12 ސެޕްޓެމްބަރ 2022
އދ. ގެ 76 ވަނަ އާންމު މަޖިލީހުގެ ރައީސްކަން ކުރެއްވުމަކީ ރާއްޖެ އަށާއި ރާއްޖޭގެ ޚާރިޖީ ދާއިރާ އަށް މިހާތަނަށް ލިބުނު އެންމެ ބޮޑު ކާމިޔާބީ ކަމަށާއި އެވަރުގެ ކާމިޔާބީއެއް މި ގައުމު އަދި ނުދެކޭ ކަމަށް، ދައުރު ހަމަވުމުން އެ މަގާމުން މިއަދު ވަކިވެވަޑައިގަތް ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.
އދ. ގެ 76 ވަނަ އާންމު މަޖިލީހުގެ ރައީސްކަން ކުރެއްވުމަކީ ރާއްޖެ އަށާއި ރާއްޖޭގެ ޚާރިޖީ ދާއިރާ އަށް މިހާތަނަށް ލިބުނު އެންމެ ބޮޑު ކާމިޔާބީ ކަމަށާއި އެވަރުގެ ކާމިޔާބީއެއް މި ގައުމު އަދި ނުދެކޭ ކަމަށް، ދައުރު ހަމަވުމުން އެ މަގާމުން މިއަދު ވަކިވެވަޑައިގަތް ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.
އެމެރިކާގެ ނިއު ޔޯކްގައި ހުންނަ އދ. ގެ މައި އިދާރާގައި ދެއްވި ވަދާއީ ތަގުރީރުގައި ޝާހިދު ވަނީ ރާއްޖެ އދ.ގެ ރިޔާސަތު ތަމްސީލްކުރަން، އޭނާއަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކުރެއްވި އިތުބާރަށް ޝުކުރު އަދާކުރައްވައިފަ އެވެ.
"މިއީ ރައީސްގެ ފޮރިން ޕޮލިސީ އާއި ހުރިހާ ގައުމުތަކާ ގުޅިގެން މަސައްކަތްކުރުމުގެ ސިޔާސަތަށް ވެސް ލިބުނު ކާމިޔާބީއެއް،" އޭނާ ވިދާޅުވި އެވެ.
ރާއްޖެ އަށް ވަރަށް ބޮޑު ކާމިޔާބީއަކާއި ޝަރަފެއް ލިބުނު އެ މަގާމުގެ މުއްދަތަކީ އެއް އަހަރު ދުވަހެވެ. އދ. ގެ ރައީސްކަމުގައި ޝާހިދު ފުރަތަމަ ރިޔާސަތު ބެލެހެއްޓެވީ ސެޕްޓެމްބަރު 14، 2021 ގަ އެވެ. ގިނަ ގައުމުތަކެއް ތަމްސީލްވާ ޔޫއެންގެ ރިޔާސަތަށް މިދިޔަ އަހަރުގެ ޖޫން މަހު ރާއްޖެ ހޮވުނީ އެ އަހަރު ނެގި ވޯޓުގަ އެވެ. މެމްބަރު 193 ގައުމަކަށް ވޯޓުލުމުގެ ހައްގު ލިބުނުއިރު ޝާހިދު ރައީސަކަށް ހޮވަން 143 ގައުމަކުން ތާއީދުކުރި އެވެ.
އދ. ގެ 76 ވަނަ އާންމު މަޖިލީހުގެ ރައީސް ކަމާ ޝާހިދު ހަވާލުވެވަޑައިގަތް ފަހުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެމެރިކާގެ ނިއު ޔޯކަށް ވަޑައިގެން އޭނާއާ ބައްދަލުކުރެއްވުމުގެ ހަވާސާގެ ތެރެއިން ދެ ބޭފުޅުން އެކުގައި ނުރަސްމީ ވަގުތު ކޮޅެއްގައި -- ފޮޓޯ: ރައީސް އޮފީސް
ޝާހިދު ވިދާޅުވީ، ކުޑަ ގައުމަކަށް ވެސް ބޮޑު ކާމިޔާބީއެއް ހާސިލުކުރެވިދާނެ ކަން ފޮރިން މިނިސްޓްރީގައި މަސައްކަތްކުރައްވާ އޭނާގެ ހީވާގި ޓީމުން މުޅި ދުނިޔެ އަށް ދައްކައި ދީފި ކަމަށެވެ.
ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހްމަދު ހަލީލުގެ ލީޑަޝިފާއި އިރުޝާދުގެ ދަށުން، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މަސައްކަތްކުރައްވާ ރާއްޖޭގެ ހާރިޖީ ޓީމުގެ މުވައްޒަފުން ރެއާއި ދުވާލު މަސައްކަތްކުރެއްވީ އެއް އަޒުމެއްގައި ކަމަށާއި އެއީ "ރާއްޖޭގެ ދިދަ އެންމެ އުހުގައި ވިހުރުވާލުމަށް" ކަމަށް ވިދާޅުވި އެވެ.
"ހާރިޖީ ޓީމަށް އަޅުގަނޑު ބުނެލަން ބޭނުންވަނީ އެންމެ ވާހަކައެއް -- 'ކުރެވިއްޖެ'،" ޝާހިދު ވިދާޅުވި އެވެ.
ޝާހިދުގެ ރިޔާސަތުގައި ވޭތުވެދިޔަ އަހަރެއްހާ ދުވަހުގެ ތެރޭގައި ހޯއްދެވި ކާމިޔާބީތަކާއި ކުރެއްވި މަސައްކަތްތަކާ ގުޅޭ ގޮތުން އެ ތަގުރީރުގައި އޭނާ ވާހަކަދެއްކެވި އެވެ. އަދި ފާއިތުވި ދުވަސްތަކުގައި އެކި ގޮތްގޮތުން އޭނާ އަށް އެހީތެރިވި ފަރާތްތަކަށް ޝުކުރު އަދާކުރެއްވި އެވެ.
- އާންްމު މަޖިލީހުގެ ރައީސްކަމާ ހަވާލުވެވަޑައިގަންނަވަމުން އެންމެ އިސްކަމެއް ދެއްވާނެ ކަމަށް ވިދާޅުވި ކަންކަމާ ގުޅޭ ދާއިރާތަކުން ގިނަ މަސައްކަތްތަކެއް ކުރެވުނު.
- ހަމަހަމަ ކަމާއެކު އެންމެނަށް ވެކްސިން ފޯރުކޮށްދިނުމަށް މުހިންމު މަޝްވަރާ ބައްދަލުވުންތައް ބޭއްވުނު.
- ދެމެހެއްޓެނިވި ގޮތަށް ޓޫރިޒަމް ދާއިރާ ކުރިއެރުވުމަށް ކުރި މަސައްކަތުގެ ތެރެއިން އދ. ގެ ތާރީހުގައި ފުރަތަމަ ފަހަރަށް އާންމު މަޖިލީހުގައި ޓޫރިޒަމްއާ ގުޅޭ ގޮތުން މަޝްވަރާކުރެވުނު.
- ކޮވިޑުގެ ހާލަތުން އަރައިގަނެ، ގައުމުތަށް އަލުން އާރާސްތުކުރަން އެހީތެރިކަން ދެވުނު.
- ފުރަތަމަ ފަހަރަށް އިންޓަނޭޝަނަލް މައިގްރޭޝަން ރިވިއު ފޯރަމެއް ބޭއްވި.
- ފުރަތަމަ ފަހަރަށް އާންމުންނަށް، އާންމު މަޖިލީހުގެ ޖަލްސާތަކުގައި ބައިވެރިވެވޭނެ ފުރުސަތު ދިން.
- އާންމު މަޖިލީހުގައި އަންހެނުންނަށް ގިނަ ފުރުސަތުތަކެއް ފަހިކޮށްދިން.
