27 މާޗް 2019
ބުރިޖާ ގުޅިފައިވާ ލޮނުޒިޔާރަތްކޮޅާއި އަޑި ޕާކް ހިމެނޭ ސަރަހައްދު ސާފު ކުރަމުން އަންނަނީ ގަސް ގިނަ ޕާކެއް އެތަނުގައި ހެދުމަށް ކަމަށް މާލޭ ސިޓީ ކައުންސިލުން މިއަދު ބުނެފި އެވެ.
ބުރިޖާ ގުޅިފައިވާ ލޮނުޒިޔާރަތްކޮޅާއި އަޑި ޕާކް ހިމެނޭ ސަރަހައްދު ސާފު ކުރަމުން އަންނަނީ ގަސް ގިނަ ޕާކެއް އެތަނުގައި ހެދުމަށް ކަމަށް މާލޭ ސިޓީ ކައުންސިލުން މިއަދު ބުނެފި އެވެ.
ބްރިޖު ހެދުމަށްޓަކައި ކޮންކްރީޓްގެ މަސައްކަތްތައް ކުރި ލޮނު ޒިޔާރަތްކޮޅުގައި ހަދާފައި ހުރި އިމާރާތްތަކާއި ކޮންކްރީޓްތައް ނަގައި އެ ތަން ހުސްބިމަކަށް ހެދުމުގެ މަސައްކަތް ސިޓީ ކައުންސިލުން މިހާރު އަންނަނީ ކުރަމުންނެވެ. މައިގަނޑު ގޮތެއްގައި މިހާރު ކުރާ މަސައްކަތަކީ އެތަނުގައި ޖަހާފައި ހުރި ތަނބުތަކެއް ނެގުމުގެ މަސައްކަތެވެ. ބިން ހުސްކުރުމުގެ 95 ޕަސެންޓް މަސައްކަތް ނިމިފައިވާ ކަމަށް ސިޓީ ކައުންސިލުން ބުނެ އެވެ.
މާލޭ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރު ޝަމާއު ޝަރީފް، "މިހާރު" އަށް ވިދާޅުވިގޮތުގައި ލޮނުޒިޔާރަތްކޮޅު ތަރައްގީ ކުރަން ނިންމާފައިވަނީ ގިނަ އަދަދަކަށް ގަސް އިންދައި ހުސް ޖާގަ ބޮޑު ޕާކެއް ގޮތަށެވެ. ފެހިކަން ގަދަ އެ ޕާކްގައި ދެން ހުންނާނީ މީހުން އިށީނުމަށް ހަދާފައި ހުންނަ ބެންޗްތަކެއް އެކަނި ކަމަށް ޝަމާއު ވިޑާޅުވި އެވެ.
"ވަރަށް ހުސްޖާގަ އޮންނަ ގޮތަށް ވަރަށް ގަސް އިންދާފައި ޕާކް އޮންނާނީ. އިމާރާތެއް ނުހުންނާނެ. މިއީ މާލޭގެ އެންމެ ރީތި ތަނަށް އޭރުން ވެގެންދާނެ،" ޝަމާއު ވިދާޅުވި އެވެ.
ލޮނުޒިޔާރަތްކޮޅުގެ ބިން ސާފު ކުރުމުގެ މަސައްކަތް ކުރިއަށް ދަނީ: އެތަން ހެދުމަށް ނިންމާފައިވަނީ ފެހިކަން ގަދަ ޕާކަކަށް-- ފޮޓޯ: ހުސައިން ވަހީދު/ މިހާރު
ޝަމާއު ވިދާޅުވީ އެތަން ތަރައްގީ ކުރާނީ ދައުލަތުގެ އެކި މުއައްސަސާތައް ގުޅިގެން މަސައްކަތް ކޮށްގެން ކަމަށެވެ. ރޯދައިގެ ކުރިން މަސައްކަތް ނިންމައި ޕާކް ހުޅުވުމަކީ އަމާޒު ކަމަށް ވެސް ވިދާޅުވި އެވެ.
ބްރިޖު ހެދުމުގެ ކުރިން ލޮނުޒިޔާތްކޮޅުގެ އެ ސަރަހައްދަކީ ހެލިކޮޕްޓަރު ޖެއްސުމަށް ހާއްސަކޮށް ގާއަޅައި ހަދާފައި އޮތް ތަނެކެވެ. ކަސްރަތު ކުރުމަށާއި ކުޑަކުދިން ކުޅުމަށް އެތަނަށް ގޮސް އުޅުނެވެ.
މާލެއަކީ ދިރިއުޅެން ފަސޭހަ، ހިތްގައިމު ތަނަކަށް ހެދުމަކީ މި ސަރުކާރުގެ ރިޔާސީ ވައުދެކެވެ. އޭގެ ތެރޭގައި ހުސް ޖާގަތައް އިތުރު ކުރުމާއި ހިތްފަސޭހަ ޕާކްތައް ހެދުން ހިމެނެ އެވެ.
"ލޮނުޒިޔާރަތް ބަގީޗާ" އަންނަ ހަފުތާގައި ހުޅުވަނީ
ލޮނުޒިޔާރަތްކޮޅު ބަގީޗާ ހުޅުވޭނެ ދުވަހެއް ނޭނގެ!
"ކޮރަޕްޝަން ފޮރުވަން ލިޔެކިޔުމަށް ބަދަލު އެބަގެނޭ"
އެއްބަސްވުމެއް ނެތި 2 މިލިއަން ރުފިޔާގެ މަސައްކަތެއް
ބޭރުން ރުއް ގެނެސް ލޮނުޒިޔާރަތްކޮޅުގައި އިންދަނީ
ބްރިޖު ދަތުރަށް ފަހު ރައީސްގެ ބަސް: ސަހަރޯއޭ ހީވި!
ބްރިޖާއި ރިންގް ރޯޑުގައި އެކްސިޑެންޓުތަކެއް!
ބްރިޖް ހުޅުވުމާ އެކު އެތައް ސަތޭކަ ބަޔަކު ދަތުރުކޮށްފި
ބްރިޖުގެ ދެ ފަރާތުގައިވާ ލޭން، ހިނގުމަށާއި ދުވުމަށް
ތާރު އަޅައިގެން ހެދި ރިންގް ރޯޑް ހުޅުވާލައިފި