Roadha Mihaaru
ދަރިވަރުންނަށް ނަފްސާނީ އެހީތެރިކަން ދޭން ހޮޓްލައިނެއް

ދަރިވަރުންނަށް ނަފްސާނީ އެހީދޭނެ ހޮޓްލައިނެއް ގާއިމްކޮށްފި

13 ޖޫން 2023

ދަރިވަރުންނަށް ނަފްސާނީ ފުރަތަމަ އެހީ ދޭނެ ހެލްޕްލައިނެއް މިއަދު ލޯންޗުކޮށްފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ދަރިވަރުންނަށް ނަފްސާނީ ފުރަތަމަ އެހީ ދޭނެ ހެލްޕްލައިނެއް މިއަދު ލޯންޗުކޮށްފި އެވެ.

ކޮންމެ ދަރިވަރަކަށް ވެސް މެންޓަލް ހެލްތު އަދި ސައިކޯ ސޯޝަލް ސަޕޯޓު ލިބޭނެ ގޮތް ހަމަޖެއްސުމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ އަދި ޔުނިސެފާ ގުޅިގެން އެޑިއުކޭޝަން މިނިސްޓްރީން ގާއިމްކުރި ހޮޓްލައިން، 1484 ލޯންޗުކޮށްދެއްވީ ފަސްޓްލޭޑީ ފަޒްނާ އަހުމަދެވެ.

މިނިސްޓްރީން ބުނީ އެ ހޮޓްލައިނުން ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހެއްގެ މެންދުރު ފަހު 3:00 އިން ރޭގަނޑު 9:00 ޖަހަންދެން ހިދުމަތް ލިބޭނެ ކަމަށެވެ. އެ ނަމްބަރު ބޭނުންކުރާނީ ސައިކޮލޮޖިކަލް ފަސްޓް އެއިޑް ދިނުމަށް ކަމަށާއި އިމަޖެންސީ ހާލަތްތަކުގައި ބޭނުމެއް ނުކުރާނެ ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.

ދަރިވަރުންނަށް ނަފްސާނީ އެހީތެރިކަން ދިނުމަށް ފޯން ކޯލުތަކަށް ޖަވާބު ދޭނީ އެ ދާއިރާއިން ތަމްރީނު ލިބިފައިވާ ކައުންސެލަރުންނެވެ.

މިނިސްޓްރީން ބުނީ ސައިކޮލޮޖިކަލް ސަޕޯޓު ދޭ ހޮޓްލައިން ގާއިމްކުރީ ސްކޫލު ކައުންސެލިންގެ ހިދުމަތް ހަރުދަނާކޮށް، މިހާރު ތިބި ކައުންސެލަރުންގެ ހިދުމަތް މުޅި ރާއްޖެއަށް ފޯރުކޮށްދިނުމަށެވެ.

އޭގެ އިތުރުން ސްކޫލު ފެންވަރުގައި އެހީތެރިކަން ފޯރުކޮށްދެވޭނެ ދަރިވަރުން ދެނެގަތުމާއި އެހީތެރިކަން ލިބޭނެ ގޮތް ކަށަވަަރުކޮށް ކްލިނިކަލް އިންވެންޝަން ބޭނުންވާ ދަރިވަރުންގެ އަދަދު މަދުކޮށް އަދި އަވަސް އިންޓަވެންޝަނަކަށް މަގުފަހިކޮށްދިނުމަކީ އެއް ބޭނުމެވެ.