Roadha Mihaaru
މާރާމާރީ ހިންގި ހަތަރު މީހަކު ހައްޔަރުކޮށްފި

މާރާމާރީ ހިންގި ހަތަރު މީހަކު ހައްޔަރުކޮށްފި

16 ޖޫން 2024

ދަރުބާރުގޭ ކައިރީގައި ރޭ ހިންގި މާރާމާރީއާ ގުޅިގެން ހަތަރު މީހަކު ހައްޔަރުކޮށްފި އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

ދަރުބާރުގޭ ކައިރީގައި ރޭ ހިންގި މާރާމާރީއާ ގުޅިގެން ހަތަރު މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނި ގޮތުގައި ރޭ 10:30 ހާއިރު ދަރުބާރުގޭ ކައިރީގައި މާރާމާރީ ހިންގުމުގެ ސަބަބުން އަނިޔާވި މީހާއަށް ސެނެހިޔާ ހޮސްޕިޓަލުގައި ފަރުވާދިން ކަމަށާއި އޭނާގެ ހާލު ސީރިއަސް ނޫން ކަމަށެވެ.

އެ މައްސަލައާ ގުޅިގެން ދެ މީހަކު ހައްޔަރުކުރި ކަމަށް ފުލުހުން ރޭ މީޑިއާތަކަށް ފޮނުވި މެސެޖުގައި ބުނެފައިވެ އެވެ.

އެކަމަކު އެ މައްސަލާގައި ހިމެނޭ އިތުރު ދެ މީހަކު މިހާރު ވަނީ ހައްޔަރުކޮށްފަ އެވެ. އެ އެންމެނަކީ ވެސް ދިވެހިންނެވެ.

އެ މައްސަލަ އިތުރަށް ބަލަމުންދާ ކަމަށް ބުންޏަސް އިތުރު މައުލޫމާތެއް ފުލުހުން އަދި ހާމައެއް ނުކުރެ އެވެ. އެހެންވެ، މާރާމާރީ ހިންގަން މެދުވެރިވި ސަބަބެއް ސާފެއް ނުވެ އެވެ.