Roadha Mihaaru
"ޑިޒައިނާ ރަޒީ" އިން މިހާރު ލަގްޒަރީ ފޮތި ލިބޭނެ

"ޑިޒައިނާ ރަޒީ" އިން މިހާރު ލަގްޒަރީ ފޮތި ލިބޭނެ

19 ޖޫން 2021

ރާއްޖޭގެ އެންމެ މަޝްހޫރު އެއް ފެޝަން ޑިޒައިނަރު، ރަޒީނާ ތައުފީގުގެ "ޑިޒައިނާ ރަޒީ" ފިހާރައިގެ ބައެއް ލަގްޒަރީ ފޮތިތަކަށް ހާއްސަ ކޮށްފި އެވެ.

އިދުހާމް ނައީމް އިދުހާމް ނައީމް

ރާއްޖޭގެ އެންމެ މަޝްހޫރު އެއް ފެޝަން ޑިޒައިނަރު، ރަޒީނާ ތައުފީގުގެ "ޑިޒައިނާ ރަޒީ" ފިހާރައިގެ ބައެއް ލަގްޒަރީ ފޮތިތަކަށް ހާއްސަ ކޮށްފި އެވެ.

ހެންވޭރު ޝީރާޒް ގޭގައި ދެ ބުރިއަށް ހަދާފައި ހުންނަ މި ފިހާރައިގެ ތިރީ ބުރި ހާއްސަ ކޮށްފައި ވަނީ މި ވަގުތު ރާއްޖޭގައި ލިބެން ހުރި އެންމެ މޮޅު އަދި ފެންވަރު ރަނގަޅު ލަގްޒަރީ މެޓީރިއަލްތަކަށެވެ. އާއްމުކޮށް ރާއްޖެ އިން ނުލިބޭ އެކި ބާވްތަކުގެ ފޮތި ރަޒީގެ ފިހާރަ އިން ލިބެން ހުންނާނެ ކަމަށް ރަޒީނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވިގޮތުގައި، މިއީ އޭނާ އަމިއްލަ އަށް "ހޮވައިގެން" ބޭރުން ގެންނަ ފޮތިތަކެކެވެ. އަދި އެއީ "އެންމެ މޮޅު ކޮލިޓީ" ގެ ފޮތިކަމުގެ ޔަގީން ކަން ވެސް ރަޒީނާ ދެއްވި އެވެ.

"އެކި މުނާސަބަތުތަކަށް ހެދުން ފަހަން ބޭނުންވާ ނަމަ އެންމެ ކޮލިޓީ ރަނގަޅު ފޮތި މިތަނުން ލިބޭނެ،" ރަޒީނާ ވިދާޅުވި އެވެ.

"ގިނަ ފަހަރު ކަސްޓަމަރުން ބޭނުންވަނީ މުޅިން ތަފާތުކޮށް ހެދުން ފަހަން. ތަފާތު މެޓީރިއަލް ބޭނުންކުރަން. އެކަމަކު މާލެ އިން ބޭނުންވާ ފޮތި ލިބެން ނުހުރޭ. އެހެންވެ މި ބާވަތުގެ ފޮތި ވިއްކަން ފެށީ."

ޑިޒައިނާ ރަޒީން ލިބެން ހުންނަ ބަެއް ފޮތި--

ރަޒީނާ ވިދާޅުވީ، އޭނާގެ ފިހާރަ އިން ލިބެން ހުންނަ ބައެއް ފޮތިތަކަކީ އަމިއްލަ އަށް ޑިޒައިން ކޮށްފައިވާ ފޮއްޗެވެ. އެހެންކަމުން މުޅިން އާ ޑިޒައިންތަކުގެ ފޮތި ކުރިމަގުގައި ވެސް އެ ފިހާރަ އިން ލިބޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ޑިޒައިނަރު ރަޒީ ފިހާރަ އިން ފޮތީގެ އިތުރުން ކައިވެނީގެ ހާއްސަ ޕެކޭޖުތަކެއް ވެސް ލިބެން ހުރެ އެވެ. އެގޮތުން، އެ ފިހާރައިގެ މަތީ ފްލޯ ހާއްސަ ކޮށްފައި ވަނީ ކައިވެންޏާ ގުޅޭ އެކި ކަންކަމަށެވެ. މީގެ ތެރޭގައި ކައިވެނީގެ ހެދުމާއި މޭކަޕާއި ފޮޓޯގްރަފީ އަދި ކައިވެނީގެ ޑެކަރޭޝަން ފަދަ ހިދުމަތްތައް އެ ފިހާރަ އިން ލިބޭނެ އެވެ.

ޑިޒައިނާ ރަޒީ ފިހާރަ ހުންނާނީ ހެންވޭރު ޝީރާޒް ގޭގަ އެވެ.