އަންނަ އަންގާރަ ދުވަހު ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ބަންދުވާނެ ކަމަށް ބޭންކުން ބުނެފި އެވެ.
24 ޑިސެމްބަރ 2019
އަންނަ އަންގާރަ ދުވަހު ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ބަންދުވާނެ ކަމަށް ބޭންކުން ބުނެފި އެވެ.
މިއަހަރު ނިމުމާ ދިމާކޮށް ބީއެމްއެލް އިން އަންނަ އަންގާރަ ދުވަހު ހުރިހާ ހިދުމަތެއް ބަންދުކުރާ އިރު ދެން ބޭންކްގެ ހިދުމަތް ހުޅުވުމަށް ހަމަޖެހިފައިވަނީ ޖެނުއަރީ 5 ވަނަ ދުވަހު އެވެ. ބޭންކް ބަންދުކުރާ ދުވަސްތަކުގައި ހުރިހާ ބްރާންޗެއްގެ ހިދުމަތް ބަންދު ކުރި ނަމަވެސް ސެލްފް ސާވިސް އެޓީއެމްތަކާއި، އެ ބޭންކްގެ ކޮންޓެކްޓް ސެންޓަރަށް ގުޅައިގެން އެހީތެރިކަން ހޯދޭނެ ކަމަށް ބީއެމްއެލުން ބުނެ އެވެ. އަދި ބޭންކްގެ ފޭސްބުކާއި ޓުވިޓާ މެދުވެރިކޮށް މެސެޖުން ވެސް މައުލޫމާތު ލިބޭނެ ކަމަށް ބުނެ އެވެ.
ބީއެމްއެލްގެ އިތުރުން، ރާއްޖޭގެ އެހެން ބޭންކްތައް ވެސް ޑިސެމްބަރު 31 ގައި ބަންދުކުރާނެ އެވެ.
— Bank of Maldives (@bankofmaldives) December 24, 2019
ބީއެމްއެލް ޓްވީޓް
އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކާއި ކޯޕަރޭޓްތަކަށް ރާއްޖޭގައި އެންމެ ފުޅާކޮށް މާލީ ހިދުމަތް ފޯރުކޮށްދެނީ ބީއެމްއެލުންނެވެ. ބީއެމްއެލުން އަންނަނީ، ޒަމާނީ އާ ޓެކްނޮލޮޖީއާ އެކު ދޭ ހިދުމަތްތަކުގެ ފެންވަރު ރަނގަޅުކުރަމުންނެވެ.
ބީއެމްއެލްއިން ދުވާލަކު 1.5 މިލިއަން ޑޮލަރު ވިއްކާ
ބީއެމްއެލްގެ ކާޑުތަކުން ވިޔަފާރިކުރުމުން ޑިސްކައުންޓްދެނީ
ބީއެމްއެލްއަށް 497 މިލިއަންގެ ފައިދާ
ބީއެމްއެލް: މަތީ ފަންތީގެ ބޭންކުތަކާ އެއްހަމައެއްގައި
ހއ. އާއި ދ.ގެ އޭޓީއެމުން 25 މިލިއަން ޖަމާކުރި
ސިކުންތުކޮޅެއްގެ ތެރޭގައި ބީއެމްއެލްގެ ކޮންމެ ހިދުމަތެއް
ބީއެމްއެލްގެ ހުރިހާ ހިދުމަތެއް އޮންލައިންކޮށް ދެނީ
ބީއެމްއެލް މާސްޓަކާޑު ބޭނުންކޮށްގެން ލަންކާ ފެޝަން ވީކަށް
އަންގާރައިން ފެށިގެން 5 ދުވަހަށް ބީއެމްއެލް ބަންދު
ބީއެމްއެލްގެ ޑެޕިއުޓީ ސީއީއޯއަކަށް ސަހާ ވަހީދު