01 އޮކްޓޯބަރ 2020
މަގާމުގެ ޒިންމާ އަދާކުރައްވަމުން ގެންދަވަނީ ވާދަވެރިންނާއި ހަސަދަވެރިންގެ ދުއްތުރާތަކާއި ސިލްސިލާ ހަމާލަތަކާ އެކުގައި ކަމަށާއި ލޮނުޒިޔާރަތްކޮޅު ޕާކާ ގުޅުވައި ކޮށްފައިވާ ކޮރަޕްޝަންގެ ތުހުމަތަކީ މެޔަށް އަމާޒުކޮށްފައިވާ އެއް ހަމަލަ ކަމަށް މާލޭގެ މޭޔަރު ޝިފާ މުހައްމަދު މިއަދު ވިދާޅުވެއްޖެ އެވެ.
މަގާމުގެ ޒިންމާ އަދާކުރައްވަމުން ގެންދަވަނީ ވާދަވެރިންނާއި ހަސަދަވެރިންގެ ދުއްތުރާތަކާއި ސިލްސިލާ ހަމާލަތަކާ އެކުގައި ކަމަށާއި ލޮނުޒިޔާރަތްކޮޅު ޕާކާ ގުޅުވައި ކޮށްފައިވާ ކޮރަޕްޝަންގެ ތުހުމަތަކީ މެޔަށް އަމާޒުކޮށްފައިވާ އެއް ހަމަލަ ކަމަށް މާލޭގެ މޭޔަރު ޝިފާ މުހައްމަދު މިއަދު ވިދާޅުވެއްޖެ އެވެ.
މާލޭގެ ލޮނުޒިޔާރަތްކޮޅުގައި ސިޓީ ކައުންސިލުން ޕާކު ތަރައްގީ ކުރުމުގައި ކޮރަޕްޝަންގެ އަމަލެއް ހިންގާފައިވާ ކަމުގެ ތުހުމަތާ އެކު އޭސީސީން ވަނީ ޝިފާ އަށް ދައުވާކޮށްދޭން އެދި ޕީޖީ އޮފީހަށް ފޮނުވައިފަ އެވެ.
ޕާކުގައި ދެ ފާހަނާ ބަރި އާއި ތިން ހަޓާއި ތިން އެންޓްރަންސް ކެނޮފީ އާއި ލައިފްގާޑް ޓަވަރެއް މަރާމާތުކުރުމާއި ގާޑަން ބްރިޖެއް ހަދައި އިންސްޓޯލްކުރުމުގެ މަސައްކަތުގެ ތެރެއިން ދެ ފާހަނާބަރި އަމިން ކޮންސްޓްރަކްޝަން ދޭން ނިންމާފައި ވަނީ ލިޔެކިޔުމެއްނެތި ދެފުށް ފެންނަ އުސޫލަކުން ނޫން ކަމަށް އޭސީސީން ބުންޏެވެ. އެ ކޮމިޝަނުން ބުނެފައިވާ ގޮތުގައި އެއީ، އިއުލާނު ކޮށްގެން، ވާދަވެރި ބީލަމެއްގެ ތެރެއިން ހަވާލުކުރެވެން އޮތް މަސައްކަތެކެވެ.
އެ މަސައްކަތް އަމީންއާ ހަވާލުކުރީ، ތިން ފަރާތެއްގެ ކޯޓޭޝަން ހަމަކޮށް، ސިޓީ ކައުންސިލްގެ ބިޑް ކޮމިޓީ އަށް ހުށަހެޅިއަސް އެ ކޮމިޓީއަށާއި ކައުންސިލްގެ މެމްބަރުންނަށް އެންގުމެއް ނެތި ކަމަށް ވެސް އޭސީސީން ވަނީ ބުނެފަ އެވެ. މިގޮތަށް ދިޔަ ކަމެއްގައި މަސައްކަތް ފެށުމުގެ ހުއްދަ ދިނީ ޝިފާ ކަމަށާއި އެއީ މައްސަލައެއްގެ ގޮތުގައި އޭސީސީން ވަނީ ތަހުގީގު ރިޕޯޓުގައި ފާހަގަކޮށްފަ އެވެ.
މި ތުހުމަތަށް ރައްދު ދެއްވައި، މީގެ ކުރިން އެޑިއުކޭޝަން މިނިސްޓަރު ކަން ވެސް ކުރެއްވި ޝިފާ ނެރުއްވި ބަޔާނުގައި ވިދާޅުވީ އެއްވެސް އިރެއްގައި ކޮރަޕްޝަންގެ އަމަލެއް ހިންގާފައި ނުވާނެ ކަމުގެ ޔަގީންކަން އަރުވާ ކަމަށެވެ. މޭޔަރުގެ ޒިންމާގައި ވެސް އޭނާ އަކީ ރައްޔިތުންގެ ޓެކްސް ފައިސާ ނުވަތަ މުދަލާ މެދު ކޮރަޕްޝަން ހިންގި މީހެއް ނޫން ކަމަށާއި އޭނާ ދަންނަ މާލޭގެ ގިނަ ރައްޔިތުންނަށް އެކަން ސާފުވާނެ ކަމަށް ވިދާޅުވި އެވެ.
