Roadha Mihaaru
ގެއިން ދުން އަރާތީ ބެލިއިރު ތިބީ ބަނގުރާ ކައްކަން

މާލޭގައި ގެއަކުން ދުން އަރާތީ ފުލުހުންނާއި ސިފައިން ގޮސް ބެލިއިރު ބަޔަކު ތިބީ ބަނގުރާ ކައްކަން

13 އޮކްޓޯބަރ 2022

މިއަދު ހެނދުނު މާލޭގައި ގެއަކުން ދުން އަރާތީ ގޮސް ބެލިއިރުގައި ބަޔަކު ތިބީ ބަނގުރާ ކައްކަން ކަމަށް ފުލުހުން ބުނެފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

މިއަދު ހެނދުނު މާލޭގައި ގެއަކުން ދުން އަރާތީ ގޮސް ބެލިއިރުގައި ބަޔަކު ތިބީ ބަނގުރާ ކައްކަން ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުން ބުނީ ހެންވޭރު ރޯޝަނީ މަގުގައި ހުންނަ ގެއަކުން ދުން އަރާ ކަމުގެ ރިޕޯޓެއް ހެނދުނު ލިބުމާ އެކު ސިފައިންނާއި ފުލުހުން އެ ގެއަށް ގޮސް ދޮރުގައި ތެޅުމުން އެއްވެސް މީހަކު ދޮރު ނުހުޅުވި ކަމަށެވެ. އެހެންވެ، ބާރުގެ ބޭނުންކޮށްގެން އެ ގެ އަށް ފުލުހުން ވަނީ ކަމަށް ބުންޏެވެ.

"އެ ގޭތެރެއިން ދުން އަރަމުން ދިޔައީ ބަނގުރާ ކައްކަމުން ދާތީކަން އެނގިފައިވޭ،" ފުލުހުން ބުންޏެވެ.

ބަނގުރާ ކައްކަން ބޭނުންކުރާ ގިނަ އަދަދެއްގެ ސާމާނު ވެސް އެ ގޭތެރެއިން ފެނުނު ކަމަށް ފުލުހުން ބުންޏެވެ.