08 ސެޕްޓެމްބަރ 2022
އަންގާރަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ ފަށައިގެން ބަހުސް ފެށީ ކަރަންޓާއި ފެނުގެ ހިދުމަތް ދޭ ކުންފުނިތަކުން މާލެ އާއި ރަށްރަށުގައި ތަފާތުކޮށް އަގު ނެގުން ހުއްޓުވުމާ ބެހޭ ގޮތުން ހުށަހެޅި ގަރާރަކަށެވެ. އެކަމަކު މައުލޫގައި އެކި މެންބަރުން ވާހަކަ ދައްކަވަމުން ގޮސް ލާމަރުކަޒީ ކޮމިޓީގެ މުގައްރިރް، ހުޅުމާލޭ ދާއިރާގެ މެންބަރު އަލީ ނިޔާޒް ދެއްކެވި ވާހަކަތާ ގުޅިގެން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ފާޅުކުރެއްވި ޚިޔާލުން ސޯޝަލް މީޑިއާގައި ރޯވީ މިހާރު ވެސް ހޫނުވެފައި އޮތް މާލެ/ރާއްޖެތެރޭ އަރާރުމުގެ ހުޅުގަނޑެވެ.
އަންގާރަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ ފަށައިގެން ބަހުސް ފެށީ ކަރަންޓާއި ފެނުގެ ހިދުމަތް ދޭ ކުންފުނިތަކުން މާލެ އާއި ރަށްރަށުގައި ތަފާތުކޮށް އަގު ނެގުން ހުއްޓުވުމާ ބެހޭ ގޮތުން ހުށަހެޅި ގަރާރަކަށެވެ. އެކަމަކު މައުލޫގައި އެކި މެންބަރުން ވާހަކަ ދައްކަވަމުން ގޮސް ލާމަރުކަޒީ ކޮމިޓީގެ މުގައްރިރް، ހުޅުމާލޭ ދާއިރާގެ މެންބަރު އަލީ ނިޔާޒް ދެއްކެވި ވާހަކަތާ ގުޅިގެން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ފާޅުކުރެއްވި ޚިޔާލުން ސޯޝަލް މީޑިއާގައި ރޯވީ މިހާރު ވެސް ހޫނުވެފައި އޮތް މާލެ/ރާއްޖެތެރޭ އަރާރުމުގެ ހުޅުގަނޑެވެ.
ނަޝީދުގެ ވާހަކައިން ނޫސްތަކުން ހެދި ހެޑްލައިނަށް ބަލައިގެން އެތައް ސަތޭކަ ބަޔަކު ރުޅިވެރިކަން ފާޅުކުރަމުން ދިޔައީ ޖޯކު ވެސް ޖަހަމުންނެވެ.
"މާލެއަށް ހިޖުރަކުރުން ނުހުއްޓެނީ ރަށްރަށުގައި މުނިފޫހި ނުފިލުވޭތީ" އަދި "މީހުން މާލެ އަންނަނީ ރަށްފުށު ދިރިއުޅުމަށް ޝައުގުވެރިކަން ނެތުމުން" ފަދަ ހެޑްލައިންތަކުން އާންމުން ރުޅިގަދަވި އެވެ.
ރައްދުގައި އެއްބަޔަކު ބުނެފައިވަނީ ރަށުން މާލެއަށް އައީ "ފޫހިވާތީ" ކަމަށެވެ. އަނެއް ބަޔަކު ބުނެފައި ވަނީ "މާލެ އައީ ފޫހިވާތީ ކުލި ދައްކަން" ކަމަށެވެ. "ފޫހިވެގެން ކަކުލު ހުޅު ބަދަލުކުރަން" އައީ ކަމަށް ވެސް ބުނެފައި ހުއްޓެވެ. ކިތަންމެ މަޖާ ނަގާފައި މި ވާހަކަ މިގޮތަށް ދެއްކި ނަމަވެސް އެއިން ކޮންމެ މީހަކު ވެސް އެ ފާޅުކުރީ އުފަން ރަށް ދޫކޮށް މާލެ އައިސް "ގަނަތެޅެން" ޖެހުމުގެ ޝަކުވާ އާއި ރުޅިވެރިކަމެވެ.
ނަޝީދު ޚިޔާލު ފާޅުކުރެއްވީ ހުޅުމާލެ މެންބަރު އަލީ ނިޔާޒް ފާޅުކުރެއްވި ކަންބޮޑުވުމަކާ އެކުގަ އެވެ. އޭނާ ޖުމްލަގޮތެއްގައި ވިދާޅުވީ ސަރުކާރުން މިހާރު ރަށްރަށުގައި މީގެ ކުރިން ނުކުރާހާ ގިނަ ކަންކަން ކޮށްދޭ ކަމަށާއި އެކަމަކު ހިޖުރަކުރުން މަދު ނުވާ ވާހަކަ އެވެ.
