09 ޑިސެމްބަރ 2021
މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ކުރީ ސަރުކާރުގައި ހައުސިން މިނިސްޓަރަކަށް ހުންނެވި އިރު ހިންގެވި ކަމަށް ތުހުމަތުކުރާ މައްސަލައެއްގެ ތަހުގީގަށް މިއަދު އޭނާ ހާޒިރުވާން އަންގައިފި އެވެ.
މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ކުރީ ސަރުކާރުގައި ހައުސިން މިނިސްޓަރަކަށް ހުންނެވި އިރު ހިންގެވި ކަމަށް ތުހުމަތުކުރާ މައްސަލައެއްގެ ތަހުގީގަށް މިއަދު އޭނާ ހާޒިރުވާން އަންގައިފި އެވެ.
ސިޓީ ކައުންސިލުން ހެނދުނު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މުއިއްޒު ވިދާޅުވީ، މެންދުރު ދޭއް ޖަހާއިރަށް އޭސީސީ އަށް ހާޒިރުވާން އޭނާ އަށް އަންގާފައިވާ ކަމަށާއި އެ އެންގުން އައީ މި ދުވަސްކޮޅު ސިޓީ ކައުންސިލްގެ މަސައްކަތްތައް ބާރު ސްޕީޑުގައި ކުރިއަށް ގެންދާތީ ބިރު ދެއްކުމުގެ ގޮތުން ކަމަށް ބެލެވޭ ކަމަށެވެ. އެކަމަކު، އެކަމަކާ ޖެހިލުވެވަޑައިގުންނަވާ ކަމަށް ވިދާޅުވި އެވެ.
ނަމަވެސް އޭނާ ހާޒިރުކުރަނީ ސީދާ ކޮން މައްސަލައެއްގެ ތަހުގީގަށް ކަމެއް ސާފެއް ނުވެ އެވެ.
"އޭސީސީއަކީ ގާނޫނީ ގޮތުން މިނިވަން މުއައްސަސާއަކަށް ވިޔަސް، އެއީ މިނިވަންކަމާ އެކު ހިނގާ ތަނެއް ނޫން،" މުއިއްޒު ވިދާޅުވި އެވެ.
އޭސީސީ އަށް ހާޒިރުވާން މުއިއްޒު އަށް އެންގިއިރު، ނިއު ޕޯޓްގެ މައްސަލައިގައި އޭނާގެ މައްޗަށް ދައުވާ ކުރަން އޭސީސީން ޕީޖީ އޮފީހަށް ފޮނުވި މައްސަލަ ވަނީ މިދިޔަ ހަފުތާގައި އަނބުރާ ފޮނުވާލައިފަ އެވެ.
މި މައްސަލައިގައި އޭސީސީން އެދުނީ މުއިއްޒުގެ މައްޗަށް ދައުލަތަށް ފައިދާއެއް ލިބެން އޮތް ކަމެއްގެ ފައިދާ ރައްޔިތުންނަށް ނުވަތަ ދައުލަތަށް ނުލިބޭ ގޮތަށް އަމަލުކުރުމުގެ ދައުވާ އާއި ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ ކުށުގެ ދައުވާ ކޮށްދިނުމަށެވެ. އޭނާގެ އިތުރުން އޭރު ހައުސިން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުގެ މަގާމުގައި ހުންނެވި އަހުމަދު ހަބީބުގެ މައްޗަށް ވެސް އެ ދައުވާތައް ކުރަން ފޮނުވުމަށް އެ ކޮމިޝަނުން ނިންމި އެވެ.
ޕީޖީ އޮފީހުން މި މައްސަލަ އަނބުރާ އޭސީސީ އަށް ފޮނުވައިލީ އިތުރު މައުލޫމާތުތަކެއް ހިމަނައިގެން އަލުން ފޮނުވުމަށް އެދި އެވެ.
އޭސީސީން ބުނެފައި ވަނީ ސްޓްރާޑާއާއެކު ހެދި އެއްބަސްވުމާ އެއްގޮތަށް އެ ކުންފުނިން ދައުލަތަށް ދައްކަން ޖެހޭ ކުލީގެ ފައިސާ ދައްކާފައި ނުވާ ކަމަށާއި އެ އެއްބަސްވުން ބާތިލު ކުރުމުގެ އިހުތިޔާރު އޮތް ނަމަވެސް އެކަން ނުކޮށް، އެ ކުންފުންޏަށް އިތުރަށް މަންފާވާ ގޮތަށް އެ އެއްބަސްވުމަށް އިތުރު އިސްލާހުތަކެއް ގެނެސްފައިވާ ކަމަށެވެ. އެ ބިމުގައި އިތުރު ވިޔަފާރި ކުރުމަށާއި ބިން ކުއްޔަށް ދީފައިވާ މުއްދަތު ފަސް އަހަރަށް ބަދަލު ކުރުމާއި ޒަމާނީ ފުޓްސަލް ދަނޑެއް ތަރައްގީ ކުރުމުގެ ފުރުސަތު ދިނުން ވެސް ހިމެނެ އެވެ.
މި މައްސަލައިގައި ދައުވާ ކުރަން އެދިފައިވާއިރު، މުއިއްޒުގެ މައްޗަށް ދައުވާ ކޮށްފައިވާ މައްސަލައެއް ޕީޖީ އޮފީހުގައި ވެސް އެބަ އޮތެވެ.
އެއީ އޭނާ ހައުސިން މިނިސްޓަރަކަށް ހުންނެވިއިރު، ނޫމަޑި ކުންފުންޏާއެކު، ސަރުކާރުން ހެދި އެއްބަސްވުން ބާތިލް ކުރުމުން ނޫމަޑިން 155 މިލިއަން ޑޮލަރު ހޯދަން ސަރުކާރާ ދެކޮޅަށް އާބިޓްރޭޝަނަށް ހުށަހެޅި މައްސަލައިގައި ނެދަލޭންޑްސްގައިި ހުންނަ ދަ ހޭގްގެ ޕާމަނަންޓް ކޯޓް އޮފް އާބިޓްރޭޝަންގައި ނޫމަޑީގެ ހެކިވެރިއެއްގެ ގޮތުގައި ދޮޮގު ބަޔާނެއް ދެއްވި ކަމަށް ބުނެ އެވެ.
ޕާކިން ސްލޮޓް ދޫކުރި ގޮތުގެ މައްސަލަ އޭސީސީ އަށް
ދައުވާކުރަން ޖެހޭވަރުގެ ކަމެއް ނުކުރަން: މުއިއްޒު
މުއިއްޒުގެ މައްޗަށް ދައުވާ ކޮށްދިނުމަށް އެދިއްޖެ
ސަރުކާރު ބަދަލުވާތީ ބައެއް ކަންކަން ނުކުރަން އަންގައިފި
އަމީނީމަގުގެ މައްސަލައިގެ ތަހުގީގު ކުރިއަށްދޭ: އޭސީސީ
ގަވައިދު އާންމުކުރުން ފަސްވުމުން ޝުޖާއު ސަލާމަތްވެއްޖެ
ތުހުމަތަކީ މެޔަށް އަމާޒުކޮށްފައިވާ އެއް ހަމަލަ: ޝިފާ
ޕާކުގެ މައްސަލައިގައި ޝިފާއަށް ކޮރަޕްޝަންގެ ދައުވާ
ކުރީގެ ޑެޕިއުޓީ މޭޔަރު ޝުޖާއުއަށް ދައުވާކޮށްފި
ކުރީގެ ޑެޕިއުޓީ މޭޔަރު ޝުޖާއުއަށް ދައުވާކުރަން ޕީޖީއަށް