14 ސެޕްޓެމްބަރ 2022
އޮފް ޑިއުޓީގައި އުޅުނު، ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓް (ޑީއީޑީ)ގެ ތިން ފުލުހަކަށް މިދިޔަ ހުކުރު ދުވަހު ހަމަލަދިން މައްސަލައިގެ ތުހުމަތަށް އިތުރު ފަސް މީހަކު މިރޭ ހައްޔަރުކޮށްފި ކަމަށް ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވެއްޖެ އެވެ.
އޮފް ޑިއުޓީގައި އުޅުނު، ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓް (ޑީއީޑީ)ގެ ތިން ފުލުހަކަށް މިދިޔަ ހުކުރު ދުވަހު ހަމަލަދިން މައްސަލައިގެ ތުހުމަތަށް އިތުރު ފަސް މީހަކު މިރޭ ހައްޔަރުކޮށްފި ކަމަށް ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވެއްޖެ އެވެ.
ހުކުރު ދުވަހުގެ މެންދުރު 12 ޖަހަން އުޅެނިކޮށް، މަޖީދީ މަގުން ހެންވޭރު ޔޫރޯ ސްޓޯރު ކައިރިން އެ ތިން ފުލުހުންނަށް ހަމަލަދިން މައްސަލައިގައި މިހާތަނަށް 8 މީހަކު ވަނީ ހައްޔަރުކޮށްފަ އެވެ. ފުރަތަމަ ދެ މީހުން ހައްޔަރުކުރީ ހަމަަލަދިންތާ މާ ގިނައިރުތަކެއް ނުވަނީހެވެ. ފަހުން އިތުރު މީހަކު ހައްޔަރުކުރީ މިދިޔަ ހޯމަ ދުވަހު އެވެ.
މިރޭ ހައްޔަރުކުރި ފަސް މީހުންނާއެކު، އެ މައްސަލައިގައި ހައްޔަރުކުރި މީހުންގެ އަދަދު 8 އަށް އަރާފައިވާއިރު، ޕޮލިސް ކޮމިޝަނަރު މިރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ފަހުން ހައްޔަރުކުރި ފަސް މީހުން އަތުލައިގަތީ ފިލައިގެން އުޅެނިކޮށް ކަމަށެވެ.
އޭނާ ވިދާޅުވީ، ރާވައިގެން ކުށްކުރާ މީހުން ހޯދުމުގެ މަސައްކަތް ހުއްޓާނުލައި ކުރިއަށް ގެންދާނެ ކަމަށެވެ.
"ފުލުހުންނަށް ހަމަލަދޭ މީހުންނާ މެދު އަމަލުކުރާނީ ގާނޫނުގައިވާ ގޮތުގެ މަތިން ހަރުކަށިކޮށް،" ސީޕީ ވިދާޅުވި އެވެ.
ފުލުހުންނަށް ހަމަލަދިން މައްސަލައިގެ ތުހުމަތަށް އެންމެ ފުރަތަމަ ހައްޔަރުކުރީ އުމުރުން 20 އަހަރުގެ ދެ މީހަކާއި 18 އަހަރުގެ މީހެކެވެ. މިރޭ ހައްޔަރުކުރި ފަސް މީހުންގެ އުމުރެއް ފުލުހުން އަދި ނުބުނެ އެވެ.
ސީޕީ ވިދާޅުވެފައި ވަނީ ފުލުހުންނަށް ހަމަލަދިނީ ގޭންގަކުން ކަމަށެވެ.
މާރާމާރީތައް ހިންގަނީ ހަތަރު ގޭންގަކުން: ސީޕީ
ފުލުހުންނަށް ހަމަލާދިނީ ގޭންގަކުން: ސީޕީ
މި މީހުން މައިތިރި ކުރެވޭނެ ގޮތެއް ހަމަ ނެތްބާ؟
ރެޑް ނޯޓިސް ނެރެގެން ހޯދި ތިން މީހުން ހައްޔަރު
ރެޑް ނޯޓިސް ނެރެގެން ހޯދަމުންއައި މީހަކު އަތުލައިގަނެފި
މާރާމާރީ ހިންގި ހަތަރު މީހަކު ހައްޔަރުކޮށްފި
އައްޑޫ މާރާމާރީ: އިތުރު ހަތިޔާރުތަކެއް ހޯދައިފި
ފައިހުގެ ބަންދުގެ މުއްދަތު އިތުރުކޮށްފި
ގޭންގުގެ ހަމަލާއިން ސަލާމަތްވި ޕޮލިހަށް ސީޕީގެ ތައުރީފް
ހިރިލަންދޫ މާރާމާރީއާ ގުޅިގެން އެކަކު ބަންދަށް