ށ. ކޮމަންޑޫގައި ބަޔަކު މަގެއްގެމަތިން ހިނގާފައި ދަނީ. ރަށްރަށަށް އަންނަ ތަރައްގީއާ އެއްވަރަށް މީހުން ރަށްރަށުގައި އުޅެން ވިސްނުން ބަދަލެއް ނުވޭ. -- ފޮޓޯ: ފަޔާޒް މޫސާ/މިހާރު
"އަޅުގަނޑުމެންނަށް މި އަހަރު ތެރޭގައި ވެސް ލިބުނު ހައިރާންކަމަކީ، ހަމައެކަނި މިއަހަރު އެކަނިވެސް ހުޅުމާލެއަށް 1،500 އެއްހާ ކުދިން ހިޖުރަކޮށްފި ރަށްތަކުން މާލެއަށް. މިއީ އެތަނުގައި [ރަށްރަށުގައި] ކިޔަވައިދިނުން ދަށްވެގެންތޯ، ސިއްހީ ހިދުމަތް ދަށްވެގެންތޯ ނުވަތަ އާއިލާތަކަށް އަދިވެސް އެއްވެސް އުންމީދެއް ނެތީތޯ ކިޔަވައި ނިމިގެން އެ މީހުންނަށް ވަޒީފާގެ ފުރުސަތެއް ރަށުގައި އޮންނާނެ ކަމަށް،" މެންބަރު އަލީ ނިޔާޒް ވިދާޅުވި އެވެ.
ހުށަޅައިގެން ބަހުސްކުރަމުން ދިޔަ ގަރާރުގައި އޮތް ކަންތަކާ ބެހޭ ގޮތުން އޭނާ ވިދާޅުވީ ހިދުމަތްތައް ފޯރުކޮށްދޭއިރު، ވަކިން ހާއްސަކޮށް ދައުލަތުގެ އިދާރާތަކުން ހިދުމަތްތައް ފޯރުކޮށްދޭ އިރުކުދި ވިޔަފާރިތަކަށް ލުއިކޮށްދޭން ޖެހޭ ކަމަށެވެ. އެއީ ރަށްރަށުގައި ވަޒީފާތައް އުފައްދައިގެން ވަޒީފާތަކުގައި ތިބެވޭނެ ގޮތެއް ވޭތޯ އެވެ. އޭނާ ވިދާޅުވީ ރަށްރަށުގައި ކިޔަވައިގެން އޯލެވެލް، އޭލެވެލްގައި ސަބްޖެކްޓްތަކުން މުޅި ދުނިޔެއިން އެއްވަނަ ވެސް އެބަ ހޯދާ ކަމަށާއި ސިއްހީ ހިދުމަތްތައް ފޯރުކޮށްދޭން ދައުލަތުން ބޮޑެތި މަސައްކަތްތަކެއް ވެސް ކުރާ ކަމަށެވެ. ސިއްހީ ހިދުމަތް ފޯރުކޮށްދޭކަން ވެސް އެބަ އެނގޭ ކަމަށާއި ފެރީގެ ނިޒާމާ އެކު ރީޖަނަލް ހޮސްޕިޓަލްތަކަށް އެތައް ރައްޔިތުންނަކަށް ފަސޭހަކަމާ އެކު ދެވެން ވެސް ފަށައިފި ކަމަށް އޭނާ ވިދާޅުވި އެވެ.
Bodah heevany rai beys kolheh jahan ves Male' annan jehey varu vefa onaathy kanneynge. https://t.co/5N9nSWD6rs
— Maaniu Musthafa (@maaniumusthafa) September 7, 2022
"ބޮޑެތި ބަނދަރުތައް ހަދައި، ފެނާއި ނަރުދަމާ އެޅުމަށް ފަހު މީހުން އަނެއްކާ އެނބުރި މާލެއަށް ހިޖުރަކުރާ ކަމަށްވާ ނަމަ އެއީ އަޅުގަނޑުމެން ވިސްނަންޖެހޭ ކަމެއް،" އަލީ ނިޔާޒް ވިދާޅުވި އެވެ.
"ދެން ކީއްވެގެންތޯ އަނެއްކާވެސް މާލެއާ ދިމާލަށް މީހުން މިސްރާބު ޖަހާފައި މި ހުރީ. މިއީ އަޅުގަނޑުމެން ވިސްނާލަންޖެހޭ ކަމެއް."
