Roadha Mihaaru
ޓްރީ ޓޮޕުން ނަފްސާނީ ބަލިތަކަށް ހާއްސަ ޑިޕާޓްމެންޓެއް

ޓްރީ ޓޮޕުން ނަފްސާނީ ބަލިތަކަށް ޑިޕާޓްމެންޓެއް

02 ޖުލައި 2022

ޓްރީ ޓޮޕް ހޮސްޕިޓަލުން ނަފްސާނީ ބަލިތަކަށް ފަރުވާދޭ ޑިޕާޓްމެންޓެއް ތައާރަފުކޮށްފި އެވެ.

އައިޝަތު ޖަޒްލީ އައިޝަތު ޖަޒްލީ

ޓްރީ ޓޮޕް ހޮސްޕިޓަލުން ނަފްސާނީ ބަލިތަކަށް ފަރުވާދޭ ޑިޕާޓްމެންޓެއް ތައާރަފުކޮށްފި އެވެ.

އެ ހޮސްޕިޓަލުން އެ ޑިޕާޓްމެންޓު ތައާރަފް ކޮށްފައި ވަނީ މުޖުތަމައުގައި އެ ބައްޔަށް ފަރުވާ ބޭނުންވެފައިވާ މީހުންގެ އާބާދީ އިތުރުވެފައި ވާތީ، ފަރުވާ ބޭނުންވާ މީހުންނަށް ފަސޭހަކަމާ އެކު އެ ފަރުވާ ފޯރު ކޮށްދިނުމަށެވެ. އަދި މުޖުތަމައުގެ ދުޅަހެޔޮ ކަމަށާއި، އެހީ ބޭނުންވާ މީހުންނަށް އެހީ ހޯދުމަށް އިތުރު ހިތްވަރެއް ދިނުމަށެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލުން ބުނީ އެ ހޮސްޕިޓަލްގެ ނަފްސާނީ ބަލިތަކުގެ ޑިޕާމެންޓު ލީޑު ކުރައްވާނީ ޑރ. މުހައްމަދުު އިއްސުއްދީން ކަމަށެވެ. އެ ޑޮކްޓަރަކީ މުސްކުޅި އުމުރުގައި ކުރިމަތިވާ ނަފްސާނީ ބަލިތަކާއި، ކުޑަކުދިންގެ ނަފްސާނީ ބަލިތަކަށާއި، ޑިޕްރެޝަން އާއި ހާސްވެ ކަންބޮޑުވުމާ ޖިންސީ ގުޅުން ހިންގުމުގައި ދިމާވާ އުނދަގޫތަކަށް ފަރުވާ ދިނުމަށް ހާއްސަ ޑޮކްޓަރެކެވެ. ޑރ. އިއްސުއްދީން އަކީ ކޮލިކޯޑް މެޑިކަލް ކޮލެޖުން އެމްބީބީއެސް ހާސިލް ކުރައްވައި، ކޮޓަޔަމް ސަރުކާރު މެޑިކަލް ކޮލެޖުން އެމްޑީ ހާސިލް ކޮށްފައިވާ ޑޮކްޓަރެކެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލުން ބުނީ، އަލަށް ތައާރަފް ކުރި ޑިޕާޓްމެންޓާ އެކު އެ ހޮސްޕިޓަލްގެ ހިދުމަތްތައް ފުޅަވެ އިތުރަށް ފުރިހަމަވެގެން ގޮސްފައިވާ ކަމަށެވެ. އަދި މުޖުތަމައުގައި ފަރުވާ ބޭނުންވާ ފަރާތްތަކުގެ އާއިލާ އިންނާއި ރަހުމަތްތެރިން، އެ ފަރާތްތަކުން ފަރުވާ ހޯދުމަށް ހިތްވަރު ދިނުމަށް ވެސް އެ ހޮސްޕިޓަލުން ވަނީ އެދިފައެވެ. ޓްރީ ޓޮޕުން ބުނީ، އެ ޑިޕާޓްމެންޓުން ނަފްސާނީ ބަލިތަކަށް ޑައިގްނޯސް ކުރުމާއި، އެކި ބަލަިތަކަށް ބޭނުންވާ އެކި ކަހަލަ ތެރަޕީތައް ލިބެން ހުންނާނެ ކަމަށެވެ.

Tree Top Hospital Maldives

Tree Top Hospital Maldives

Excellence in Healthcare

ހޮސްޕިޓަލުގެ އެކި ހިދުމަތްތަކުގެ މައުލޫމާތު މި ވެބްސައިޓުން ލިބޭނެ.

ޓްރީ ޓޮޕުގެ ނަފްސާނީ ބަލިތަކާ ބެހޭ ޑިޕާޓްމެންޓުގެ އެޕޮއިންޓްމެންޓާއި އިތުރު މައުލޫމާތު 3351610 އަށް ގުޅައިގެން ލިބޭނެ އެވެ.