04 ސެޕްޓެމްބަރ 2022
އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރަކަށް، އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރަކަށް ހުންނެވި އަހްމަދު އާތިފް މިއަދު ހަމަޖައްސައިފި އެވެ.
އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރަކަށް، އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރަކަށް ހުންނެވި އަހްމަދު އާތިފް މިއަދު ހަމަޖައްސައިފި އެވެ.
އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރަކަށް އާ ބޭފުޅަކު އައްޔަންކުރީ، ކުރިން އެ މަގާމުގައި ހުންނެވި ސުހައިލް އަހުމަދު މިދިޔަ ހަފުތާގައި ރިޓަޔާ ކުރެއްވުމުންނެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަން ފެށުނުތަނާހެން އެ ކުންފުނި ހިންގުމާ ހަވާލުވެވަޑައިގަތް ސުހައިލް ސަރުކާރުގެ ވަޒީފާ އިން ރިޓަޔާ ކުރައްވަން ނިންމެވީ އުމުރުން 55 އަހަރު ވުމުން، އެޗްޑީސީގައި އޮންނަ ރިޓަޔާމެންޓް އުސޫލުގެ ތެރެއިންނެވެ.
އެޗްޑީސީން މިއަދު ބުނީ އެ ކުންފުނީގެ އާ އެމްޑީ އާތިފުގެ ލީޑާޝިޕްގެ ދަށުން އެ ކުންފުނީގެ މަސައްކަތްތައް އިތުރު ހަރުފަތަކަށް ގެންދެވޭނެ ކަމަށެވެ.
އެ ކުންފުނީގެ ޑެޕިއުޓީ އެމްޑީއަކަށް އާތިފް ހަމަޖެއްސީ މާޗު 6، 2019 ގަ އެވެ.
އާތިފް ވަނީ މެލޭޝިއާގެ ހާޓްފޯޑްޝަޔާ ޔުނިވާސިޓީން އެކައުންޓިންގެ ދާއިރާއިން ބެޗެލާސް ޑިގްރީ ހާސިލްކުރައްވައިފަ އެވެ. އެކައުންޓިންގެ ދާއިރާގައި އޭނާ މަސައްކަތް ކުރައްވާތާ 10 އަހަރަށް ވުރެ ގިނަ ދުވަސްވެފައިވާއިރު، ބޭންކް އޮފް މޯލްޑިވްސް އާއި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ އެކި މަގާމުތައް އަދާކުރައްވާފައިވެ އެވެ.
އެޗްޑީސީގެ ބޯޑަށް އައްޔަންކުރުމުގެ ކުރިން، އޮޑިޓިންގެ ދާއިރާ އާއި ޓެކްސް އޭޖެންޓްގެ ގޮތުން ވެސް އޭނާ މަސައްކަތްކުރައްވާފައިވެ އެވެ.
އެޗްޑީސީގެ ބޯޑުގައި މިހާރު 10 މެމްބަރުން ތިއްބަވަ އެވެ.
އެއީ އާތިފްގެ އިތުރުން އެ ކުންފުނީގެ ޗެއާމަން މުހައްމަދު ޖައިޝް އިބްރާހިމާއި ސީއޯއޯ ޝާތިރު އަބްދުއްރަހުމާނާއި އިބްރާހިމް އަފްރާތާއި އަބްދުﷲ ރަމީޒާއި އަހުމަދު އާތިފާއި ހަސަން މުނީރާއި އަބްދުލް މޫނިމް މުހައްމަދު މަނިކާއި މުހައްމަދު ޖަލާލާއި އަބްދުﷲ މިއާދު އަދި އައިމިނަތު ޝިވީޒާ ނައީމެވެ.
ބިން ވިއްކައިގެން އެއް ބިލިއަން ލިބުނު: އާތިފު
ހުޅުމާލޭގައި ޑޭޓާ ރައްކާކުރެވޭ ކޮންޓެއިނާ ސެންޓަރެއް
ހުޅުމާލޭގައި މުއްސަނދިންނަށް ޕްރިމިއަމް ވިލާތަކެއް
އެއްބަސްވުން ބާތިލު ކުރުމަކީ ހައްލެއް ނޫން: އެޗްޑީސީ
ހުޅުމާލޭގައި ޕާކިން ބިލްޑިންގަކާއި ޑޭކެއާ ސެންޓަރެއް
"ހިޔާ" އަށް ކުލި ދަައްކާ މީހުން މަދެއް ނޫން:އެޗްޑީސީ
ހިޔާގެ ގްރޭސް ޕީރިއަޑް އިތުރުކުރަން މަޝްވަރާ ކުރަނީ
ހައްލަކީ އެސްކްރޯ އެކައުންޓެއް ހެދުން: އެޗްޑީސީ
އެންމެ ގިނައީ ސެކިއުރިޓީއާ ގުޅޭ މައްސަލަތައް: އެޗްޑީސީ
އެޗްޑީސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރަކަށް ފަޔާޒު