01 ސެޕްޓެމްބަރ 2022
އަމީނީ މަގު ހެދުމުގެ މަޝްރޫއު، ސަރުކާރުން އާރުޑީސީއާ ހަވާލުކުރުމުގައި ކޮރަޕްޝަން އެކުލެވޭ ކަމަށް ތުހުމަތުކޮށް، މާލޭ ސިޓީ ކައުންސިލުން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހުށަހަޅާފައިވާ މައްސަލައިގެ ތަހުގީގު ކުރިއަށް ދާ ކަމަށް އެ ކޮމިޝަނުން މިއަދު ބުނެފި އެވެ.
އަމީނީ މަގު ހެދުމުގެ މަޝްރޫއު، ސަރުކާރުން އާރުޑީސީއާ ހަވާލުކުރުމުގައި ކޮރަޕްޝަން އެކުލެވޭ ކަމަށް ތުހުމަތުކޮށް، މާލޭ ސިޓީ ކައުންސިލުން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހުށަހަޅާފައިވާ މައްސަލައިގެ ތަހުގީގު ކުރިއަށް ދާ ކަމަށް އެ ކޮމިޝަނުން މިއަދު ބުނެފި އެވެ.
ސީނިއާ ކޮމިއުނިކޭޝަން އޮފިސަރު، ނިޝާން މުހައްމަދު ދީދީ "މިހާރު" އަށް ވިދާޅުވީ އެ މައްސަލައިގެ ތަހުގީގު ފަށައިގެން މިހާރު ކުރިއަށް ގެންދާ ކަމަށެވެ. އިތުރު ތަފުސީލެއް ނުދެއްވަ އެވެ.
"އެއީ އަދި މި ވަގުތަށް ދެވެން އޮތް މައުލޫމާތު،" އޭނާ ވިދާޅުވި އެވެ.
މިދިޔަ ޖޫން މަހު އޭސީސީ އަށް ހުށަހެޅި އެ މައްސަލަ ތަހުގީގު ކުރަމުން އަންނައިރު، އަމީނީ މަގުގައި ތާރުއަޅައި، އެ މަގު ޒަމާނީ ފެންވަރަށް ހެދުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް މިދިޔަ އަންގާރަ ދުވަހު ވަނީ ފަށައިފަ އެވެ.
އެ މައްސަލަ އޭސީސީ އަށް ހުށަހެޅި މާލޭ ސިޓީ ކައުންސިލްގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު އަންގާރަ ދުވަހު ވިދާޅުވީ، ހިޔާލު ތަފާތުވުންތަކެއް ހުއްޓަސް، އަމީނީ މަގު ހެދުމުގެ މަޝްރޫއު ކުރިއަށް ގެންދިއުމަށް އެ ކައުންސިލުން ސަރުކާރާއި އާރްޑީސީ އަށް ފުރިހަމަ އެއްބާރުލުން ދެއްވާނެ ކަމަށެވެ. އެ މަގުގެ އަމަލީ މަސައްކަތް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ވެސް މޭޔަރު ބައިވެރިވެވަޑައިގަތެވެ.
އަމީނީ މަގު ހަދަން ޕްލޭނިން މިނިސްޓްރީން، އާރްޑީސީއާ ހަވާލުކުރުމަށް މާލޭ ސިޓީ ކައުންސިލުން އޭރު ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިޔެވެ. އެ ކައުންސިލުން ބުނީ އެއީ މާލޭގެ މަގުތައް ހެދުމަށް އެ ކައުންސިލުން ފަށާފައިވާ ޕްރޮޖެކްޓުގެ ދަށުން އާރްޑީސީއާ ކުރިން ވެސް ހަވާލުކޮށްފައި އޮތް މަސައްކަތެއް ކަމަށެވެ. އެ މަސައްކަތް ހުއްޓުނީ ސަރުކާރުން ބަޖެޓު ނުދީގެން ކަމަށް ވެސް ބުންޏެވެ.
އަމީނީ މަގުގައި ތާރުއެޅުމަށް ޕްލޭނިން މިނިސްޓްރީން އާރްޑީސީއާ ހަވާލުކުރީ މިދިޔަ ޖޫން މަހުގެ ތިނެއްގަ އެވެ. އެ މަސައްކަތް ހަވާލުކުރީ 10 މަސް (210 ދުވަސް) ތެރޭގައި ނިންމަން ޖެހޭ ގޮތަށް 84 މިލިއަން ރުފިޔާ އަށެވެ. އެ މަސައްކަތް ނިންމަން މިހާރު ބާކީ އޮތީ ހަތް މަސް ދުވަހެވެ.
އަމީނީމަގުގެ މަޝްރޫއުއަށް އެއްބާރުލުން ދޭނަން: މުއިއްޒު
ތާރުއަޅައިގެން އަމީނީމަގު ހެދުމުގެ މަސައްކަތް ފަށައިފި
އާރުޑީސީ ހިޔާނާތް: އެކެއްގެ އެކައުންޓަށް 11މިލިއަން
ފްލެޓް ލިބުނު 60 ޕަސެންޓް މީހުން ޝަރުތު ހަމަނުވޭ
4000 ފްލެޓު ބަހާލަން އުޅޭ ކަމަށް ބުނެ އޭސީސީ އަށް
ޣިޔާސުއްދީނާ ހަމައަށް ތާރު އަޅައި ނިންމަނީ
ގަސްތައް ކަނޑާތީ އަނެއްކާވެސް މޭޔަރުގެ ކަންބޮޑުވުން!
އަމީނީ މަގުގައި ތާރު އެޅި ސަރަހައްދު ހުޅުވާލައިފި
ތިންދުވަސް ތެރޭ ސްޓެލްކޯއާ ހިސާބަށް ތާރު އަޅަނީ
އަމީނީ މަގުގައި ތާރު އަޅަން އެމްޓީސީސީއާ ހަވާލުކޮށްފި