18 ޑިސެމްބަރ 2020
ނަފްސާނީ ބަލި ހުންނަ މީހުންނަކީ އީމާންތެރިކަން ބަލިކަށި މީހުން ކަމުގައި ނުބެލުމަށާއި ނަފްސާނީ ބަލިތަކަށް ފަރުުވާ ހޯދުމަށް ފަސް ނުޖެހުމަށް މިއަދުގެ ހުކުރު ޚުތުބާގައި ގޮވާލައިފި އެވެ.
ނަފްސާނީ ބަލި ހުންނަ މީހުންނަކީ އީމާންތެރިކަން ބަލިކަށި މީހުން ކަމުގައި ނުބެލުމަށާއި ނަފްސާނީ ބަލިތަކަށް ފަރުުވާ ހޯދުމަށް ފަސް ނުޖެހުމަށް މިއަދުގެ ހުކުރު ޚުތުބާގައި ގޮވާލައިފި އެވެ.
މިިއަދުގެ ޚުތުބާގައި ބުނީ އަމިއްލައަށް މަރުވުން ފަދަ ކަންކަމަށް މަގު ފަހިވާ މައިގަނޑު އެއް ސަބަބަކީ ނަފްސާނީ ބަލި ކަމަށާއި ހިތާމަތަކާ ކުރިމަތިވުމުން އަމިއްލަ އަށް މަރުވުމަކީ ހައްލެއް ނޫން ކަމަށެވެ. ހަޔާތުގެ ރޭހުން ބަލިވީ ކަމަށް ގަބޫލުކޮށް މަރުވުމަކީ ދެ ދުނިޔެ ވެސް ގެއްލޭ ފިނޑި އަމަލެއް ކަމަށް ވެސް ޚުތުބާގައި ބުންޏެވެ. ކުރިމަތިވާ މުސީބާތްތަކާ ކެރިގެން ކުރިމަތިލާން އިސްލާމްދީނުގައި ބާރުއަޅުއްވާފައިވާކަން ފާހަގަކޮށް، ޚުތުބާގައި ބުނީ ނަފްސާނީ މައްސަލައެއް ދިމާވެއްޖެ ނަމަ ކަމާބެހޭ މާހިރުންގެ އިތުރުން ނަފްސާނީ ބަލިތަކަށް ފަރުވާ ދޭ މަރުކަޒުތަކުގެ އެހީ ހޯދަންޖެހޭނެ ކަމަށެވެ.
"މުސީބާތްތަކަކީ އެކަމަށް ކެތްތެރިވުމުގެ ސަބަބުން ﷲގެ އަޅާއަށް ސަވާބާއި ދަރުމަ އިތުރުކޮށް ދެއްވާ ކަންތައްތަކެކެވެ. އަދި ފާފަތައް ފުއްސަވައި ﷲގެ ރުހިވޮޑިގަތުން ދެއްވާ ކަމެކެވެ. ތިބާގެ މައްސަލަތައް ތިބާއަށް ހެޔޮ އެދޭ ގާތްތިމާގެ މީހެއް ނުވަތަ ކަމުގެ މާހިރަކާ ހިއްސާ ކުރާށެވެ. ނަފްސާނީ ބަލިތަކަށް ފަރުވާ ދޭ މަރުކަޒެއްގެ އެހީ ހޯދާށެވެ." ހުތުބާގައި ނަސޭހަތްތެރިވި އެވެ.
ހިތާމަތަކާ ކުރިމަތިވެފައިވާ މީހުންނަށް އެހީތެރިިވުމަށް އިސްލާމްދީނުގައި ބާރު އަޅުއްވާފައިވާ ކަމަށާއި ނަފްސާނީ ބައްޔަކީ ވެސް އެހެން ވެސް ބަލިތައް ފަދަ ބައްޔެއް ކަން ފާހަގަކޮށް، އެ ބަލި ޖެހޭ މީހުންނަކީ އީމާންކަން ބަލިކަށި ބައެއްގެ ގޮތުގައި ނުދެކެން ގޮވާލި އެވެ.