ޝިފާ ތުހުމަތު ކުރެއްވި ގޮތުގައި، އޭނާގެ މައްޗަށް ކުރާ ކޮރަޕްޝަންގެ ތުހުމަތުގެ ފަހަތުގައި ތިބީ ވާދަވެރިންނެވެ. އެހެންވިޔަސް ތަހުގީގަށް އެއްބާރުލުން ދެއްވައި މައުސޫމްކަން ސާބިތުކޮށްދެއްވާނެ ކަމަށް ވިދާޅުވި އެވެ.
"މައްސަލައިގެ ހުރިހާ މަރުހަލާއެއްގައި ވެސް އަޅުގަނޑުގެ މައުސޫމްކަން ސާބިތުކޮށްދެވޭނެ ކަމުގެ ޔަގީންކަން، ﷲގެ އިރާދަފުޅުން އެބައޮތެވެ،" ޝިފާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި، ޕާކު މަޝްރޫއު އަކީ ރައީސް އޮފީހާއި ޕްލޭނިން މިނިސްޓްރީ އާއި ކައުންސިލް ގުޅިގެން ވަރަށް ޚާއްސަ އިސްކަމަކާ އެކު ރައްޔިތުންނަށް ކޮށްދޭ ކަމެކެވެ. ކައުންސިލާއި މޭޔަރެއްގެ ހައިސިއްޔަތުން އޭނާ ވެސް މަސައްކަތް ކުރެއްވީ ކުރު މުއްދަތަކުން ނަތީޖާ ނެރެދެއްވަން ކަމަށާއި އެކަމަކު އެކަން ވިޔަ ނުދޭން ބަޔަކު ހުރަސް އެޅި ކަމުގެ ތުހުމަތު ޝިފާ ކުރެއްވި އެވެ.
"ބޭނުމަކީ ކައުންސިލަށް ކަމެއް ނުވާ ކަން ދެއްކުމެވެ. އަދި މޭޔަރަކީ ވެސް ކަމެއްވާ މީހެއް ނޫން ކަން ދެއްކުމެވެ. އެކަން ކާމިޔާބު ނުވުމުން މިހާރު އެ ފަރާތްތަކުން އުޅެނީ އަޅުގަނޑުގެ ގައިގައި ކޮރަޕްޝަންގެ ލައްގަނޑު ޖައްސާށެވެ،" އޭނާ ވިދާޅުވި އެވެ.
ޝިފާގެ ބަޔާނުގައި، ސިޔާސީ މަސައްކަތުގައި އޭނާ އަށް ކުރިމަތިވެވަޑައިގެންނެވި ދުއްތުރާތައް ވިދާޅުވެދެއްވާފައިވެ އެވެ. ވަށައިގެން ފިރިހެނުން ގިނަ މާހައުލެއްގައި، އެކަނި އުޅޭ އަންހެން ވެރިއެއްގެ ހައިސިއްޔަތުން މަސައްކަތް ކުރުން އޭނާ ސިފަކުރެއްވީ "ކަށި ކުނބުރު ޖަންގައްޔެއް"ގެ ގޮތުގަ އެވެ.
"ވާދަވެރިންނާއި ހަސަދަވެރިންގެ ފަރާތުން ކުރިމަތިވާ އުނދަގުލާއި ދުއްތުރާތަކާ ކުރިމަތިލާން ޖެހެނީ އެކަންޏެވެ. ދެން ތިބީންނަށް ވެސް ގިނަ ފަހަރު ތިބެވެނީ ހަނެވެ. ނަމަވެސް އަޅުގަނޑުގެ ސިޔާސީ ހަޔާތުގައި މިހާ ހިސާބަށް ވެސް މިއައީ ހިތްވަރާއި އަޒުމާ އެކު ލޭކޮށިވިގެންނެވެ. އަދިވެސް އެ ހިތްވަރު އެބަހުއްޓެވެ،" ޝިފާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި އަމާޒުކުރި ހަމަލާތަކުގައި މަގާމުން ދުރުކުރަން ގިނަ ބަޔަކު މަސައްކަތްތަކެއް ވަނީ ކޮށްފަ އެވެ. އެ ފަރާތްތަކުގެ ފިސްތޯލަ އޭނާގެ މެޔަށް އަމާޒުވެފައި ވަނީ ހާސިލްކުރަން އުޅޭ ކަންކަމުގެ ހުރަހަކަށް ވެފައިވާތީ ކަމަށް ވެސް ޝިފާ ވިދާޅުވި އެވެ.
