Roadha Mihaaru
އިލާލާއަށް އެކި ބްރޭންޑުތަކުން އާ ސްޓޮކް

އިލާލާއަށް އެކި ބްރޭންޑުތަކުން އާ ސްޓޮކް

15 ފެބުރުއަރީ 2023

ފިރިހެނުންނަށް ހާއްސަ އެކި ވައްތަރުގެ ހެދުމާއި އެސެސަރީޒް ވިއްކާ "އިލާލާ" ފިހާރައަށް އާ މުދާ ގެނެސްފި އެވެ.

އައިޝަތު ޖަޒްލީ އައިޝަތު ޖަޒްލީ

ފިރިހެނުންނަށް ހާއްސަ އެކި ވައްތަރުގެ ހެދުމާއި އެސެސަރީޒް ވިއްކާ "އިލާލާ" ފިހާރައަށް އާ މުދާ ގެނެސްފި އެވެ.

"އިލާލާ" އިން ބުނި ގޮތުގައި ފިރިހެނުންގެ ކެޝުއަލް ވެއާ އަދި އޮފިޝަލްވެއާގެ އެކި ބްރޭންޑުތަކުގެ ސްޓައިލިޝް ކަލެކްޝަނުގެ އަލަށް ގެނައި ސްޓޮކް އެ ފިހާރައިން މިހާރު ލިބޭނެ އެވެ.

އަލަށް ގެނައި ސްޓޮކުގައި ޓީބީވައި އަަދި ޒާރާގެ އެކި ސައިޒުގެ އެކި ކުލައިގެ ޖިންސު ހިމެނެ އެވެ. މީގެ ތެރޭގައި ޖީ2000ގެ އެކި ކުލަތަކުގެ އޮފީސް ގަމީހާއި އޮފީސް ޓައި އަދި އޮފީސް ބޫޓުގެ އާ ސްޓޮކް ވެސް ހިމެނެ އެވެ. އޭގެ އިތުރުން ބްރޭންޑެޑް ޕްލެއިން އަދި ގްރެފިކް ޓީޝާޓު ވެސް ހިމެނެ އެވެ.

އިލާލާ ފިހާރައިގެ އެތެރެ.

އިލާލާ ފިހާރައިގެ އެތެރެ.

"އިލާލާ" ފިހާރަ އަކީ ފިރިހެނުންނަށް ހާއްސަ އެކި ފެޝަން ބްރޭންޑުގެ އެކި އައިޓަމްތައް ވިއްކާ ފިހާރައެކެވެ. އެ ތަނުގައި ފިރިހެނުންގެ ވޮލެޓާއި ތޮފި އަދި އައިނު ފަދަ އެސެސަރީޒް ހުރެ އެވެ. އޭގެ އިތުރުން އެ ފިހާރައިން ފިރިހެނުންނަށް ހާއްސަކޮށް "ކައުރީ"ގެ ނަމުގައި އާ ބްރޭންޑެއް ވަނީ ތައާރަފް ކޮށްފަ އެވެ.

އެ ބްރޭންޑުގެ ގަމީސް "އިލާލާ"އިން ލިބޭނެ އެވެ.

"އިލާލާ"އިން މި ިދޔަ ނޮވެމްބަރު މަހު "ކައުރީ"ގެ އާ ޑިޒައިންތަކެއް ހިމެނޭ ގަމީސް ވަނީ ތައާރަފްކޮށްފަ އެވެ.

"އިލާލާ"ގެ ސޯޝަލް މީޑިއާ ޕޭޖުތައް މެދުވެރިކޮށް އޮންލައިންކޮށް ވެސް ވިޔަފާރި ކުރެވޭނެ އެވެ. އޮންލައިން ކޮށް ގަންނަ މުދާ ޑެލިވާކޮށްދޭނެ އެވެ.