13 ސެޕްޓެމްބަރ 2022
އދ.ގެ ރައީސްކަމުގެ ދައުރު ކާމިޔާބުކަމާ އެކު ރާއްޖެއަށް ނިންމާލެވިއްޖެ ކަން ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު، އާއްމު މަޖިލީހުގައި އިއުލާންކުރެއްވުމާ އެކު ތަރުހީބުގެ އަޑު ގުގުމާލި އެވެ. ގައުމުތަކުގެ މަންދޫބުން ތެދުވެ ރާއްޖެއަށް އިހްތިރާމް އަދާކުރި އެވެ.
އދ.ގެ ރައީސްކަމުގެ ދައުރު ކާމިޔާބުކަމާ އެކު ރާއްޖެއަށް ނިންމާލެވިއްޖެ ކަން ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު، އާއްމު މަޖިލީހުގައި އިއުލާންކުރެއްވުމާ އެކު ތަރުހީބުގެ އަޑު ގުގުމާލި އެވެ. ގައުމުތަކުގެ މަންދޫބުން ތެދުވެ ރާއްޖެއަށް އިހްތިރާމް އަދާކުރި އެވެ.
ޝާހިދު "މިހާރު" އަށް ވިދާޅުވި ގޮތުގައި ރާއްޖެ އިން އދ.ގެ ރިޔާސަތުގައި ހާސިލްކުރަން ބޭނުންވީ އެ ވަގުތުކޮޅެވެ؛ ގައުމުތަކުގެ އިތުބާރެވެ.
"ދުނިޔޭގެ 193 ގައުމުން ތެދުވެ ރާއްޖެއަށް އެ ކުރި އިހްތިރާމާއި އާއްމު މަޖިލީހުގެ ސެކްރެޓަރީ ޖެނެރަލް ރާއްޖެއަށް މުހާތަބްކުރައްވައި އެ ވިދާޅުވި ހެޔޮބަސްފުޅުތައް، މިއީ ވިދާޅުވެލާ ބަހެއްގެ ގޮތުގައި އެކަނި ބަލާ ކަން ކަމެއް ނޫން. އެ ފެނުނީ ރާއްޖޭގެ ހަރުދަނާކަން، މީގެ ސަބަބުން އެތައް ފައިދާތަކެއް ރާއްޖެއަށް ވެގެންދާނެ،" ޝާހިދު ވިދާޅުވި އެވެ.
އދ. ގެ އާއްމު މަޖިލީހުން 76 ވަނަ ސެޝަނުގައި ޝާހިދު ފުރަތަމަ ތަގުރީރު ދެއްވަނީ.
ރިޔާސަތުގައި ހޭދަކުރެއްވި އެއް އަހަރު ތަފްސީލްކޮށްދެއްވައި ޝާހިދު ވިދާޅުވީ ބައިނަލްއަގުވާމީ ދުނިޔޭގެ "އެންމެ އުހުގައި ރާއްޖޭގެ ދިދަ ވިހުރިއްޖެ" ކަމަށެވެ. ދިވެހި ރައްޔިތުންނަށް މުޅި ދުނިޔެ އިތުބާރުކޮށްފި ކަމަށާއި ދުނިޔޭގެ ކޮންމެ ބައްރެއްގައި ވެސް ދިވެއްސެކޭ ބުނެފި ނަމަ ލިބޭނެ އިހްތިރާމް އިތުރުވެގެން ހިނގައްޖެ ކަމަށް ވިދާޅުވި އެވެ.
