19 ސެޕްޓެމްބަރ 2022
ގިނަ އަދަދެއްގެ ކައިވެނި ހަފްލާތަކާއި އެހެނިހެން ވެސް ހަފްލާތައް ބާއްވާ، ލޮނުޒިޔާރާތް ޕާކު ކުއްޔަށް ދޫކުރާ އަގު ހެޔޮކޮށް އެ ޕާކު ބެލެހެއްޓުމާ ގުޅޭ އުސޫލެއް މާލޭ ސިޓީ ކައުންސިލުން އާންމުކޮށްފި އެވެ.
ގިނަ އަދަދެއްގެ ކައިވެނި ހަފްލާތަކާއި އެހެނިހެން ވެސް ހަފްލާތައް ބާއްވާ، ލޮނުޒިޔާރާތް ޕާކު ކުއްޔަށް ދޫކުރާ އަގު ހެޔޮކޮށް އެ ޕާކު ބެލެހެއްޓުމާ ގުޅޭ އުސޫލެއް މާލޭ ސިޓީ ކައުންސިލުން އާންމުކޮށްފި އެވެ.
އެ ކައުންސިލުން އިއްޔެ އާންމު ކުރި އުސޫލުގައި ވަނީ އެ ތަން ބަލަހައްޓާނެ ގޮތާއި ކުއްޔަށް ދޫކުރާނެ ގޮތް ވަރަށް ތަފްސީލުކޮށް ބަޔާން ކޮށްފަ އެވެ.
މީގެ ކުރިން ލޮނުޒިޔާރަތް ޕާކު އާންމުކޮށް ދޫކުރީ އެއްގަޑިއިރާއި އަށް ގަޑިއިރަށް، ކޮންމެ ގަޑިއިރަކަށް ވަކި އަދަދެއް ނަގާ ގޮތަށެވެ. އެ އަގުތަކަށް ބަދަލު އަންނަނީ 12 ގަޑިއިރަށާއި 24 ގަޑިއިރަށް ކުއްޔަށް ހިފާ ނަމަ އެވެ. ބާރަ ގަޑިއިރަށް ހިފާނަމަ 10 ޕަސެންޓް އަދި 24 ގަޑިއިރަށް ހިފާ ނަމަ 20 ޕަސެންޓްގެ ޑިސްކައުންޓް ލިބޭނެ އެވެ.
ލޮނުޒިޔާރާތް ޕާކުގެ ޖުމުލަ ނުވަ ސަރަހައްދެއް ކުއްޔަށް ދޫކުރާނެ އަގު ވަނީ ސިޓީ ކައުންސިލްގެ އުސޫލުގައި ބަޔާން ކޮށްފަ އެވެ. އެ ނުވަ ތަނަކީ؛
1. ވަރުނުލާ ރާޅު ސަރަހައްދު 12 ގަޑިއިރަށް 3000ރ. އަށް
2. ހޭޅި 1 ސަރަހައްދު 12 ގަޑިއިރަށް 6000ރ. އަށް
3. ހޭޅި 2 ސަރަހައްދު 12 ގަޑިއިރަށް 7000ރ. އަށް
4. އުސް ބަގީޗާ ސަރަހައްދު 12 ގަޑިއިރަށް 7000ރ. އަށް
5. މެދު ބަގީޗާ ސަރަހައްދު 12 ގަޑިއިރަށް 7000ރ. އަށް
6. މާމެލާމެލި ސަރަހައްދު 24 ގަޑިއިރަށް 10،000ރ. އަށް
7. ފާލަން އައްސޭރި ސަރަހައްދު 12 ގަޑިއިރަށް 5000ރ. އަށް
8.ކަސްރަތު ފެހި ސަރަހައްދު 12 ގަޑިއިރަށް 15،000ރ. އަށް
9. ފެނާރު މައިޒާން ސަރަހައްދު 12 ގަޑިއިރަށް 3000ރ. އަށް
މުޅި ލޮނުޒިޔާރާތް ޕާކު 24 ގަޑިއިރަށް ކުއްޔަށް ދޫކުރަން ނިންމާފައިވަނީ 50،000ރ. އަށެވެ. އަދި ސިޔާސީ އެއްވެސް ބޭނުމަކަށް ޕާކު ކުއްޔަށް ދޫނުކުރެވޭނެ ކަމަށް ވެސް އުސޫލުގައި ބުނެފައި ވެ އެވެ.
ޕާކު ކުއްޔަށް ހިފަން ހުށަހަޅާން ޖެހެނީ އެ ކަމަށް ހާއްސަ ކޮށްފައިވާ ފޯމެއް މެދުވެރިކޮށެވެ. އެ ފޯމު ކުއްޔަށް ހިފަން ބޭނުންވާ ތާރީހުގެ 10-90 ދުވަހުގެ ތެރޭގައި ހުށަހަޅަން ޖެހޭނެ އެވެ. އަދި ކުއްޔަށްވާ ފައިސާ ދައްކަން އަންގާތާ ތިން ދުވަހުގެ ތެރޭގައި ދައްކަން ޖެހޭނެ އެވެ. އެ ފައިސާ ނުދައްކައިފިނަމަ އެ ބުކިން ކެންސަލްކޮށް އެހެން ފަރާތަކަށް ކުއްޔަށް ދިނުމުގެ ބާރު ކައުންސިލަށް ލިބޭނެ އެވެ.
ލޮނުޒިޔާރަތްކޮޅު ސަރަހައްދު ޕާކުގައި ކެފޭއެއް ނުހަދާ
މާލޭގެ ޕާކްތަކަށް ވަންނަ ބިދޭސީންގެ އަތުން ފީއެއް
ލޮނުޒިޔާރަތް ޕާކު މަރާމާތުކޮށްދޭނެ ބަޔަކު ހޯދަނީ
ލޮނުޒިޔާރަތްޕާކުގެ ވިނަގަނޑު މައްޗަށް ދޮންވެލި އަޅައިފި
މާލޭގެ އާ ޕާކަށް ވަންނަ މީހުންގެ ދަބަސް ޗެކު ކުރަނީ
މާލެ ހިތްފަސޭހަ ތަނަކަށް ހެދޭނެ: ރައީސް
ހިތްގައިމު ލޮނުޒިޔާރަތް ޕާކު ހުޅުވައިފި
ތުހުމަތަކީ މެޔަށް އަމާޒުކޮށްފައިވާ އެއް ހަމަލަ: ޝިފާ
ލޮނުޒިޔާރަތްކޮޅު ބަގީޗާ ހުޅުވޭނެ ދުވަހެއް ނޭނގެ!
އުޅެނީ އަގުވައްޓާލަން، ކޮރަޕްޝަނެއް ނުހިންގަން: ޝިފާ