Roadha Mihaaru
"ކްލެސިކް އޮނާސް" ލޯޔަލްޓީ ކާޑު ތައާރަފުކޮށްފި

"ކްލެސިކް އޮނާސް" ލޯޔަލްޓީ ކާޑު ތައާރަފުކޮށްފި

30 އޮކްޓޯބަރ 2022

މަޝްހޫރު ހެދުން ވިއްކާ ފިހާރަ، ކްލެސިކްއިން ކަސްޓަމަރުންނަށް "ކްލެސިކް އނާސް"ގެ ނަމުގައި ލޯޔަލްޓީ ކާޑެއް ތައާރަފުކޮށްފި އެވެ.

އައިޝަތު ޖަޒްލީ އައިޝަތު ޖަޒްލީ

މަޝްހޫރު ހެދުން ވިއްކާ ފިހާރަ، ކްލެސިކްއިން ކަސްޓަމަރުންނަށް "ކްލެސިކް އނާސް"ގެ ނަމުގައި ލޯޔަލްޓީ ކާޑެއް ތައާރަފުކޮށްފި އެވެ.

އެ ފިހާރައިން ލޯޔަލްޓީ ކާޑު ތައާރަފް ކުރީ އެ ފިހާރާގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގަ އެވެ. އެ ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވީ ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފެވެ.

ކްލެސިކު ފިހާރައިގެ އެތެރެ. އެ ފިހާރައިގައި އަންހެން އަދި ފިރިހެން ހެދުން ހުރޭ. -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

ކްލެސިކު ފިހާރައިގެ އެތެރެ. އެ ފިހާރައިގައި އަންހެން އަދި ފިރިހެން ހެދުން ހުރޭ. -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

ރާއްޖޭގެ ބައެއް ސޯޝަލް މީޑިއާ އިންފުލުއެންސާސް ވެސް ބައިވެރިވި ރަސްމިއްޔާތާ ބެހޭ ގޮތުން ކްލެސިކުން ބުނީ ކާޑު ބޭނުން ކޮށްގެން، ކާޑަށް ލިބިފައި ހުރި ޕޮއިންޓު ރިޑީމްކޮށް، ގަންނަ އައިޓަމްތަކުން ޑިސްކައުންޓު ހޯދޭނެ ކަމަށެވެ. ލޯޔަލްޓީ ކާޑު ލިބޭނީ 100 ޕޮއިންޓު ހަމަވުމުންނެވެ.

އެ ފިހާރައިން ކުރާ ކޮންމެ ވިޔަފަރިއަކުން، ކޮންމެ 30 ރުފިޔާއަކަށް 1 ޕޮއިންޓު ލިބޭނެ އެވެ. ސަތޭކަ ޕޮއިންޓު ހަމަވާނީ 3،000ރ. ގެ ވިޔަފާރި ކޮށްގެންނެވެ. އެ 3،000ރ. އަކީ އެއްފަހަރާ ކުރާ ވިޔަފާރިއަކަށް ވާކަށް ނުޖެހެ އެވެ. ކްލެސިކުން ބުނީ ލޯޔަލްޓީ ކާޑު ތައާރަފުކުރި ނަމަވެސް، އެ ކާޑު ބޭނުންކުރާނީ އަންނަ މަހު 1 އިން ފެށިގެން ކަމަށެވެ.

ކްލެސިކުން ބޭއްވި ރަސްމިއްޔާތުގައި އެ ފިހާރައިގެ މުވައްޒަފުންނަށް އަމާޒުކޮށް ހާއްސަ ސްޓާފް ޑިސްކައުންޓު ޕެކޭޖެއް ވެސް ވަނީ ތައާރަފުކޮށްފަ އެވެ.

ކްލެސިކު ފިހާރައަކީ ދުނިޔޭގެ މަގުބޫލު ޖީ2000 އާއި ޖިއަޑާނޯ ބްރޭންޑުގެ އޮތޮރައިޒްޑް ޑިސްޓްރިބިއުޓަރެވެ. އެ ފިހާރައިން އެ ދެ ބްރޭންޑުގެ އަންހެން އަދި ފިރިހެން އޮފިޝަލް އަދި ކެޝުއަލް ވެއާ ލިބެ އެވެ.