މިހެން ވިދާޅުވުމަށް ފަހު އޭނާ ވަނީ މިހެން ދިމާވާ ސަބަބަކީ ރަށްރަށުގައި ވަޒީފާތައް މަދުވުމާއި ވަޒީފާތަކުގައި ދެމި ތިބެވޭނެ ކަމުގެ އިތުބާރު ރައްޔިތުންގެ ކިބައިގައި އަދިވެސް ނެތުން ކަމަށެވެ.
އެހެންނެއް ނޫނެވެ. ނަޝީދު ވާހަކަ ދެއްކެވީ އަލީ ނިޔާޒްގެ ވާހަކައަކަށެވެ. ރަށްރަށުގައި ކަންކަން ކޮށްދީ ބަދަލުތައް ގެންނަމުން ދިޔަ ނަމަވެސް މާލެއަށް މީހުން ހިޖުރަކުރުން އަދިވެސް މަދު ނުވަނީ ކޮން ސަބަބަކާ ހެދިތޯ ވިސްނަންޖެހޭ ކަމަށް ވިދާޅުވުމުން ނަޝީދު އެ މަނިކުފާނުގެ ހިޔާލު ފާޅުކުރެއްވި އެވެ.
"... ރަށްރަށުން މީހުން ހިޖުރަކުރާ ސަބަބުތަކުގެ ތެރޭގައި އަޅުގަނޑަށް މިހާރު ފާހަގަވޭ މުނިފޫހިފިލުވުމާއި ރަށްރަށުގައި ކުރާނެ ކަމެއް ނެތުމާއި މި އާބަން ދިރިއުޅުމަށް މިހާރުގެ ޖީލު މާބޮޑަށް ޝައުގުވެރިވާ ކަމަށް. ރޫރަލް ނުވަތަ ރަށްފުށުގެ ދިރިއުޅުމަށް މިހާރުގެ ޖީލު ނޭނބުރޭކަން. މިބާވަތުގެ އެތައް އެތައް ކަމެއް މީގެ ތެރޭގައި އެބަ ހިމެނޭ،" ނަޝީދު ވިދާޅުވި އެވެ.
"އެނގިވަޑައިގަންނަވާނެ، ސަރުކާރުން މި ވަނީ ކުޑަ ރަށަަކަށް ބޮޑު ރަށަކަށް ބަލައިލުމެއް ނެތި އާންމު މަސައްކަތްތައް، ހިދުމަތްތައް ފޯރުކޮށްދޭން ވަރަށް ބޮޑަށް މަސައްކަތްކޮށް އެކަން ކުރިއަށް ގެންގޮސްފައި. އެހެން ނަމަވެސް ހިޖުރަކުރާ މިންވަރަށް ބަދަލު ނާންނަ ނަމަ އަޅުގަނޑުމެންގެ ވިސްނުން ފުޅާކުރުމަކީ ކޮންމެހެން ބޭނުންތެރިކަމެއް."
So what was this all these "Jazeera Raaje" & "Rahvehi Fathis" all about? This is a mockery to 80% of the people who is living in Greater Male'. These old tricks don't work anymore. Public has awaken. Shame on you Speaker of Majlis @MohamedNasheed for such remarks@MDPSecretariat https://t.co/PWI2SOAK1a
— Anusha Abdul Latheef ?? voice of the voiceless (@AnushaLatheef) September 6, 2022
ރަށްރަށުގައި "ފޫހިވުން" އެއީ ނަޝީދު ވިދާޅުވި ގޮތުން މިހާރުގެ ޖީލު ރަށްފުށު ދިރިއުޅުމަށް ޝައުގުވެރި ނުވާ "އެތައް އެތައް ކަމެއް" ގެ ތެރެއިން ކަމެކެވެ. ސަބަބުތަކުގެ ތެރެއިން ސަބަބެކެވެ.
ނަޝީދުގެ ވާހަކައިން ތަންކޮޅަކުން، މުޅިން އެހެން ދިމާލަކަށް އާންމުންގެ ބަހުސް ދިޔަ ނަމަވެސް އެ ބަހުސް ސީރިއަސް އެވެ.
ރަށްރަށުގައި ބަނދަރު ހަދައި ނަރުދަމާ އަޅައި އަތޮޅު ހޮސްޕިޓަލްތައް ވަރުގަދަ ކުރުމަށް ރަނގަޅު މަސައްކަތްތަކެއް ކުރެވޭ ކަމަށް ސަރުކާރަށް ނުވަތަ ސަރުކާރުގެ މަޖިލިސް މެންބަރުންނަށް ވިސްނުނަސް އާންމުން އަދިވެސް ބުނަމުން އެ ދަނީ އެހެން ވާހަކައެކެވެ.
