24 އޯގަސްޓް 2022
ދިވެހި ޕްރިމިއާ ލީގުގެ ރެލިގޭޝަންގައި، މިއަދު ދެވަނަ ޑިވިޝަންގެ ޗެމްޕިއަން ބުރު ސްޕޯޓްސް ކްލަބްގެ މައްޗަށް 2-0 ން ކާމިޔާބު ހޯދައި، އެއްވަނަ ޑިވިޝަންގައި ދެމިއޮތުމުގެ އުންމީދު ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އިން ދަމަހައްޓައިފި އެވެ.
ދިވެހި ޕްރިމިއާ ލީގުގެ ރެލިގޭޝަންގައި، މިއަދު ދެވަނަ ޑިވިޝަންގެ ޗެމްޕިއަން ބުރު ސްޕޯޓްސް ކްލަބްގެ މައްޗަށް 2-0 ން ކާމިޔާބު ހޯދައި، އެއްވަނަ ޑިވިޝަންގައި ދެމިއޮތުމުގެ އުންމީދު ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އިން ދަމަހައްޓައިފި އެވެ.
މިއީ ގާތްގަނޑަކަށް އެއް އަހަރުތެރޭ ބުރު ބަލިވި ފުރަތަމަ މެޗެވެ. މިދިޔަ އަހަރު ބޭއްވި ތިންވަނަ ޑިވިޝަންގެ ޗެމްޕިއަންކަން އެ ޓީމުން ހޯދީ ކުޅުނު ހުރިހާ މެޗަކުން ވެސް މޮޅުވެގެންނެވެ. އަދި ދެވަނަ ޑިވިޝަންގައި ކުޅުނު ހުރިހާ މެޗެއް ކާމިޔާބު ކުރި އެވެ.
ރެލިގޭޝަންގެ ޕްލޭއޮފްގައި ވާދަކުރަނީ، ސަސް އާއި ބުރުގެ އިތުރުން ދިވެހި ލީގުގެ އެންމެ ފުލުގައި ލީގު ނިންމާލި ދަ ގްރާންޑޭ ސްޕޯޓްސް ކްލަބާއި ދެވަނަ ޑިވިޝަންގެ ރަނަރަފް ޓީނޭޖެވެ. އަންނަ އަހަރު ދެވަނަ ޑިވިޝަނުން ޖާގަ ލިބޭނީ ލީގު އުސޫލުން ކުޅޭ މި ރައުންޑުގައި އެންމެ ގަދަ ދެ ޓީމެވެ.
ގައުމީ ފުޓްބޯޅަ ދަނޑުގައި މިއަދު ހަވީރު ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި ލަނޑެއް ނުޖެހެ އެވެ. ދެ ޓީމުން ކުރެ ޓީމަކަށް މާ ނުރައްކާތެރި ހަމަލާއެއް ވެސް ނުއުފެއްދެ އެވެ. އެކަމަކު ދެވަނަ ހާފު ފެށިގެން ފަސްވަނަ މިނެޓްގައި ސަސްއިން ވަނީ ލީޑް ނަގައިފަ އެވެ.
ބުރުގެ ހާފުގެ ތެރެއިން ސަސް އަށް ލިބުނު ހިލޭ ޖެހުން، އެ ޓީމުގެ ޑިފެންޑަރު އައިހަމް އަހުމަދު އޭރިއާ ތެރެއަށް ނަގައިދިނުމުން ސަސްގެ އަހުމަދު ހަމީދު ބޮލުން ފޮނުވާލި ބޯޅަ ބުރުގެ ގޯލަށް ވަނެވެ. އަހުމަދު މާކު ކުރަން ބުރުގެ ކުޅުންތެރިން މާބޮޑު ކަމެއް ކޮށްފައި ވެސް ނުވެ އެވެ. ގޯލްގެ ތެރެއަށް އޭނާ ބޯޅަ ފޮނުވައިލީ ވަރަށް ހަމަޖެހިލާފަ އެވެ.
ސަސްގެ ދެވަނަ ލަނޑު އަހިހަމް އަހުމަދު ޖެހީ މެޗުގެ އެންމެ ފަހު ބޯޅައިންނެވެ. ދެވަނަ ހާފުގެ އިތުރު ވަގުތުގެ ގޮތުގައި ދެއްކި ހަ މިނެޓްގެ ތެރެއިން ހަ ވަނަ މިނެޓްގައި ބުރުގެ އޭރިއާގެ ބޭރުން ސަސް އަށް ހިލޭ ޖެހުމެއް ލިބިގެން ދިޔަ އެވެ. އައިހަމް ފޮނުވާލި ހިލޭ ޖެހުން އަމާޒުވީ ގޯލްގެ މަތީ ކަނަށެވެ. އެއާ އެކު އިތުރު ވަގުތ ވެސް ހަމަވުމުން ރެފްރީ މެޗު ނިންމައިލި އެވެ.
މާލީ ގޮތުން ދަށްވުމުން ކޯޗިން އަށް އަސަރުކުރޭ: އިންމަ
ގްރާންޑޭ ރެލިގޭޓްކޮށްލުމަށް ފަހު ސަސް ޓޮޕް ޑިވިޝަންގައި
ތޮއްޑޫގެ އެކަޑަމީ މުބާރާތުގެ ޗެމްޕިއަންކަން ސަސް އަށް
14 އަހަރުންދަށުގެ އެކަޑަމީ ޗެމްޕިއަންކަން ސަސް އަށް
ސަސް އެކަޑަމީގެ ހާއްސަ ޓްރެއިނިން ގެންދާނީ އާތީ
200 މިލިއަނުން އިސްރާފު، މި ނޫން ގޮތެއް ހޯދަންޖެހޭ
ސަސް އެކަޑަމީގެ ދެ ޓީމެއް ތައިލެންޑް މުބާރާތަށް
"ޔޫތު ޓީމުން ސަސް ކުޅުންތެރިން ބާކީކުރީ ބޭއިންސާފުން"
ލަލީގާ ޔޫތު މުބާރާތުން ސަސްގެ އެކަޑަމީ އަށް ތިންވަނަ
ލަލީގާ ޔޫތު މުބާރާތަށް އާޖީލަކަށް އަދި ސަސް ފުރައިފި