މާލޭގައި ކެފޭ އުސޫލުން މަސްތުވާތަކެތީގެ ވިޔަފާރިކުރާ ތަނަކުން ދެ މީހަކު ހައްޔަރުކޮށްފި އެވެ.
14 އޮކްޓޯބަރ 2024
މާލޭގައި ކެފޭ އުސޫލުން މަސްތުވާތަކެތީގެ ވިޔަފާރިކުރާ ތަނަކުން ދެ މީހަކު ހައްޔަރުކޮށްފި އެވެ.
ކްރިމިނަލް ކޯޓުން އިއްޔެ ވަނީ އެ ދެ މީހުންގެ ބަންދަށް ހަތް ދުވަސް ދީފަ އެވެ.
އެ މައްސަލާގައި ހައްޔަރުކޮށްފައި ވަނީ މާލެ، މ. ރޫބީ، ހުސެއިން ނިޔާޒް، 35 އާއި މާލެ، ގ. ޕާކަރުހައުސް، އަބްދުﷲ ޖިނާހު، 28 އެވެ.
ކޯޓު އަމުރުގައި ބުނި ގޮތުގައި، އެ ދެ މީހުން ވެސް ހައްޔަރުކުރީ ކެފޭ އުސޫލުން މަސްތުވާތަކެތީގެ ވިޔަފާރިކުރާ ތަނަކުންނެވެ. އެ ތަނުގެ ތެރެއިން މަސްތުވާތަކެތި ފެނިފައިވާ ކަމަށާއި އެ ދެ މީހުންގެ ކުޑަކަމުދާ ތަކެތި ޓެސްޓްކުރުމުން ޕޮޒިޓިވްވެފައިވާ ކަމަށް ވެސް ކޯޓު އަމުރުގައި ބުންޏެވެ.
އެ ދެ މީހުން ހައްޔަރުކުރީ އުސޫލާ އެއްގޮތަށް ކަމަށް ވެސް މި މައްސަލަ ބެއްލެވި ކްރިމިނަލް ކޯޓުގެ ގާޒީ ސޮފްވަތު ހަބީބް ވަނީ ކަނޑައަޅުއްވައިފަ އެވެ.
މާލޭގައި ކެފޭ އުސޫލުން މަސްތުވާތަކެތީގެ ވިޔަފާރިކުރާ ތަންތަން ވަރަށް ގިނައިން ހުރެ އެވެ. އެ މައްސަލަ ހައްލުކުރުމަށްޓަކައި ފުލުހުން ވަނީ މީގެ ކުރިން ރެއިޑް އޮޕަރޭޝަންތައް ވެސް ހިންގައިފަ އެވެ. ފަޅަށް ހުރި ސަރުކާރުގެ ބައެއް އިމާރާތްތަކާ އެކު މާލޭގައި 50 އަށް ވުރެ ގިނަ ޑްރަގު އައްޑާ ހުރި ކަމަށް ވެސް ހޯމްލޭންޑް މިނިސްޓްރީން މިދިޔަ ޖޫން މަހު ބުނެފައިވެ އެވެ.
ބަނގުރަލާއެކު 200،000ރ. ހޯދައިިފި
ކިލޯއެއްގެ މަސްތުވާތަކެއްޗާ އެކު މީހަކު ހައްޔަރުކޮށްފި
ވައިގެ މަގުން ޑްރަގް ގެނައި މީހަކު ހައްޔަރުކޮށްފި
ޑްރަގާއެކު ހައްޔަރުކުރުމުން ބުނީ ބައްޕަގެ އެއްޗެއްކަމަށް
ރަހީނުކޮށްގެން ގެންގުޅުނު ފްލެޓްގައި އަނެއްކާ ރެއިޑެއް!
ދެ ކިލޯ ޑްރަގް ގެނައި އިންޑިއާގެ ދެމަފިރިއަކު ހައްޔަރު
ޑްރަގް އޮޕަރޭޝަނެއްގައި މާލެއިން ފަސް މީހުން ހައްޔަރު
ކެނެބިސް ޓްރެފިކްގެ މައްސަލައަކާ ގުޅިގެން މީހަކު ހޯދަނީ
ގިނަ އަދަދެއްގެ ޑްރަގާއި ރަލާއެކު ބަޔަކު ހައްޔަރު
އިރުފާން ދޫކޮށްލަން ހައި ކޯޓުން މިފަހަރު ތާއީދު!