އަޅުގަނޑަށް ލިބުނު އެންމެ ބޮޑު ހިތްހަމަޖެހުމަކީ އުއްމީދުކުރިވަރަށް ވުރެން މާ ގިނަ ކަންތައްތަކުގައި ހުރިހާ ގައުމެއް އަޅުގަނޑުގެ އެދުމުގެ މަތިން އެއްބައިވެ އެ ކަންކަމުގައި ހައްލު ހޯދަން ބައިވެރިވިކަން: ޝާހިދު
އޭނާ ވިދާޅުވީ ރާއްޖެއަށް އެހާ ބޮޑު ކުރިއެރުމަކާއި ޝަރަފެއް ލިބުނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ޚާރިޖީ ސިޔާސަތުގެ ކާމިޔާބީއާ ހެދި ކަމަށެވެ.
"ރާއްޖެއަށް އެންމެ ބޮޑަށް ހާސިލްވި ކަމަކީ ބައިނަލްއަގުވާމީ މައިދާނުގައި ރާއްޖެ ވިދައިގެން ދިއުން. އަޅުގަނޑުމެންނަކީ ފަތުރުވެރިކަމަށް މަރުހަބާ ކިޔާ ބައެއް. ބޭނުންވަނީ ރާއްޖޭގެ ނަން ދުނިޔޭގެ ހަތަރު ބިތުގައި ވިދަވިދާ އޮތުން. ރާއްޖެއަކީ ބައިނަލްއަގުވާމީ އުސޫލްތަކަށް ބޯލަނބައި އިސްނަގާ ލީޑަރެއްގެ ގޮތުގައި އޮތުން،" ޝާހިދު ވިދާޅުވި އެވެ.
"އެކަން ފުރިހަމައަށް ކޮށްދެވިއްޖެ ކަމުގެ އުފަލާއި ހިތްހަމަޖެހުން އަޅުގަނޑަށް އެބައޮތް."
ޝާހިދު ވިދާޅުވި ގޮތުގައި ޔޫއެންގެ ރިޔާސަތުގެ ދައުރުގައި އަޒުމް ކަނޑައެޅި ގޮތަށް އެކި ދާއިރާތަކުން ރާއްޖެއަށް ވަނީ ދޮރުތައް ހުޅިވިފަ އެވެ. އެކަން ދިވެހިރާއްޖޭގެ ޚާރިޖީ ޓީމުން ވަރަށް ފުރިހަމައަށް ކޮށްދީފައިވާ ކަމަށް ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ ރިޔާސަތުގައި އެންމެ ދަތި ކަމަކަށްވީ ބައިނަލްއަގުވާމީ ގޮތުން ހުރި ގޮންޖެހުންތައް ކަަމަށެވެ. ކޮވިޑާ އެކު މުޅި ދުނިޔެއަށް ނުރައްކާވެ ދެމެހެއްޓެނެވި ތަރައްގީއަށް ހުރި މަސައްކަތްތައް ހުއްޓި ތިމާވެށީގެ ގޮތުން ވެސް އިތުރު ގޮންޖެހުންތައް ކުރިމަތިވި ކަމަށް ވިދާޅުވި އެވެ.
ޝާހިދު ވިދާޅުވި ގޮތުގައި ދުނިޔެ ލާމެހިފައި އޮތް މިންވަރުން، އެ ހުރިހާ ކަމަކީ ވެސް އެއް ބަޔަކު އަނެއް ބަޔަކާ ނުގުޅި ހައްލު ހޯދޭނެ ކަންކަމެއް ނޫނެވެ. މި ކަންކަމުގައި އިސް ނަގައިގެން ހައްލަށް މަސައްކަތް ކުރެއްވި އިރު ދަތިތައް ކުރިމަތިވި ކަމަށް ވިދާޅުވި އެވެ.
އދ. ގެ އާންމު މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ރާއްޖެ އަށް ކުރެއްވި ދަތުރުފުޅުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ އެކު. -- ފޮޓޯ | މިހާރު
އޭނާ ވިދާޅުވީ އދ.ގައި ރާއްޖެއަށް ލިބުނު މި ކާމިޔާބީއަކީ ފެށުމެއް ކަމަށެވެ. ބާކީވެ، އެކަހެރިވެ އޮތް ގައުމެއް މިއަދު މިއޮތީ ދުނިޔޭގެ އެންމެ ކުރީގައި ކަން ތަކުރާރުކޮށް މިނިސްޓަރު ފާހަގަކުރެއްވި އެވެ.
