09 ސެޕްޓެމްބަރ 2022
މާލޭގައި ތިން ފުލުހަކަށް މިއަދު ހަމަލާދިނީ ގޭންގަކުން ކަމަށާއި އެ މައްސަލައިގައި ފިޔަވަޅު ނާޅައި ދޫކޮށްނުލައްވާނެ ކަމަށް ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވެއްޖެ އެވެ.
މާލޭގައި ތިން ފުލުހަކަށް މިއަދު ހަމަލާދިނީ ގޭންގަކުން ކަމަށާއި އެ މައްސަލައިގައި ފިޔަވަޅު ނާޅައި ދޫކޮށްނުލައްވާނެ ކަމަށް ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވެއްޖެ އެވެ.
މިއަދު މެންދުރު 12 ޖަހަން އުޅެނިކޮށް ހިންގި އެ ޖަރީމާގެ ތުހުމަތަށް ދެ މީހަކު ހައްޔަރު ކޮށްފައިވާއިރު، ޒަހަމްވި، ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓް (ޑީއީޑީ) ގެ ތިން ފުލުހުންގެ ހާލު ބެއްލެވުމަށް ސީޕީ ހަމީދު ވަނީ އޭޑީކޭ ހޮސްޕިޓަލަށް ވަޑައިގެންފަ އެވެ.
އެ ޒިޔާރަތަށް ފަހު ކުރެއްވި ޓުވީޓެއްގައި ކޮމިޝަނަރު ވިދާޅުވިގޮތުގައި އެ ހަމަލަ ދިނީ މާލޭގެ މަޝްހޫރު ގޭންގަކުންނެވެ.
ސީޕީ ވިދާޅުވީ ފުލުހުންނަށް ހަމަލާދިނީ އެ ފުލުހުންގެ އޮފް ޑިއުޓީގައި ކަމަށެވެ. އޭނާ ވިދާޅުވީ އެ ކަމުގައި ޝާމިލުވާ އެކަކު ވެސް ދޫނުރާނެ ކަމަށް ވިދާޅުވި އެވެ.
"ފުލުހުންނަށް ދޭ އަނިޔާތައް ވަރަށް ސީރިއަސް މައްސަލަތަކެއް ގޮތުގައި ބެލޭނެ. ގޭންގުތަކުގެ ކުރިމަތީގައި ފުލުހުން ކުޑަކަކޫ ނުޖަހާނެ،" ސީޕީ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ފުލުހުންނަށް ދޭ އަނިޔާ ހުއްޓުވުމަށްޓަކައި ކަމާބެހޭ ހުރިހާ ފަރާތްތަކެއް ގުޅިގެން މަސައްކަތްކުރަން ޖެހޭ ކަމަށެވެ.
ގޭންގުތަކުގެ ކުރިމަތީގައި ކުޑަކަކޫ ނުޖަހާނެ ކަމަށް ސީޕީ ހަމީދު މިއަދު ވިދާޅުވިއިރު، ހަމަ އެ މޭރުމުން މި އަހަރުގެ ފެބްރުއަރީ 1 ގައި ވެސް އޭނާ ވިދާޅުވި އެވެ.
ގޭންގުތައް ސައިޒުކުރަން ފުލުހުންނާއި ސިފައިން މި އަހަރުގެ ފެބްރުއަރީ މަހު ފެށި އޮޕަރޭޝަނާ ގުޅިގެން "މިހާރު" އާ ވާހަކަ ދައްކަވަމުން ސީޕީ އޭރު ވިދާޅުވީ، އެ އޮޕަރޭޝަން ފެށީ އެކްޝަން ޕްލޭނެއް އެކުލަވާލައި ގޭންގުތައް މައިތިރި ކުރެވޭނެ ކަމުގެ ޔަގީންކަމާއެކުގައި ކަމަށެވެ.
އެކަމަކު، ސިފައިންނާއި ފުލުހުންގެ އެ އޮޕަރޭޝަނަށް އަށް މަސް ވީއިރު މާލެ އިން ގޭންގު ހަރަކާތްތައް ނުހުއްޓުވޭ ކަމުގެ ޝަކުވާ އަދިވެސް އެބައޮތެވެ. ފުލުހުންގެ ތިން މީހަކަށް މިއަދު ދިން ހަމަލަ އާއި މާލޭގެ މަޝްހޫރު ގޭންގަކާ ސީޕީ ގުޅުވުމުން އަދިވެސް ގޭންގް ޖަރީމާތައް ނުހުއްޓުވޭތީ އާންމުން ވަނީ ފާޑުކިޔަން ފަށައިފަ އެވެ.
މާރާމާރީތައް ހިންގަނީ ހަތަރު ގޭންގަކުން: ސީޕީ
ފުލުހުންނަަށް "ހަމަލަދިން" އިތުރު ފަސް މީހަކު ހައްޔަރު
މި މީހުން މައިތިރި ކުރެވޭނެ ގޮތެއް ހަމަ ނެތްބާ؟
ރެޑް ނޯޓިސް ނެރެގެން ހޯދި ތިން މީހުން ހައްޔަރު
ރެޑް ނޯޓިސް ނެރެގެން ހޯދަމުންއައި މީހަކު އަތުލައިގަނެފި
މާރާމާރީ ހިންގި ހަތަރު މީހަކު ހައްޔަރުކޮށްފި
އައްޑޫ މާރާމާރީ: އިތުރު ހަތިޔާރުތަކެއް ހޯދައިފި
ފައިހުގެ ބަންދުގެ މުއްދަތު އިތުރުކޮށްފި
ގޭންގުގެ ހަމަލާއިން ސަލާމަތްވި ޕޮލިހަށް ސީޕީގެ ތައުރީފް
ހިރިލަންދޫ މާރާމާރީއާ ގުޅިގެން އެކަކު ބަންދަށް