"ނަފްސާނީ ބައްޔަކީ އެއްވެސް ހާލެއްގައި މީހާ މޮޔަވުމެއް ނޫނެވެ. އަދި މީހާގެ ދީންވެރިކަމާ ގުޅުންހުރި ކަމެއް ވެސް ނޫނެވެ. ﷲ އަށް ކިޔަމަންވާ ދީންވެރި މީހާ އަށް ވެސް އެހެން ބަލިތައް ޖެހޭ ފަދައިން ނަފްސާނީ ބައްޔެއް ވެސް ޖެހިދާނެ އެވެ. އެހެންކަމުން އެއްވެސް ބައްޔަކަށް ފަރުވާ ހޯދުމުގައި ފަސް ނުޖެހޭށެވެ. އަދި ނަފްސާނީ ބައްޔަކަށް ފަރުވާ ހޯދާ މީހާއަކީ އީމާންކަން ބަލިކަށި މީހެއް ކަމަށް ނުނިންމާށެވެ." ޚުތުބާގައިވެ އެވެ.
އަމިއްލައަށް މަރުވުން ފަދަ ކަންކަމުގައި ނުބައިކަން ފާހަގަކޮށް، ހުތުބާގައި ބުނީ އަމިއްލަ އަށް މަރުވުމުގެ ސަބަބުތަކުގެ ތެރޭގައި ނަފްސާނީ ބަލީގެ އިތުރުން ޖިިހާދުގެ ނަމުގައި ޖާނުން ފިދާވާން ހިތްވަރު ދިނުމާއި ފިލްމުތަކާއި ކާޓޫނުތަކުން އެފަދަ ކަންކަމަށް ހިތްވަރު ލިބޭ މަންޒަރުތައް ދެއްކުން ވެސް އޭގެ ތެރޭގައި ހިމެނޭ ކަމަށެވެ.
މުސްލިމުންނަކީ ދިމާވާ ކޮންމެ ކަމަކަށް ކެތްކޮށް ޝުކުރުވެރިވާނެ ބައެއް ކަމަށާއި އަމިއްލައަށް މަރުވުމުގެ މައިގަނޑު ސަބަބަކީ މުސީބާތްތަކަށް ކެތްތެރި ނުވެވުން ކަމަށް ވެސް މިއަދު ޚުތުބާގައި ފާހަގަކުރި އެވެ. މިންވަރަށް އީމާންވުމަކީ އީމާންތެރިކަމުގެ ރުކުނެއް ކަމަށާއި ﷲ ނިޔާކުރައްވާފައިވާ ކަމެއް މެނުވީ އެ މީހަކާ ކުރިމަތި ނުވާނެ ކަމަށާއި އެ ހުރިހާ ކަމަކީ ވެސް އެ މީހަކަށް އޮތް ހެވެއް ކަން ގަބޫލު ކުރަންޖެހޭ ކަމަށް ވެސް ޚުތުބާގައި ބުންޏެވެ.
ބިޑްތަކުން ނާޖާއިޒް ފައިދާ ނެގުން ބޮޑު ވައްކަމެއް
އީދު ހުކުރަށް ވާތީ އަލްޖީރިއާގައި ބޮޑު ފިތުނައެއް
މުއުމިނުން އެކަނިވެރިކަން އިހުސާސް ކުރާކަށް ނުޖެހޭނެ
ސިހުރުގެ ލިޔުންތަކެއް ގެންގުޅުމުން ތިންއަހަރަށް ގޭބަންދު
ގަޒްފުކުރި މީހަކު ހައްދު ޖަހަންކުރި ހުކުމް ރަނގަޅު
ކަމެއް ފަސްކުރައްވާނީ ހެޔޮގޮތެއް އޮތަތީ: މެންކް
ބާއްޖަވެރިކަންލިބޭނީ ﷲއާ ގުޅުން ރަނގަޅު ނަމަ: މެންކް
އުހުރަވީ ހަޔާތަށް އީމާންވުމުގެ އަގީދާ ވަރަށް ސާފު
ސާއިލް: އެ ދުވަސް ގެނެވޭނެ!
ޑރ. މާނު: ނަފްސާނީ ބަލީގެ މުހިއްމު ވާހަކަތަކެއް