ބީއެމްއެލްގެ މުވައްޒަފުންގެ ނަފުސާނީ ދުޅަހެޔޮކަން ދެމެހެއްޓުމަށްޓަކައި، އެ ހިދުމަތް ދޭ އިދާރާތަކާ ގުޅިގެން ސަޕޯޓް ޕްރޮގްރާމްތަކާއި ޕްރޮފެޝަނަލް ހިދުމަތްތައް ލިބޭނެ ގޮތް ހަމަޖައްސައިދޭން ނިިންމައިފި އެވެ.
10 އޮކްޓޯބަރ 2021
ބީއެމްއެލްގެ މުވައްޒަފުންގެ ނަފުސާނީ ދުޅަހެޔޮކަން ދެމެހެއްޓުމަށްޓަކައި، އެ ހިދުމަތް ދޭ އިދާރާތަކާ ގުޅިގެން ސަޕޯޓް ޕްރޮގްރާމްތަކާއި ޕްރޮފެޝަނަލް ހިދުމަތްތައް ލިބޭނެ ގޮތް ހަމަޖައްސައިދޭން ނިިންމައިފި އެވެ.
އެ ބޭންކުން މިހާރު ވަނީ "ތިބާ ސައިކޮލޮޖީ" އާއި ޝީ އަދި އިންސްޓްޓިއުޓް އޮފް މެންޓަލް ވެލްބިއިން (އައިއެމްޑަބްލިއުބީ) އާ ގުޅިގެން ގަވައިދުން ކޮންސަލްޓޭޝަން އަދި ކައުންސިލިންގެ ހިދުމަތް ބީއެމްއެލްގެ މުވައްޒަފުންނަށް ދޭން ނިންމައިފަ އެވެ.
މި ޕްރޮގްރާމުގެ ދަށުން، ބީއެމްއެލްގެ މުވައްޒަފުންނަށް ބޭނުންވާ ކޮންސަލްޓޭޝަން ސެޝަންތަކަށް ހޭދަވާ ހަރަދު އެ ބޭންކުން ހަމަޖައްސައިދޭނެ އެވެ. ނަފުސާނީ އެހީތެރިކަމަށް ބޭނުންވާ މުވައްޒަފުންނަށް މި ދާއިރާގައި ފާހަގަކުރެވޭ ފަންނީ ފަރާތްތަކުގެ އެހީ ހޯދުމަށް ބާރުއަޅާނެ އެވެ. މި ފަރާތްތަކާ ގުޅިގެން، ދަރިން ތަރުބިއްޔަތު ކުރުމާއި ވޯކް ލައިފް ބެލެންސްގެ އިތުރުން ވަޒީފާގެ މާހައުލުގައި ނަފުސާނީ ދުޅަހެޔޮ ކަމާ ގުޅޭ ގޮތުން ހޭލުންތެރިކުރުމަށް ސެޝަންތަކެއް ވެސް ބާއްވަން ވަނީ ނިންމައިފަ އެވެ.
ބީއެމްއެލްގެ ޑެޕިއުޓީ ސީއީއޯ އައިޝަތު ނޫރައްދީން ވިދާޅުވީ، މުވައްޒަފުންގެ ނަފުސާނީ ދުޅަހެޔޮކަން އިތުރުކުރުމަށް ފަސޭހައިން ލިބޭނެ ހިދުމަތްތަކާއި ބޭނުންވާ ފަރުވާ ހޯދުމަށް މިކަމުގައި އިސްކޮށް އުޅޭ ފަރާތްތަކާ އެކު ޕާޓްނާޝިޕް ހެދުމަކީ އުފާކުރައްވާ ކަމެއް ކަމަށެވެ.
"ކޮވިޑް-19 އާ ގުޅިގެން ނަފުސާނީ ދުޅަހެޔޮކަމަށް މިވަނީ ނުހަނު ބޮޑު އަސަރެއް ކޮށްފައި. އަޅުގަނޑުމެން އެދެނީ އަޅުގަނޑުމެންނެކޭ އެއްފަދައިން އެހެން އޮފީސްތަކާއި އިދާރާތަކުން ވެސް މުވައްޒަފުންނަށް އަމާޒުކޮށް މިފަދަ ޕްރޮގްރާމްތައް ހިންގައި އަދި މުވައްޒަފުންގެ ނަފުސާނީ ދުޅަހެޔޮކަމުގެ މުހިންމުކަން ދެނެގަނެ އެކަމަށް ފިޔަވަޅު އެޅުން،" އޭނާ ވިދާޅުވި އެވެ.
ޑިސެމްބަރު 31 ގައި ބޭންކްތައް ބަންދުވާނެ
ބީއެމްއެލްގެ ހިދުމަތްތައް މިރޭ ދަންވަރު މެދުކެނޑޭނެ
މެއިލިން އެޑްރެސް އަޕްޑޭޓްކުރުމަށް ބެންކުން އެދިއްޖެ
ބީއެމްއެލްގެ ހިއްސާގެ އަގު ރެކޯޑު އަދަދަކަށް މަތިވެއްޖެ
ބީއެމްއެލްގެ ޗެއާޕާސަން، ބޯޑު މެމްބަރުން އައްޔަނުކޮށްފި
ފައިސާގެ މުއާމަލާތްތަކުގެ 99 ޕަސެންޓު ޑިޖިޓަލް:ޝަރީފު
ބީއެމްއެލްއިން ދުވާލަކު 1.5 މިލިއަން ޑޮލަރު ވިއްކާ
ޓޫރިޒަމަށް މިހާރު ދޫކޮށްފައިވާ ލޯނު 8 ބިލިއަނަށް އަރާ
58 ޕަސެންޓު މީހުން ފައިސާ ޖަމާކުރަނީ ބީއެމްއެލްގައި
ބީއެމްއެލް އިން ހިއްސާއަކަށް 55ރ. ބަހަން ނިންމައިފި