"އަޅުގަނޑުމެންގެ އަޑު އަހާ. އަޅުގަނޑުމެން ބޭނުންވާ ގޮތް އަހާ ދުނިޔޭގެ އެންމެ ބޮޑެތި ބާރުގަދަ ގައުމުތަކުން ވެސް. ދެން ފަސްއެނބުރި ބެލުމެއް ނެތް، ރާއްޖެ ދާންވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ހަރުދަނާ ޚާރިޖީ ސިޔާސަތުގައި މާބާރަށް ކުރިއަށް،" ޝާހިދު ވިދާޅުވި އެވެ.
ރާއްޖޭގެ ޚާރިޖީ ސިޔާސަތު އޮތީ އިންޑިއާގެ ކޮޅަށް ބުރަވެ، ނުފޫޒު ޖެހިފައި ކަމަށް ކުރާ ތުހުމަތު ޝާހިދު ދޮގުކުރެއްވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި އިދިކޮޅުން ދައްކާ ވާހަކަތަކުގައި ހަގީގަތެއް ނެތް ކަން އދ.ގެ މަޖިލީހުން ރޭ ވެސް ފެނުނެވެ.
"އިދިކޮޅުން އެ ބުނާހެން އަޅުގަނޑުމެންނަކީ އެންމެ ގައުމަކާ އެކު މަސައްކަތްކުރާ ބައެއް ނަމަ ގައުމުތަކުން ތެދުވެ އެ ތަރުހީބާއި އިހްތިރާމެއް ނުދޭނެ، އިދިކޮޅުން ވާހަކަ ދައްކަނީ ގޮތް ހުސްވެގެން. އެއްވެސް ސިޔާސަތެއް ނެތް ބަޔަކު ދައްކަން ބޭނުންވާ ވާހަކައަކީ ފިތުނަ އުފެއްދުމުގެ ވާހަކަތައް،" ޝާހިދު ވިދާޅުވި އެވެ.
މުޅި ދުނިޔޭގެ އިތުބާރާއި ރާއްޖެއަށް ލިބިއްޖެ. ހުރިހާ ގައުމުތަކާ އެކު އުޅެން ދަންނަ މާލިމީއެއް ރާއްޖޭގެ ވެރިކަމުގައި ހުރީ. ރާއްޖެ ހޯދި އިތުބާރާ އެކު ދެން ދާނީ ކުރިއަށް."
މިއީ ދިވެހިން ކުޑަ ނޫން ކަމަށް ދުނިޔެ ހެކިވާ ވަގުތު
އދ. ގެ ރައީސްއާ ޝާހިދު ބައްދަލުކުރައްވައިފި
ސާވިސް އޮފިސަރުކަމުން އާންމު މަޖިލީހުގެ ރައީސްކަމަށް
އދ. ގެ އާންމު މަޖިލީހުގެ ރައީސްކަން ޝާހިދަށް
އދ.ގެ މުހިއްމުކަން މި ހާލަތުގައި އިހްސާސްވޭ: ޝާހިދު
ރާއްޖެއިން ދެކެނީ އދ.އިން ސުލްހަ ކަށަވަރުކުރާ ކަމަށް
ނިއުކްލިއަ ހަތިޔާރު މަނާކުރަން ރާއްޖެ އެއްބަސްވެއްޖެ
އދ.އިން ރާއްޖެއަށް އިންސާނީ ހައްގުތަކާ ބެހޭ މުޝީރެއް
1.29 މިލިއަން ޑޮލަރުގެ އެހީއެއް ފަލަސްތީނަށް ދެނީ
އދ. އިސްލާހުކުރަން އިސްނަގަން ޒަމީރު ގޮވާލައްވައިފި