01 ސެޕްޓެމްބަރ 2022
ނަފްސާނީ ބައްޔާ މެދު އާއްމުންގެ ހޭލުންތެރިކަން އިތުރުވެއްޖެ އެވެ. އެކަން އެންމެ ބޮޑަށް އެނގިގެން ދަނީ ޑޮކްޓަރަށް ދެއްކުމަށާއި ތެރަޕީތައް ނެގުމަށް ދަމާލާފައި އޮތް ކިއުތަކުންނެވެ. އެކަމަކު އޭގެ އަނެއް ފަޅިއަށް ވެސް ބަލާލަން ޖެހެ އެވެ.
ނަފްސާނީ ބައްޔާ މެދު އާއްމުންގެ ހޭލުންތެރިކަން އިތުރުވެއްޖެ އެވެ. އެކަން އެންމެ ބޮޑަށް އެނގިގެން ދަނީ ޑޮކްޓަރަށް ދެއްކުމަށާއި ތެރަޕީތައް ނެގުމަށް ދަމާލާފައި އޮތް ކިއުތަކުންނެވެ. އެކަމަކު އޭގެ އަނެއް ފަޅިއަށް ވެސް ބަލާލަން ޖެހެ އެވެ.
ބައެއް މީހުން އަދި ވެސް ގަބޫލުކުރަނީ ނަފްސާނީ މައްސަލަތައް ދިމާވަނީ ދީނީ އަގީދާ ބަލިކަށިވުމުން ކަމަށެވެ. އެ ވިސްނުންތަކާ ހެދި ޕްރޮފެޝަނަލް އެހީތެރިކަން ހޯދަން އަދި ވެސް ފަސްޖެހެ އެވެ.
ހުޅުމާލެ ހޮސްޕިޓަލުގައި މަސައްކަތްކުރައްވާ ސައިކޭޓްރިސްޓް، ޑރ. މައުމޫން ޝަރީފް (މާނު) ވިދާޅުވި ގޮތުގައި ނަފްސާނީ ގޮތުން މީހާ ބަލިކަށިވުމަށް މެދުވެރިވާ ބައިވަރު ސަބަބުތައް އެބަހުއްޓެވެ.
އެ ބައްޔާ މެދު މީހުން ދެކޭ ގޮތް ބަދަލުވުމަކީ ވެސް އެކަން ތަހައްމަލުކުރާ މީހުންނަށް ލުއެއް ލިބޭނެ ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.
މި އިންޓަވިއުގައި މާނު މި ކިޔައިދެނީ ނަފްސާނީ ބަލިތަކާއި އެ ބަލިތަކާ މެދު ކުރެވޭ ކުށްހީތައް އަދި އެ ބަލީގައި ޖުމްލަކޮށް ރާއްޖެ އޮތް ހާލަތެވެ.
މިހާރު މި އޮތް ހާސްކަމުން އަރައިގަންނާނީ ކިހިނެއް؟
މުއުމިނުން އެކަނިވެރިކަން އިހުސާސް ކުރާކަށް ނުޖެހޭނެ
ނަފުސާނީ ބަލިތަކަށް ފަރުވާދޭ މަރުކަޒެެއް ހުޅުމާލޭގައި
ހުޅުމާލެ ހޮސްޕިޓަލުގައި މެންޓަލް ހެލްތު ސެންޓަރެއް ހަދަނީ
ސާއިލް: އެ ދުވަސް ގެނެވޭނެ!
ނަފްސާނީ ބަލީގެ ފަރުވާ: ޖީބަށް ބަރު، ހާސްކަން ބޮޑު!
ނަފްސާނީ މައްސަލަ: ރަތްރޮނގު ފަހަނައަޅައި ހިނގައިދާނެ
ނަހުލާގެ ޖަމިއްޔާއިން ނަފުސާނީ ވޯކްޝޮޕެއް ބާއްވަނީ
ޓްރީ ޓޮޕުން ނަފްސާނީ ބަލިތަކަށް ހާއްސަ ޑިޕާޓްމެންޓެއް
ގުރައިދޫ މަރުކަޒަށް ދެ ސައިކޭޓްރިސްޓް ހޯދަނީ