29 ސެޕްޓެމްބަރ 2022
ގދ. މަޑަވެލީގެ ދޯންޏަކުން އިއްޔެ 57 ޓަނުގެ މަސް މިފްކޯ އަށް ކިރުވައި، އެއް ދުވަހެއްގައި އެންމެ ގިނައިން މަސް ކިރުވި ކަމުގެ ރެކޯޑެއް ހަދައިފި ކަމަށް އެ ކުންފުނިން ބުނެފި އެވެ.
ގދ. މަޑަވެލީގެ ދޯންޏަކުން އިއްޔެ 57 ޓަނުގެ މަސް މިފްކޯ އަށް ކިރުވައި، އެއް ދުވަހެއްގައި އެންމެ ގިނައިން މަސް ކިރުވި ކަމުގެ ރެކޯޑެއް ހަދައިފި ކަމަށް އެ ކުންފުނިން ބުނެފި އެވެ.
މިފްކޯގެ މެނޭޖިން ޑިރެކްޓަރު އިސްމާއިލް ފައުޒީ ރޭ ފަތިހު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، މަޑަވެލީގެ "ޓީއެސް ލައިން" ދޯނިން 57.152 ޓަނުގެ މަސް ކޫއްޑު އަށް ކިރުވައި އެއް ދުވަހެއްގައި ދޮށީގެ މަސްވެރިކަމުގެ ރެކޯޑެއް ހަދާފައިވާ ކަމަށެވެ.
އޭނާ ފާހަގަކުރެއްވި ގޮތުގައި، އެއްފަހަރާ 80 ޓަނުގެ މަސް ރައްކާކުރެވޭ އެ ދޯނިން މިހާ ގިނަ އަދަދެއްގެ މަސް ކިރުވީ ދެކުނުގެ މޫސުން އެންމެ ރަނގަޅު ނޫން ދުވަސްވަރެއްގަ އެވެ.
"...އަދި މި ދޯނިން ކިރުވި މަަށް ލިބުނު އާމްދަނީއަކީ 971،584 ރުފިޔާ. ދޯނީގެ ފަޅުވެރިންނާއި ކެޔޮޅު ކުރެއްވި ހިތްވަރަށް އައްސަރިބަހާއި ސާބަސް ދަންނަވަން،" އިސްމާއިލް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ "ޓީއެސް ލައިން" އަކީ އެންމެ ގިނަ އަދަދަކަށް މިފްކޯ އަށް މިދިޔަ އަހަރު މަސްކިރުވި ދޯނި ވެސް ކަމަށެވެ. އެއީ 1095.805 ޓަނުގެ މަސް ކަމަށް އިސްމާއިލް ވިދާޅުވި އެވެ.
ކޫއްޑު އަށް އެއް ދުވަހެއްގައި އެންމެ ގިނަ އަދަދަކަށް މަސް ކިރުވި ކަމުގެ ރެކޯޑެއް ހެދި ނަމަވެސް ކެޕޭސިޓީ ނެތުމުގެ ސަބަބުން ސަރުކާރުގެ މަސް ކުންފުންޏަށް މަސް ނުކިރުވޭ މައްސަލަ އަށް ހައްލެއް ނުލިބެ އެވެ. މި ސަރުކާރުގެ މިދިޔަ ހަތަރު އަހަރެއްހާ ދުވަހު ވެސް އެ ކަމަށް އަދި ބަދަލެއް ނުގެނެވުނެވެ.
ދެކުނުގައި މަސް ގަންނަ ހަތަރު ބޯޓެއް ފެލިވަރަށް
ކޫއްޑޫ މަސް ފެކްޓަރީގެ އޮޕަރޭޝަންތައް އަލުން ފަށައިފި
މިފްކޯއިން މަސް ގަންނަ އަގު 25ރ. އަށް ބޮޑުކޮށްފި
އާ މަސް ބޯޓަށް ދިމާވި މައްސަލަ ހައްލުކޮށްފި
މިފްކޯގެ އާ ބޯޓުން މަސްކިރަން ފަށައިފި
ދޮށީގެ މަސްވެރިކަމުގެ އާ ރެކޯޑެއް، އެއް ދުވަހުން މިލިއަނެއްހާ ރުފިޔާ
އައިސްޕްލާންޓުތައް ދޫކޮށްލުމުން މިފްކޯއަށް ވާނީ ރަނގަޅު
ކޫއްޑޫގައި މަސްވެރިން ހަޅުތާލުކުރަނީ، މަހެއް ނުކިރާ!
މަސް ގަންނަން 2.4 ބިލިއަން ރުފިޔާ މިފްކޯއިން ހޭދަކޮށްފި
މަސްވެރިންނަށް ޑީސަލް ވިއްކާ އަގު ހެޔޮކޮށްފި