30 ޖެނުއަރީ 2020
ލޮނުޒިޔާރަތްކޮޅުގައި ތަރައްގީކުރަމުން އަންނަ ބަގީޗާ ހުޅުވޭނެ ދުވަހެއް އަދި ނޭނގޭ ކަމަށް މާލޭ ސިޓީ ކައުންސިލުން އިއްޔެ ބުނެފި އެވެ.
ލޮނުޒިޔާރަތްކޮޅުގައި ތަރައްގީކުރަމުން އަންނަ ބަގީޗާ ހުޅުވޭނެ ދުވަހެއް އަދި ނޭނގޭ ކަމަށް މާލޭ ސިޓީ ކައުންސިލުން އިއްޔެ ބުނެފި އެވެ.
ސިނާމާލެ ބްރިޖް ސަރަހައްދަށް ފެހިކަމާއި ފުރިހަމަކަން ގެނެސްދޭ ޕާކު ހުޅުވަން ކުރިން ނިންމާފައި އޮތީ މިދިޔަ އަހަރެވެ. އެކަމަކު އެ ތާރީޚުގައި އެތަން ނުހުޅުވި އުޅެނިކޮށް އެތަނުގެ ބައެއް މަސައްކަތްތަކުގައި، ކޮރަޕްޝަން ހިމެނޭ ކަމުގެ މައްސަލަތަކެއް ވަނީ ފެންމަތިކޮށްފަ އެވެ. މާލޭ ސިޓީ ކައުންސިލަށް ވަދެ، ލިޔެކިޔުންތައް ހޯދައި އޭސީސީން އަންނަނީ މައްސަލަ ތަހުގީގު ކުރަމުންނެވެ.
މާލޭގެ މޭޔަރު ޝިފާ މުހައްމަދު ވިދާޅުވީ އާއްމުން ހިތްފަސޭހަ ތަނެއްގެ ގޮތުގައި ފެހިކޮށް ތަރައްގީކުރާ ޕާކުގެ މަސައްކަތްތައް ކުރިއަށް އެބަދާ ކަމަށެވެ. ކުރިން ހުޅުވަން އުޅުނު ތާރީޚަށް ފަހު ވެސް ބައެއް ބަދަލުތަކާ އެކު އިތުރު އާ މަސައްކަތްތަކެއް ވެސް ކުރަމުން އަންނަ ކަމަށް ވިދާޅުވި އެވެ.
"އެ މަސައްކަތްތައް ކުރިއަށްދާތީއާ އެކު އަދި ނުނިމޭ ހުޅުވޭނެ ތާރީޚެއް،" އޭނާ ވިދާޅުވި އެވެ.
ލޮނުޒިޔާރަތްކޮޅު އަޑި ޕާކު ސަރަހައްދުގައި ހަދަމުން އަންނަ ފެހިކަން ގަދަ ބަގީޗާ. ---. ފޮޓޯ: ނިޝާން އަލީ/މިހާރު
އެ ޕާކުގެ މަސައްކަތްތަކާ ގުޅޭ ކޮރަޕްޝަން މައްސަލަތަކެއް ފެންމަތިކުރީ، ކައުންސިލްގެ މެމްބަރު މުހައްމަދު ފަޒީނެވެ. އޭނާ ވިދާޅުވެފައިވާ ގޮތުގައި، މި ސަރުކާރުން ބޮޑު އިސްކަމެއް ދީގެން ހަދާ ޕާކްގައި އިމާރާތްކުރާ ފާހާނާބަރީގެ މަސައްކަތް އަމިން ކޮންސްޓްރަކްޝަނުން ކުރަނީ އެއްވެސް އެއްބަސްވުމަކާ ނުލައި، ރަސްމީކޮށް އެ މަސައްކަތް ހަވާލު ވެސް ނުކުރަނީހެވެ. އެ އިމާރާތުގެ އިތުރުން އެ ޕާކަށް ބޮޑެތި ހޭދަތަކެއް ސިޓީ ކައުންސިލުން ކޮށްފައި ވަނީ ކައުންސިލުން ފާސްނުކޮށް ކަމަށް އޭނާ ކުރިން ވިދާޅުވެފައި ވެ އެވެ.
އެކަމަކު ކޮރަޕްޝަންގެ މި ތުހުމަތު، މާލޭ ސިޓީ ކައުންސިލުން ވަނީ ދޮގުކޮށްފަ އެވެ.
"ކޮރަޕްޝަން ފޮރުވަން ލިޔެކިޔުމަށް ބަދަލު އެބަގެނޭ"
ބޭރުން ރުއް ގެނެސް ލޮނުޒިޔާރަތްކޮޅުގައި އިންދަނީ
މާލޭގެ އާ ޕާކަށް ވަންނަ މީހުންގެ ދަބަސް ޗެކު ކުރަނީ
އުޅެނީ އަގުވައްޓާލަން، ކޮރަޕްޝަނެއް ނުހިންގަން: ޝިފާ
އެއްބަސްވުމެއް ނެތި 2 މިލިއަން ރުފިޔާގެ މަސައްކަތެއް
ލޮނުޒިޔާރަތްކޮޅުގައި ގަސްއިންދައި ޕާކަކަށް ހަދަނީ
މާލޭގައި އުޅޭ ބުޅާތަކަށް ސްޕްރޭ ޖެހުމުން ކަންބޮޑުވުން
ހަތަރު ނަންބަރު ޖެޓީ މަރާމާތު ކުރަނީ
ޕާކިން ސްލޮޓް ކުއްޔަށް ދިނުން ހުއްޓާލަން އަންގައިފި
ރަބީއުވިލާ ތަޅާލުމުގެ މަސައްކަތް ސަރުކާރުން ފަށައިފި