"އަޅުގަނޑުގެ ގަޔަށް ވަޒަން އެރިޔަސް އަޅުގަނޑުގެ އުއްމީދަކީ މާލޭ ސިޓީ ކައުންސިލުން މިހާރު ކުރަމުން އަންނަ މަސައްކަތްތައް، އަދި މި ކައުންސިލާ މަތިވެފައިވާ އަމާނާތައްތައް ތެދުވެރިކަމާއި އަމާނާތްތެރިކަމާ އެކު އަންނަ އޮތް ކައުންސިލާ ހަވާލުކުރުމެވެ،" ޝިފާ ވިދާޅުވި އެވެ.
ޝިފާ ވިދާޅުވީ ވާދަވެރިންގެ ހަސަދަ ފިލުވުމުގައި ދައުލަތުގެ މުހިއްމު މުއައްސަސާތަކާއި ޖިނާއީ އަދުލުގެ ނިޒާމް ހަތިޔާރަކަށް ބޭނުން ކުރުމަކީ ސިޔާސީ މަސްރަހުން ފެންނަން އޮތް ނުބައި އާދައެއް ކަމަށެވެ. މީގެ ދެތިން އަހަރު ކުރިން ހިނގާފައިވާ ހާދިސާތަކުން ވެސް އެކަން ސާފުވާނެ ކަމަށް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި މި ސަރުކާރާއި މަޖިލީހުން ފަށާފައިވާ އިސްލާހީ އެޖެންޑާގައި މުއައްސަސާތަކަށް ހެޔޮބަދަލު އަންނަމުން އެބަދެ އެވެ. ތަހުގީގީ އިދާރާތަކުން ވެސް މިހާރު މަސަައްކަތް ކުރަނީ ވަކި ފަރާތަކަށް ތުހުމަތު އަމާޒުކުރުމަށް ވުރެން ކަމުގެ ހަގީގަތް ހޯދަން ކަމަށް ދެކެވަޑައިގަންނަނަވާ ކަމަށް ވިދާޅުވި އެވެ. ބަދަލު ނުވާ ސަގާފަތާއި އާދަކާދަތައް އަދިވެސް ހުރުމުން، މިފަދަ އެހެން މައްސަލަތައް ވެސް ހިނގައިފާނެ ކަމަށާއި އެއީ ނުފޫޒު ގަދަ ވާދަވެރިން މުއައްސަސާތަކަށް ހަގީގަތް އޮޅުވާލަމުންދާތީ ކަމަށް ޝިފާ ވިދާޅުވި އެވެ.
ޝިފާ ވިދާޅުވި ގޮތުގައި ތެދުވެރިކަމާ އެކު އަބަދުވެސް ރައްޔިތުންގެ ޚިދުމަތުގައި ދެމިހުންނަވާނެ އެވެ. ރައްޔިތުންނަށް ޚިދުމަތްކޮށްދޭން ލިބިފައިވާ ފުރުސަތު ބޭކާރު ނުކުރައްވާނެ ކަމުގެ ޔަގީންކަން ވެސް ދެއްވި އެވެ.
ޝިފާއަށް ރިޝްވަތެއް ހުށައެއްނާޅާ، އެއީ ލިޔާ ވާހަކައެއް
އަމީނީމަގުގެ މައްސަލައިގެ ތަހުގީގު ކުރިއަށްދޭ: އޭސީސީ
މުއިއްޒު މިއަދު އޭސީސީ އަށް ހާޒިރުވާން އަންގައިފި
ޕާކިން ސްލޮޓް ދޫކުރި ގޮތުގެ މައްސަލަ އޭސީސީ އަށް
ދައުވާކުރަން ޖެހޭވަރުގެ ކަމެއް ނުކުރަން: މުއިއްޒު
ގަވައިދު އާންމުކުރުން ފަސްވުމުން ޝުޖާއު ސަލާމަތްވެއްޖެ
ޕާކުގެ މައްސަލައިގައި ޝިފާއަށް ކޮރަޕްޝަންގެ ދައުވާ
ކުރީގެ ޑެޕިއުޓީ މޭޔަރު ޝުޖާއުއަށް ދައުވާކޮށްފި
ކުރީގެ ޑެޕިއުޓީ މޭޔަރު ޝުޖާއުއަށް ދައުވާކުރަން ޕީޖީއަށް
އޭސީސީން މާލޭ ސިޓީ ކައުންސިލް އިދާރާ އަށް ވަދެއްޖެ