Roadha Mihaaru
ކްލެސިކަށް ޖީ2000 ގެ އާ ކަލެކްޝަންތަކެއް

ކްލެސިކަށް ޖީ2000 ގެ އާ ކަލެކްޝަންތަކެއް

12 ޑިސެމްބަރ 2022

ދުނިޔޭގެ މަޝްހޫރު ފެޝަން ބްރޭންޑް ޖީ2000 ރާއްޖޭގައި އޮތޮރައިޒްޑްކޮށް ވިއްކާ ކްލެސިކް ފިހާރަ އިން އެ ބްރޭންޑުގެ އާ ކަލެކްޝަންތަކެއް ނެރެފި އެވެ.

އައިޝަތު ޖަޒްލީ އައިޝަތު ޖަޒްލީ

ދުނިޔޭގެ މަޝްހޫރު ފެޝަން ބްރޭންޑް ޖީ2000 ރާއްޖޭގައި އޮތޮރައިޒްޑްކޮށް ވިއްކާ ކްލެސިކް ފިހާރަ އިން އެ ބްރޭންޑުގެ އާ ކަލެކްޝަންތަކެއް ނެރެފި އެވެ.

މި ފަހަރު ދިވެހި ބާޒާރަށް ނެރުނީ އަންހެން އަދި ފިރިހެން ކަލެކްޝަންތަކެކެވެ.

ޖީ2000 ބްރޭންޑުގެ ފިރިހެން ކަލެކްޝަންގެ ތެރޭގައި އާ ކުލަތަކުގެ ފަޓުލޫނާއި ގަމީހާއި ޓީޝާޓާއި ޕޯލޯ ނެރުނެވެ. އަލަށް ނެރުނު ފިރިހެން ކަލެކްޝަންގައި ގަމީހާއި ފަޓުލޫނުގެ ސްލިމް އާއި އަލްޓްރާ ސްލިމް އާއި ސްމާޓް އާއި ރެގިއުލާ އަދި ކޮމްފާޓް ފިޓުގެ ވައްތަރުތައް ހިމެނެ އެވެ. ގަމީހުގެ ސްމާޓް ޓީޒް ފިޓް ވެސް ހިމެނެ އެވެ.

ޖީ2000ގެ އަންހެން ކަލެކްޝަނުގައި ހިމެނޭ ބައެއް ހެދުންތައް ހުރި ޕޯސްޓެއްް.

އަންހެނުންނަށް ހާއްސަކޮށް ނެރުނު ޖީ2000 ކަލެކްޝަނުގައި ހިމެނެނީ އެކި ޑިޒައިންތަކުގެ ކެޝުއަލް އަދި ފޯމަލްވެއާގެ ހެދުމާއި ގަމީހާއި ފަޓުލޫނެވެ.

ކްލެސިކަށް ނެރުނު އާ ކަލެކްޝަންތަކަގެ ތެރޭގައި ޑްރައި، ނޮން އަޔަން 100 ޕަސެންޓް ކޮޓްން އަދި ޓެކް ވޯކް މެޓީރިއަލްގެ ހެދުންތައް ހިމެނެ އެވެ.

ކްލެސިކުން ޖީ2000ގެ އިތުރުން ޖިއަޑާނޯގެ ކަލްކްޝަންތައް ވެސް ލިބެން ހުންނާނެ އެވެ. އެއީ އެ ބްރޭންޑުގެ ވެސް އޮތޮރައިޒްޑް ޑިސްޓްރިބިއުޓަރެވެ.

ކްލެސިކުން ދާދި ފަހުން ވަނީ ކަސްޓަމަރުންނަށް ލޯޔަލްޓީ ކާޑެއް ވެސް ތައާރަފު ކޮށްފަ އެވެ.