06 މާޗް 2023
އަމީނީ މަގުގައި އެމްޓީސީސީން ތާރު އަޅާފައިވާ ސަރަހައްދުން މިއަދުން ފެށިގެން އާންމުކޮށް ހުޅުވާލައިފި އެވެ.
އަމީނީ މަގުގައި އެމްޓީސީސީން ތާރު އަޅާފައިވާ ސަރަހައްދުން މިއަދުން ފެށިގެން އާންމުކޮށް ހުޅުވާލައިފި އެވެ.
އެ މަގުގައި މިހާރު ތާރު އަޅާފައިވަނީ އަމީނީ މަގުން ބްރިޖު ފެށޭ ހިސާބުން ސްޓެލްކޯގެ އިމާރާތާ ހަމައަށެވެ. ނަމަވެސް ސަރުކާރުން މަސައްކަތް ކުރަނީ ކުރިއަށް އޮތް ރޯދަމަސް ފެށުމުގެ ކުރިން އިމާދުއްދީން ސްކޫލާ ހަމައަށް ތާރު އެޅުމަށެވެ.
ކަލަންޑަރުގައިވާ ގޮތުން މި އަހަރުގެ ރޯދަމަސް ފެށޭނީ މި މަހުގެ 23 އިގަ އެވެ.
ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އިން ބުނީ، ތާރު އެޅި ސަރަހައްދު އާންމުކޮށް ހުޅުވައިލި ނަމަވެސް ފިނިޝިންގެ ބައެއް ކަންކަމާއި ސްޓޯމް ވޯޓާ ސިސްޓަމް ގާއިމް ކުރުމުގެ މަސައްކަތް ކުރާތީ މޫނިމާ ހިނގުން ބަންދު ކޮށްފައިވާ ކަމަށެވެ.
ތާރު އެޅި ސަރަހައްދުގައި މިހާރު ވަނީ ޓްރެފިކް ލައިންތައް ކުރަހައިފަ އެވެ.
އަމީނީމަގުގެ ސެގްމަންޓް 1،2،3 ގައި ތާރު އަޅާފައިވާ ސަރަހައްދު މިހާރުވަނީ އާއްމުންނަށް ހުޅުވާލެވިފައި. މި ސަރަހައްދު އާންމުކޮށް ހުޅުވާލިނަމަވެސް ފިނިޝިންގ ގެ ބައެއް މަސައްކަތްތައް ކުރިއަށްދާނެ. އަދި ސްޓޯރމް ވޯޓަރ ސިސްޓަމް ޤާއިމު ކުރުމަށް މޫނިމާ ހިނގުން ވަނީ ބަންދު ކުރެވިފައި. pic.twitter.com/dm208wTIwy
— Road Development Corporation Ltd (@rdcmaldives) March 5, 2023
އަމީނީ މަގު ޒަމާނީ ފެންވަރަކަށް ތަރައްގީކޮށް، ތާރު އެޅުމުގެ މަސައްކަތް ފުރަތަމަ ހަވާލުކުރީ ސިޓީ ކައުންސިލާ އެވެ. ނަމަވެސް، އެ މަސައްކަތް ފަހުން އެމްއާރުޑީސީއާ ހަވާލުކުރިޔަސް، ތާރު އެޅުން ލަސްވުމުން މިދިޔަ މަހުގެ ތެރޭގައި އެކަން އެމްޓީސީސީއާ ހަވާލުކުރި އެވެ. އެކަމަކު، އެމްޓީސީސީއާ ހަވާލުކުރީ ހަމައެކަނި ދަރުބާރުގެއާ ހިސާބުން ފެށިގެން ސްޓެލްކޯއާ އިމާރާތާ ހަމައަށް ތާރު އެޅުމަށެވެ.
މީގެ ދެ ހަފުތާ ކުރިން އަމީނީ މަގުގެ އެއްބައިގައި ތާރު އަޅައި ނިންމިއަސް، އެ މަގު ނުހުޅުވައި ދިގު ލައިގެން ދާތީ އާއްމުންގެ ޝަކުވާ ބޮޑެވެ. މަގު ހެދުމަށް ކަމަށް ބުނެ މިދިޔަ އަހަރުގެ މެދު ތެރެއިން ފެށިގެން ވަނީ އަމީނީ މަގުގެ އެއްބައި ބަންދުކޮށްފަ އެވެ.
މިދިޔަ އަހަރު ޖުލައި މަހު އެ މަސައްކަތް ހަވާލުކުރީ 10 މަސް ދުވަހުގެ ތެރޭގައި ނިންމުމަށެވެ. ނަމަވެސް އެ މުއްދަތުގެ ތެރޭގައި ނުނިމޭނެ ކަމަށް ޕްލޭނިން މިނިސްޓްރީން މި ފަހުން ވަނީ ބުނެފަ އެވެ. ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން އެންމެ ފަހުން ވިދާޅުވެފައިވާ ގޮތުން ނަމަ އަމީނީ މަގުގައި ތާރު އެޅުމުގެ މަސައްކަތް އެއްކޮށް ނިންމައިލެވޭނީ މި އަހަރުގެ މޭ އަށެވެ.
ޣިޔާސުއްދީނާ ހަމައަށް ތާރު އަޅައި ނިންމަނީ
ތިންދުވަސް ތެރޭ ސްޓެލްކޯއާ ހިސާބަށް ތާރު އަޅަނީ
އަމީނީ މަގުގައި ތާރު އަޅަން އެމްޓީސީސީއާ ހަވާލުކޮށްފި
ކަނޑައެޅި ތާރީހަށް އަމީނީމަގުގެ މަސައްކަތް ނުނިމޭނެ
އަމީނީ މަގުގައި ތާރު އަޅަން ފަށަނީ މާޗުގައި
24 ގަޑިއިރު މަސައްކަތް ކުރަން ވެސް އާރުޑީސީ ތައްޔާރު
އަމީނީމަގުގައި ތާރުއަޅާތީ، އެ މަގުގެ ބައެއް ބަންދު
ތާރުއަޅައިގެން އަމީނީމަގު ހެދުމުގެ މަސައްކަތް ފަށައިފި
އަމީނީމަގުގެ ތާރުގަނޑުގެ ހަލާކުވެ ނުރައްކާ ހާލަތަކަށް
އަމީނީމަގުގެ މަސައްކަތް ފެށުމުން ބަސް ރޫޓަށް ބަދަލެއް