވައިޒް ޖިންސުގެ އެކި ސްޓައިލްތަކުގެ އެކި ސައިޒުގެ ގިނަ ވެރައިޓީތަކެއް ލިބެން ހުންނާނެ ކަމަށް އެ ފިހާރައިން ބުންޏެވެ.

އިލާލާ ފިހާރައިން ލިބެން ހުރި ޓޮޕްމަން ޓީޝާޓުގެ ކުލަތައް ހިމެނޭ ޕޯސްޓެއް.

ފިރިހެނުންނަށް ހާއްސަ އިލާލާ ފިހާރަ އަކީ ފިރިހެނުންގެ ރަސްމީ އަދި ނުރަސްމީ އެކި ވައްތަރުގެ ގިނަ އައިޓަމްތަކެއް ލިބެން ހުންނަ ފިހާރަ އެކެވެ. އެ ފިހަރައިގައި، ކެޝުއަލް އާއި އޮފިޝަލް ގަމީހާއި، ޕްލެއިން އަދި ޕެޓާން ގަމީހުގެ އިތުރުން އެކި ވައްތަރުގެ ޓީޝާޓާއި، ޖިންސު، ފަޓުލޫނު، ސޯޓު އަދި ފިރިހެނުންނަށް ހާއްސަ އެސެސަރީ ވެސް ލިބެން ހުރެ އެވެ.

އިލާލާގެ ދެ ފިހާރަ މާލޭގައި އަދި އެއް ފިހާރަ ހުޅުމާލޭގައި ހުރެ އެވެ. އެ ފިހާރަތަކަށް ނުގޮސް އޮންލައިންކޮށް ވިޔަފާރިކުރަން ބޭނުންވާ ކަސްޓަމަރުންނަށް ފޭސްބުކް ޕޭޖު މެދުވެރިކޮށް ގަނެވޭނެ ކަމަށް އިލާލާއިން ބުންޏެވެ. އަދި 9677830 އަށް ވަޓްސްއެޕާއި ވައިބާ މެދުވެރިކޮށް މެސެޖުކޮށްގެން ވެސް ފިހާރައިގެ އައިޓަމްތައް ގަނެވޭނެ ކަމަށް ބުންޏެވެ.

އެ ފިހާރައިން މާލެ އާއި ހުޅުމާލެއަށް ޑެލިވަރީގެ ހިދުމަތް ދެ އެވެ. އަދި ރަށްރަށުން ކުރާ އޯޑަރުތަކުގެ އައިޓަމްތައް ބޯޓުތަކަށް ޑެލިވަރީ ކޮށްދެ އެވެ.