Roadha Mihaaru
އިލާލާ އަށް "ޓީބީވައި"ގެ އާ ސްޓޮކެއް

އިލާލާ އަށް "ޓީބީވައި"ގެ އާ ސްޓޮކެއް

12 ޖޫން 2023

ފިރިހެނުންނަށް ހާއްސަ ބްރޭންޑުތަކުގެ ހެދުން ވިއްކާ ފިހާރަ "އިލާލާ" އިން "ޓީބީވައި" ޖީންސާއި ޖީންސް ޝޯޓްސްގެ ސްޓޮކް އާކޮށްފި އެވެ.

އައިޝަތު ޖަޒްލީ އައިޝަތު ޖަޒްލީ

ފިރިހެނުންނަށް ހާއްސަ ބްރޭންޑުތަކުގެ ހެދުން ވިއްކާ ފިހާރަ "އިލާލާ" އިން "ޓީބީވައި" ޖީންސާއި ޖީންސް ޝޯޓްސްގެ ސްޓޮކް އާކޮށްފި އެވެ.

އެ ފިހާރައިން ބުނިގޮތުގައި "ޓީބީވައި" އަކީ ޒުވާނުންގެ މެދުގައި މަގުބޫލު ބްރޭންޑެއް ކަމުން މި ފަހަރު ވެސް އެ ބްރޭންޑުގެ އެކި ފިޓް ހިމެނޭހެން އެކި ސައިޒުގެ އެކި ކުލައިގެ "ޓީބީވައި" ޖީންސް ވަނީ ގެނެސްފަ އެވެ. "ޓީބީވައި" ސޯޓުގެ ވެސް އެކި ސައިޒުތަކާއި ކުލަ ލިބެން ހުންނާނެ ކަމަށް ބުންޏެވެ.

ޓީބީވައިގެ ޖީންސެއްގެ ފޮޓޮއެއް. -- ފޮޓޯ: އިލާލާ

ޓީބީވައިގެ ޖީންސެއްގެ ފޮޓޮއެއް. -- ފޮޓޯ: އިލާލާ

"އިލާލާ" ފިހާރަ އަކީ ފިރިހެނުންނަށް ހާއްސަ އެކި ފެޝަން ބްރޭންޑުގެ އެކި އައިޓަމްތައް ވިއްކާ ފިހާރައެކެވެ. އެ ފިހާރައިގައި ފިރިހެނުންނަށް ހާއްސަ އޮފިޝަލް އަދި ކެޝުއަލް އެކި ވައްތަރުގެ ގަމީހާއި ފަޓުލޫނު އަދި ޖީންސް ހުރެ އެވެ. ފިރިހެނުންނަށް ހާއްސަ އެކި އެސަސަރީތަކާއި ހުޑީ އާއި ސްވެޓްޕޭންޓްސް އަދި ސޯޓު ވެސް އެ ތަނުން ލިބެ އެވެ.

"ޓީބީވައި"ގެ އިތުރުން "ޒާރާ" "އެޗްއެންޑްއެމް" އަދި "ޓޮޕްމަން" ފަދަ ބްރޭންޑުތަކާއި އެ ފިހާރައިގެ އަމިއްލަ ބްރޭންޑް "ކައުރީ"ގެ އެކި ޑިޒައިންތަކުގެ ގަމީހާއި ޓީޝާޓާއި އެސެސަރީޒް ވެސް ލިބޭނެ އެވެ.