ނަފްސާނީ ބަލިތަކަށް ފަރުުވާ ދޭ މަރުކަޒެއް 90 ދުވަހުގެ ތެރޭގައި ގާއިމްކޮށް އެ ބަލިތަކަށް އާސަންދަ ލިބޭނެ އިންތިޒާމު ހަމަޖައްސަން ސަރުކާރުން ނިންމައިފި އެވެ.
ނަފްސާނީ ބަލިތަކަށް ފަރުުވާ ދޭ މަރުކަޒެއް 90 ދުވަހުގެ ތެރޭގައި ގާއިމްކޮށް އެ ބަލިތަކަށް އާސަންދަ ލިބޭނެ އިންތިޒާމު ހަމަޖައްސަން ސަރުކާރުން ނިންމައިފި އެވެ.
ރައީސް ކަމުގެ މަގާމުގެ ހުވާ އިއްޔެ ކުރެއްވުމަށް ފަހު، އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ރޭގައި ވަނީ ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ކުރާނެ ކަންތައްތަކެއް އިއުލާނުކޮށްފަ އެވެ. އޭގެ ތެރޭގައި ނަފްސާނީ ބަލިތަކާ ބެހޭ ގޮތުން ކުރާނެ ކަންތައްތައް ހިމެނެ އެވެ.
ސައިކޮލަޖިސްޓް މުސްތަފާ ފާރޫގު ވިދާޅުވި ގޮތުގައި ރާއްޖޭގެ ނަފްސާނީ ހާލަތު ކަންބޮޑުވާ ދަރަޖައެއްގައި އޮއްވަ އެ ބަލިތަކަށް ފަރުވާ ދޭނެ ވަކި މަރުކަޒެއް ގާއިމްކުރުމަކީ ވަރަށް ރަނގަޅުކަމެއް ކަމަށެވެ. އަދި އާސަންދައިގެ ދަށުން ފަރުވާ ލިބުމަކީ ވެސް، އެ ދާއިރާ އިން ލިބޭނެ ކުރިއެރުމެއްކަމަށް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ސަރުކާރުގެ ހޮސްޕިޓަލްތަކުގައި އެކަށީގެންވާ ގޮތެއްގައި ނަސްފާނީ ބައްޔަށް ފަރުވާދެވޭނެ ގޮތެއް ނެތެވެ. އެ ނިޒާމު ރަނގަޅަށް ލިބެމުންދަނީ އަމިއްލަ ކްލިނިކްތަކުގައި ކަމަށާއި ނަމަވެސް އެއީ ގިނަ މީހުންނަށް އަތްފޯރާ އަގުތަކެއް ނޫންކަން އޭނާ ފާހަގަކުރެއްވި އެވެ.
"ވަރަށް މުހިއްމު ބޭނުންތެރިކަމެއް އެއީ. ރާއްޖޭގެ އެންމެ ބޮޑު އެއް މައްސަލައަކަށް ވަނީ، ސަރުކާރުގެ ހިދުމަތްތަކަށް ވުރެ އަމިއްލަ ކްލިނިކަލްތަކުގައި އެ ފަރުވާ އެކަށީގެންވާ ގޮތެއްގައި މި ދެވެނީ. އެހެންވެ ފަރުވާ ހޯދަން ފަށާފައި ވެސް ގިނަ ބަޔަކު ހުއްޓާލަނީ،" ސައިކޮލޮޖީ ދާއިރާއިން މާސްޓާޒް ހައްދަވާފައިވާ މުސްތަފާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ނަފްސާނީ ބަލިތަކަށް ހާއްސަ މަރުކަޒެއް ހަދާއިރު ކްލިނިކްތަކާ ހިލާފަށް އެތަނަކީ ބަލި މީހުންނަށް އެކަށީގެންވާ މާހައުލަކަށް ވާންޖެހެ އެވެ. އެގޮތުން އެންޒައިޓީ ފަދަ ކަންތައް ހުންނަ މީހުންނަށް ހިތްހަމަޖެހިލައިގެން ވާހަކަދެއްކޭނެ ގޮތަކަށް ރާވަންޖެހޭކަމަށް ވިދާޅުވި އެވެ.
"ބުއްދި ފިލައިދިއުމުގެ ކުރިން ބައްޔަށް ފަރުވާދޭން ޖެހޭ. މިއީ މުހިއްމު ކަމެއް،" މުސްތަފާ ވިދާޅުވި އެވެ.
ނަފްސާނީ ބައްޔޭ ބުނުމުން ގިނަ ބަޔަކަށް އެއީ ހަމައެކަނި ޑިޕްރެޝަން ކަމަށް ގަބޫލުކުރެވޭ ކަމަށެވެ. އެކަމަކު އެއީ އެއަށް ވުރެ ބޮޑަށް ގިނަ ކެޓަގަރީތައް ހިމެނޭ ކަމެއް ކަމަށް މުސްތަފާ ވިދާޅުވި އެވެ.
ނަފްސާނީ ބަލީގެ ފަރުވާ އެހެން ހަރުފަތަކަށް!
ނަފުސާނީބަލީގެ މީހުންނަށް ފަރުވާދޭ މަރުކަޒެއް ހުޅުވައިފި
"ނަފްސާނީ ފަރުވާގެ ފެންވަރު ރަނގަޅުކޮށް ހިލޭ ދޭނަން"
ނަފްސާނީ ބަލީގެ ވޭނަށް ވުރެ ފަރުވާ އުނދަގޫ: ރައީސް
ނަފްސާނީ ބަލީގެ ފަރުވާ: ޖީބަށް ބަރު، ހާސްކަން ބޮޑު!
އެސްކަލޭޓަރަށް އަރަން ނުކެރޭ ނަމަ ފަރުވާ ހޯދިދާނެ
ނަފުސާނީފަރުވާގެ މުހިއްމުކަން ކޮވިޑާއެކު ފާހަގަވޭ:ރައީސް
ޖިންސީގޯނާ އިތުރުވާ މައްސަލަ ހައްލުކުރަން ޖެހޭ: ރައީސް
ލޮކްޑައިންގައި ނަފްސާނީ އެހީ މި ވައިބާ ގްރޫޕުން
މިހާރު މި އޮތް ހާސްކަމުން އަރައިގަންނާނީ ކިހިނެއް؟