7 dhairaa thahqee kuran MDP furathama fettee ves thiya massala hallu kurumah..enme muhimmu kamakee dhiriulhey rashah kairin rangalhu vazeefa libun https://t.co/Xq03TRhMJ1
— jambe (@iamjambe) September 7, 2022
ސޯޝަލް މީޑިއާގައި ހުރި ބިނާކުރަނިވި އެތައް ހިޔާލަކުން އެންމެ ގިނަ ކަމަށް ފާހަގަވީ ވަޒީފާ ނުލިބުމުގެ މައްސަލަ އެވެ. ފެނާއި ނަރުދަމާ އާއި ބަނދަރު އެއީ ރަށެއްގައި މީހަކު ގާއިމުވެ ހުންނަންޖެހޭ ސަބަބަކަށް ނުވާކަން އެބަ އެނގެ އެވެ. މިއީ ތަނެއް ކުރިއަރައި ދިއުމަށް ބޭނުންވާ އަސާސީ އިންފްރާސްޓްރަކްޗާ ކަމަށް ވިޔަސް މި ކޮށްދޭ ކަންކަމުން ރަށްރަށަށް ދިރުމެއް އަންނަ ކަމުގެ އިހްސާސް އާންމުންނަށް ނުވާކަން ހިޔާލުތަކުން އެބަ އެނގެ އެވެ.
އެހެންވެ ރަށްރަށަށް އަދިވެސް މި ހޭދަކުރެވެނީ އެކަށީގެންވާ ވަރަށް ނޫން ކަމަށް ބުނުން ނުވަތަ ރަށްރަށް ކިތަންމެ ވަރަަކަށް ހަރަދުކޮށް ވަސީލަތްތައް ގާއިމުކުރިޔަސް ރަށް ދޫކޮށް މާލެއަށް އަންނަ އައުން ނުހުއްޓުން މިއީ ހުއްޓުމެއް ނެތް ބަހުސެކެވެ.
މަޖިލީހުގައި ހުޅުމާލޭ ދާއިރާގެ މެންބަރު އަލީ ނިޔާޒް ވެސް އަދި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވެސް ފާޅުކުރެއްވީ އެ ކަންބޮޑުވުމެވެ. ރަށްރަށަށް ކަންކަން ކޮށްދިނަސް، މާލެއަށް ހިޖުރަކުރުމަށް ބަދަލެއް ނާންނަނީ ކީއްވެހެއްޔެވެ؟
އަލީ ނިޔާޒް ވިދާޅުވިހެން ބޮޑެތި ބަނދަރުތައް ހަދައި، ފެނާއި ނަރުދަމާ އެޅުމަށް ފަހު މީހުން އަނެއްކާ އެނބުރި މާލެއަށް ހިޖުރަކުރާ ކަމަށްވާ ނަމަ އެއީ ވިސްނަންޖެހޭ ކަމެކެވެ. ނަޝީދު ވެސް ވިދާޅުވީ ހިޖުރަކުރާ މިންވަރަށް ބަދަލު ނާންނަ ނަމަ ވިސްނުން ފުޅާކުރުން ކޮންމެހެން ބޭނުންތެރި" ކަމަށެވެ. އެހެންވެ އަދިވެސްމި އުޅެނީ މާލެ އަންނަނީ ކީއްވެކަން ނޭނގިގެން ހެއްޔެވެ؟
ނަޝީދަށް ހަމަލާދޭކަށް ނޫޅެން: އަލީ ނިޔާޒް
އެމްޑީޕީއަށް ބަހުސް އަނބުރާ އާ އުކުޅު ހުއްޓުވައިފި
"ރަށްފުށު ދިރިއުޅުމަށް އާ ޖީލު ޝައުގުވެރިއެއް ނުވޭ"
މާލޭ މީހުންނަށް ގޯތިދޭން ބިމެއް ހިއްކަނީ
އިތުރަށް ބިން ހިއްކަން ޖެހެނީ ބޯހިޔާވަހިކަމަށް: ނަޝީދު
އެމްޑީޕީގެ ކެމްޕޭން ފެށި ޖަލްސާގެ ގިނަ ގޮނޑި ހުހަށް!
ރަަށްރަށް އަޅައިކިޔުމުގެ ބަހުސުން ވާނީ ގެއްލުން: ނަޝީދު
ނަޝީދު، މާރުކޭޓު މައްސަލައިގެ ތެރެއަށް ވަދެވަޑައިގެންފި
ކޮމިޓީގައި ސިޓީ ކައުންސިލްގެ މެމްބަރުން ހޫނު ޒުވާބަކަށް
މަޖިލިހުގެ މަސައްކަތްތައް ބާރަށް ކުރިއަށް ދާނެ: ނަޝީދު