- މޫސުމީ ބަދަލުތަކާ ދެކޮޅަށް ގިނަ މަސައްކަތްތަކެއް ކުރެވުނު.
އާންމު މަޖިލީހުގެ ރައީސްކަމާ ހަވާލުވެވަޑައިގަންނަވަމުން ޝާހިދު ވައުދުވެވަޑައިގަތް އެއް ކަމަކީ މިންތީގެ ހަމަހަމަކަން ނެތް ޕެނަލެއްގައި އޭނާ ބައިވެރިވެވަޑައިނުގަންނަވާނެ ކަމަށެވެ. އޭނާ މިއަދު އެ މަގަމާ ދުރަށް ވަޑައިގަންނަވަނީ އެ ވައުދާ އެއްގޮތަށް އަމަލުކުރެއްވުމަށް ފަހުގަ އެވެ. އޭނާގެ ސްޓާފުންގެ 55 ޕަސެންޓަކީ މިހާރު އަންހެނުންނެވެ.
"މިންތީގެ ހަމަހަމަކަމުގެ ވާހަކަދައްކާއިރު އަޅުގަނޑު އަނެއްކާވެސް ގޮވާލަން ބޭނުންވަނީ އދ. ގެ ސެކްރެޓަރީ ޖެނެރަލް ދެން އަންނަ ދައުރަކަށް އަންހެން ބޭފުޅަކު ހޮވަން މަސައްކަތްކުރުމަށް،" ޝާހިދު ވިދާޅުވި އެވެ.
އދ. ގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމު މީގެ ކުރިން އެއްވެސް އަންހެނަކު ފުރުއްވާފައެއް ނުވެ އެވެ.
ޝާހިދުގެ ރިޔާސަތުގައި މޫސުމަށް އަންނަ ބަދަލުތަކާއި މިންތީގެ ހަމަހަމަކަމާއި ޒުވާނުންގެ ކުރިއެރުމަށް ގިނަ މަސައްކަތްތަކެއް ކުރެވި ރާއްޖެ އަށް ފައިދާކުރާނެ ދޮރުތަކެއް ހުޅުވިގެން ދިޔަ އެވެ. ކޮވިޑުގެ ނުރައްކަލުން ރާއްޖެ އަރައިގަތުމަށް މަސައްކަތްކުރަމުން ދިޔައިރު، ރާއްޖެ އަށް އދ. އާއި އެހެން ގައުމުތަކަށް އެހީ ހޯއްދެވުމަށް ޝާހިދު ގިނަ މަސައްކަތްތަކެއް ވެސް ކުރެއްވި އެވެ.
ސަލާމަތީ މަޖިލިސް މައްސަލާގައި ޝާހިދުގެ ރައްދު ޝަހީދަށް
ގޮނޑި ކާމިޔާބު ނުވުމުން ޝަހީދުގެ ޚިޔާލު ވަރަށް ތަފާތު
ކުދި ގައުމުތަކަށް ސެކިއުރިޓީކައުންސިލް ގޮނޑިއެއް ހޯދަނީ
ސާބިތު ކޮށްދިނީ ރާއްޖެ ބާކީ ނުވާކަން: ޝާހިދު
އިތުބާރު ލިބިއްޖެ، ދާންވީ ބާރަށް ކުރިއަށް: ޝާހިދު
އދ.ގެ ރިޔާސަތުގައި ޝާހިދުގެ ދައުރު ހަމަވެއްޖެ
ޔުކްރެއިންގެ މައްސަލާގައި ޝާހިދު ގޮވާލެއްވީ މަޝްވަރާއަށް
ޝާހިދު "ބޯގޯސް" ވީހޭ ވެސް ބައެއް މީހުން އެހި
ޝާހިދަށް ދައުލަތުގެ އިއްޒަތް އަރުވައިފި
ދިވެހިންގެ ޝަރަފު ދަމަހައްޓަން މަސައްކަތްކުރާނަން: ޝާހިދު