10 ސެޕްޓެމްބަރ 2022
ހެންވޭރުކޮޅުގައި އިއްޔެ ތިން ފުލުހަކަށް ހަމަލާދިން މައްސަލަައިގެ ތުހުމަތަށް ހައްޔަރުކުރި ދެ މީހުން ޝަރީއަތް ނިމެންދެން މިއަދު ބަންދުކޮށްފި އެވެ.
ހެންވޭރުކޮޅުގައި އިއްޔެ ތިން ފުލުހަކަށް ހަމަލާދިން މައްސަލަައިގެ ތުހުމަތަށް ހައްޔަރުކުރި ދެ މީހުން ޝަރީއަތް ނިމެންދެން މިއަދު ބަންދުކޮށްފި އެވެ.
ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓް (ޑީއީޑީ) ގެ ތިން ފުލުހަކު، އޮފް ޑިއުޓީގައި ތިބި ވަގުތެއްގައި އެ މީހުންނަށް ހަމަލާދިނީ ހެންވޭރުން މަޖީދީ މަގުކޮޅުން ޔޫރޯ ސްޓޯރު ކައިރިންނެވެ.
ފުލުހުން ބުނީ އެ މައްސަލައާ ގުޅިގެން އިއްޔެ މެންދުރު އުމުރުން 18 އަހަރުގެ ފިރިހެނަކާއި އުމުރުން 20 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އެ ދެ މީހުންނަށް ފުލުހުން ތުހުމަތު ކުރަނީ ޖަމާއަތް ހަދައިގެން، ތޫނު ހަތިޔާރާއި ނުރައްކާތެރި ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގުމެވެ.
އެ ދެ މީހުންގެ ބަންދުގެ މުއްދަތު އިތުރު ކުރުމަށް ކްރިމިނަލް ކޯޓަށް މިއަދު ގެންދިއުމުން ޝަރީއަތް ނިމެންދެން ބަންދުކުރަން އެ ކޯޓުން އަމުރުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެެވެ.
އެ މައްސަލައާ ގުޅިގެން އިތުރު ބަޔަކު ހައްޔަރުނުކުރާ ކަމަށާއި އެ ކަން ފުލުހުން ތަހުގީގުކުރަމުން އަންނަ ކަމަށް ބުނެ އެވެ.
އެ ހާދިސާއާ ގުޅިގެން ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ހަމީދު ކުރެއްވި ޓްވީޓެއްގައި ވަނީ ފުލުހުންނަށް ހަމަލާދިނީ މާލޭގެ މަޝްހޫރު ގޭންގަކުން ކަމަށާއި އެކަމުގައި ހިމެނޭ އެކަކު ވެސް ދޫނުކުރާނެ ކަމަށް ވިދާޅުވެފަ އެވެ. އަދި ގޭންގުތަކުގެ ކުރިމަތީގައި ފުލުހުން ކުޑަކަކޫ ނުޖަހަނާ ކަމަށް ސީޕީ ވިދާޅުވެފައިވެ އެވެ.
ގޭންގުތައް ހުއްޓުވަން ފުލުހުންނާއި ސިފައިން ގުޅިގެން ވަރުގަދަ އޮޕަރޭޝަނެއް މާލޭގައި ކުރިއަށް ގެންދިޔަ ނަމަވެސް ގޭންގްތައް މައިތިރި ނުކުރެވި އެ މުވައްސަސާއަށް ވަނީ ފާޑުކިޔުން އަމާޒުވެފަ އެވެ.
ހިރިލަންދޫ މާރާމާރީއާ ގުޅިގެން އެކަކު ބަންދަށް
ރެޑް ނޯޓިސް ނެރެގެން ހޯދި ތިން މީހުން ހައްޔަރު
ރެޑް ނޯޓިސް ނެރެގެން ހޯދަމުންއައި މީހަކު އަތުލައިގަނެފި
މާރާމާރީ ހިންގި ހަތަރު މީހަކު ހައްޔަރުކޮށްފި
އައްޑޫ މާރާމާރީ: އިތުރު ހަތިޔާރުތަކެއް ހޯދައިފި
ފައިހުގެ ބަންދުގެ މުއްދަތު އިތުރުކޮށްފި
ހޯދާ މީހާ ފޮރުވުން: ކުޅުންތެރިއަކު ވެސް ހައްޔަރު
ފުލުހުން ހޯދާ މީހާ ފިލައިގެން އުޅޭތާ މަހެއް!
މާރާމާރީ ހިންގައިގެން ހައްޔަރުކުރި ބިދޭސީން ދޫކޮށްލައިފި
މާރާމާރީއާ ގުޅިގެން ހައްޔަރުކުރި 8 މީހަކު ދޫކޮށްލައިފި