Roadha Mihaaru

މާލޭގެ ތިން ގެއެއް ބަލައި ފާސްކޮށް، ބަނގުރަލާ އެކު 200،000 އަށް ވުރެ ގިނަ ރުފިޔާ ހޯދައިފި

މާލޭގެ ތިން ގެއަކާއި ސައިކަލެއް ބަލައި ފާސްކޮށް، ގިނަ އަދަދެއްގެ ބަނގުރަލާއެކު 200،000 އަށް ވުރެ ގިނަ ރުފިޔާ ހޯދާފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.

ބަނގުރަލާއެކު 200،000ރ. ހޯދައިިފި
އިފްރާޒް އަލީ
އިފްރާޒް އަލީ

03 މެއި 2022

މާލޭގެ ތިން ގެއަކާއި ސައިކަލެއް ބަލައި ފާސްކޮށް، ގިނަ އަދަދެއްގެ ބަނގުރަލާއެކު 200،000 އަށް ވުރެ ގިނަ ރުފިޔާ ހޯދާފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުން މިއަދު ބުނީ އެ އިދާރާގެ ޑްރަގް އެންފޯސްމަންޓުން މިދިޔަ ހޮނިހިރު ދުވަހު ހިންގި އޮޕަރޭޝަންގައި އެ ތަކެއްޗާ އެކު ތިން މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.

އެ އޮޕަރޭޝަނުގައި ހައްޔަރުކޮށްފައި ވަނީ އުމުރުން 27 އަހަރުގެ ސްރީ ލަންކާގެ ފިރިހެނަކާއި 31 އަހަރުގެ ސްރީ ލަންކާގެ ފިރިހެނެއް އަދި 29 އަހަރުގެ ބަންގުލަދޭޝް ފިރިހެނެކެވެ.

އެ ތިން މީހުން ވެސް ހައްޔަރުކުރީ މާލެ އަށް ގަވާއިދާ ހިލާފަށް ބަނގުރާ އެތެރެކޮށް، ބަނގުރާ ބޭނުންކޮށް އެ ތަކެތީގެ ވަގު ވިޔަފާރި ފުޅާ ދާއިރާއެއްގައި ކުރާ ކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމަތަކާ ގުޅިގެން، ފުލުހުންގެ ކައުންޓަ ނާކޮޓިކްސް އިންޓެލިޖަންސް ޑިޕާޓްމަންޓާއި ޑްރަގް އެންފޯސްމަންޓް ގުޅިގެން ހިންގި ހާއްސަ އޮޕަރޭޝަނެއްގައި ކަމަށް ބުންޏެވެ.

އެ މީހުންގެ އަތުން ފެނުނީ:

- 79 ބަނގުރާ ފުޅި.

- 245،000 އަށް ވުރެ ގިނަ ރުފިޔާ.

- 14،500 އަށް ވުރެ ގިނަ ޑޮލަރު.

- 50 ޔޫރޯ.

އެ ތިން މީހުން 15 ދުވަހުގެ މުއްދަތަށް ބަންދުގައި ބައިތިއްބައިގެން ތަހުގީގު ކުރިއަށް ގެންދަން ކްރިމިނަލް ކޯޓުން ހުއްދަ ދީފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުންގެ ޑްރަގް އެންފޯސްމަންޓުން މި ފަހުން މާލޭގައި ހިންގި އޮޕަރޭޝަންތަކުގައި ގިނަ އަދަދެއްގެ މަސްތުވާތަކެތި ހޯދާފައިވެ އެވެ.