Roadha Mihaaru

އެންމެ މާތް ދުވަހަކަށް ހުކުރު ދުވަސް ވީ ކީއްވެ؟

ހުކުރު ދުވަހަކީ ކޮންމެ ހަފުތާއެއްގައި އަންނަ އެންމެ މާތް ދުވަސް ކަމަށް ކީރިތި ރަސޫލާ ވަނީ ވިދާޅުވެފަ އެވެ. ގިޔާމަތް ވަނީ ވެސް އެ ދުވަހުގަ އެވެ. މިފަދަ ކިތަންމެ ކަމެއް ހުކުރު ދުވަހާ ގުޅިފައިވާތީ އެ ދުވަހުގެ މާތްކަން ވަކިން ބޮޑެވެ.

ޝައިހު އާޒިމް ޚާލިދު ވިދާޅުވީ، ހުކުރު ދުވަހު އެންމެ ބޮޑު ސަމާލުކަމެއް ދޭން ޖެހޭ ކަމަކީ ހުކުރު ނަމާދަށް އަވަހަށް ގޮސް ހުތުބާ އަޑުއެހުން ކަަމަށެވެ. އެ ދުވަހަށް ހާއްސަ ކަހްފު ސޫރަތް ކިޔެވުމަކީ ދެން ބައްދަލުވާ ހުކުރާ ހަމައަށް އެ މީހަކަށް އަލިކޮށްދޭ ނޫރެއް ކަމަށް ރަސޫލާގެ ހަދީސާ ހަވާލާ ދެއްވައި ޝައިހު ވިދާޅުވި އެވެ.