09 ސެޕްޓެމްބަރ 2019
ނަފްސާނީ ބަލިތަކަށް ފަރުވާ ދިނުމަށް ހާއްސަ "ތިބާ ސައިކޮލޮޖީ" ސެންޓަރު ރަސްމީކޮށް ރޭ ހުޅުވައިފި އެވެ.
ނަފްސާނީ ބަލިތަކަށް ފަރުވާ ދިނުމަށް ހާއްސަ "ތިބާ ސައިކޮލޮޖީ" ސެންޓަރު ރަސްމީކޮށް ރޭ ހުޅުވައިފި އެވެ.
ފަސްޓް ލޭޑީ ފަޒްނާ އަހުމަދު ހުޅުވައިދެއްވި ސެންޓަރު ހުންނާނީ މ. ފްލެމިންގޯ ގޭގަ އެވެ. އެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން އެކަމަނާ ވަނީ ނަފްސާނީ ބަލިތަކާ ގުޅޭ ދާއިރާގައި މަސައްކަތްކުރާ އެންމެން ގުޅިގެން އެކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް މަސައްކަތްކުރަން އެދިވަޑައިގެންފަ އެވެ.
ނަފްސާނީ ބަލިތައް ތަހައްމަލްކުރާ މީހުންނަށް ފަރުވާދިނުމަށް ހަރަކާތްތެރިވާ މީހުން އިތުރުވަމުން އަންނަކަން ފާހަގަކުރައްވައި ފަސްޓްލޭޑީ ވިދާޅުވީ އެއީ އުފާކުރައްވާ ކުރިއެރުމެއް ކަމަށެވެ.
ނަފްސާނީ ބަލިތަކާ ގުޅޭ ދިރާސާތައް ހަދައި އެކަމުގައި ރާއްޖެ އޮތް ހާލަތު ދެނެގަތުމަކީ އަލަށް ހުޅުވި ސެންޓަރުގެ އަމާޒެކެވެ.
އެތަނުން މިހާރު ފަރުވާދޭ ކަންކަމުގެ ތެރޭގައި ޑިޕްރެޝަނާއި އެންޒައިޓީއާ ގުޅޭ މައްސަލަތައް ހިމެނެ އެވެ. އޭގެ އިތުރުން އާއިލީ އަދި ދެމަފިރިންނަށް ހާއްސަ ކައުންސެލިން ވެސް ދޭނެ ކަމަށް ތިބާ ސައިކޮލޮޖީން ބުންޏެވެ.
"ތިބާ ސައިކޮލޮޖީ": ހުޅުވަން ރޭ ބޭއްވި ރަސްމިއްޔާތުގައި ބައިވެރިވި ބައެއް މީހުން.-- ފޮޓޯ: ރައީސް އޮފީސް
ބެލެނިވެރިންނާއި ކުދިންނަށް ހާއްސަކޮށްގެން ވަރަށް އަވަހަށް ތެރަޕީ ދޭން ފަށާނެ ކަމަށާއި، ކުޑަކުދިންނާ ގުޅުންހުރި ކަންކަމާއި ކިޔެވުމުގައި ދަތިތައް ދިމާވާ ކުދިންނަށް އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް ވެސް އެ ސެންޓަރުން ބުންޏެވެ. އެތަނުން ބުނީ ކައިރި މުސްތަގުބަލެއްގައި އޮކިއުޕޭޝަނަލް ތެރަޕީ އަދި ސްޕީޗް ތެރަޕީ ވެސް ދޭން ފަށާނެ ކަމަށެވެ.
ތިބާ ސައިކޮލޮޖީ ސެންޓަރު ހުޅުވާފައި ހުންނާނީ ހެނދުނު 9:00-5:00 އަށް އަދި ކަނޑައަޅާ ބައެއް ރޭރޭ 7:00-10:00 އަށެވެ.
ނަފްސާނީ ބަލީގެ ފަރުވާ އެހެން ހަރުފަތަކަށް!
ނަފްސާނީ ބަލިތަކަށް ފަރުވާދޭ މަރުކަޒެއް ގާއިމްކުރަނީ
ދަރިވަރުންނަށް ނަފްސާނީ އެހީތެރިކަން ދޭން ހޮޓްލައިނެއް
ޓޮމް ހޮލެންޑު ކުޅުނު ރޯލަކު އޭނާއަށް ފުން އަސަރެއް
ޑރ. ނާޒްގެ މައްޗަށް ބޮޑެތި ތުހުމަތުތަކެއް
ނަފުސާނީ ބަލިތަކަށް ފަރުވާދޭ މަރުކަޒެެއް ހުޅުމާލޭގައި
ސާއިލް: އެ ދުވަސް ގެނެވޭނެ!
ޑރ. މާނު: ނަފްސާނީ ބަލީގެ މުހިއްމު ވާހަކަތަކެއް
ނަފްސާނީ ބަލީގެ ފަރުވާ: ޖީބަށް ބަރު، ހާސްކަން ބޮޑު!
ނަފްސާނީ މައްސަލަ: ރަތްރޮނގު ފަހަނައަޅައި ހިނގައިދާނެ