26 އޯގަސްޓް 2022
ޓްރާންސްޕޯޓް މިނިސްޓަރު އާއިޝަތު ނަހުލާ ހިންގަވާ ޖަމިއްޔާ އެސޯސިއޭޝަން ފޯ ސޯޝަލް ބެނެފިޓްސް އެންޑް އެއިޑް (އަސްބާ) އިން ނަފުސާނީ ބައްޔާ ގުޅޭ ހާއްސަ ވޯކްޝޮޕެއް ޑޮކްޓަރުންނާއި ނަރުހުންނަށް ބާއްވަން ނިންމައިފި އެވެ.
ޓްރާންސްޕޯޓް މިނިސްޓަރު އާއިޝަތު ނަހުލާ ހިންގަވާ ޖަމިއްޔާ އެސޯސިއޭޝަން ފޯ ސޯޝަލް ބެނެފިޓްސް އެންޑް އެއިޑް (އަސްބާ) އިން ނަފުސާނީ ބައްޔާ ގުޅޭ ހާއްސަ ވޯކްޝޮޕެއް ޑޮކްޓަރުންނާއި ނަރުހުންނަށް ބާއްވަން ނިންމައިފި އެވެ.
ފިރިކަލުން ގާސިމް އިބްރާހިމްގެ ރިސޯޓު، ޕެރެޑައިސް އައިލެންޑް ރިސޯޓުގައި މާދަމާގެ ހަވީރު ހަތަރެއް ޖަހާއިރު ފަށާ އެ ވޯކްޝޮޕްގައި 70-100 އާ ދެމެދުގެ އަދަދަކަށް ޑޮކްޓަރުންނާއި ނަރުހުން ބައިވެރިވާނެ ކަމަށް އެ ޖަމިއްޔާ އިން ބުންޏެވެ.
"މެންޓަލް ފިޓްނެސް ފޯ ހައި ޕާފޯމާސް" ގެ ނަމުގައި ބާއްވާ އެ މަސައްކަތު ބައްދަލުވުމާ ގުޅޭ ގޮތުން އަސްބާ ޖަމިއްޔާގެ ފައުންޑަރު ނަހުލާ ވިދާޅުވީ، އެއީ ސިއްހީ ދާއިރާގައި މަސައްކަތް ކުރާ މީހުންގެ މެދުގައި އޮންނަ "މެންޓަލް ހެލްތް ސްޓިގްމާ" ނައްތައިލުމަށް އެ ޖަމިއްޔާ އިން ކުރަމުންދާ މަސައްކަތުގެ ތެރެއިން އިންތިޒާމުކުރާ ހަރަކާތެއް ކަމަށެވެ.
އެ ވޯކްޝޮޕްގެ ސެޝަންތަކުގައި މައުލޫމާތު ދޭނީ ދާއިރާގެ ތަޖުރިބާކާރުން ކަމަށް އަސްބާ އިން ބުނެ އެވެ.
ފުރަތަމަ ސެޝަންގައި މައުލޫމާތު ދޭނީ އިނގިރޭސި ވިލާތުގެ ނޯތުމްބްރިއާ ޔުނިވާސިޓީން އޮކިއުޕޭޝަނަލް އެންޑް އޮގަނައިޒޭޝަނަލް ސައިކޮލޮޖީގެ ދާއިރާ އިން މާސްޓާ އޮފް ސައިންސަސް ޑިގްރީ ހާސިލު ކޮށްފައިވާ އާސިޔަތު ނަސޫހާ ކަމަށް އަސްބާ އިން ބުންޏެވެ. އެއީ ޕަބްލިކް ސެކްޓަރުގައި ހަތް އަހަރަށް ވުރެ ގިނަ ދުވަހުގެ ތަޖުރިބާ ލިބިފައިވާ އަދި ކޮންސަލްޓެންސީ ރޯލްތަކެއް އަދާކޮށްފައިވާ އޮގަނައިޒޭޝަނަލް ސައިކޮލޮޖިސްޓެކެވެ.
ދެވަނަ ސެޝަން ނަގައިދޭނީ ލީޑަޝިޕް އަދި މެނޭޖްމަންޓްގެ ދާއިރާ އިން މާސްޓާސް ޑިގްރީ ހާސިލު ކޮށްފައިވާ ދިވެއްސެއް ކަމަށްވާ ފާތިމަތު ޝިފާޒާ ކަމަށް އަސްބާ އިން ބުނެ އެވެ. މިދިޔަ 10 އަހަރު އޭނާ މަސައްކަތް ކުރީ އެޑިއުކޭޝަނަލިސްޓެއްގެ ގޮތުގަ އެވެ.
މި ފަހަރުގެ ވޯކްޝޮޕްގެ އިތުރުން ވެސް ކުރިމަގުގައި އިތުރު ޕްރޮގްރާމްތަކެއް ބާއްވާނެ ކަމަށް އަސްބާ އިން ބުންޏެވެ.
ސާއިލް: އެ ދުވަސް ގެނެވޭނެ!
ޑރ. މާނު: ނަފްސާނީ ބަލީގެ މުހިއްމު ވާހަކަތަކެއް
ނަފްސާނީ ބަލީގެ ފަރުވާ: ޖީބަށް ބަރު، ހާސްކަން ބޮޑު!
ނަފްސާނީ މައްސަލަ: ރަތްރޮނގު ފަހަނައަޅައި ހިނގައިދާނެ
ޓްރީ ޓޮޕުން ނަފްސާނީ ބަލިތަކަށް ހާއްސަ ޑިޕާޓްމެންޓެއް
ބީއެމްއެލުން ނަފްސާނީ ދުޅަހެޔޮކަން އިތުރު ކުރަނީ
ނަފްސާނީ ފަރުވާހޯދަން ހާހަކަށްވުރެ ގިނަ މީހުން ކިއުގައި
ދީންވެރި މީހަކަށް ވެސް ނަފްސާނީ ބަލި ޖެހިދާނެ: ޚުތުބާ
މިހާރު މި އޮތް ހާސްކަމުން އަރައިގަންނާނީ ކިހިނެއް؟
"ތިބާ ސައިކޮލޮޖީ" ސެންޓަރު ހުޅުވައިފި